އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ސަމްހާ އަހުމަދު އާކޮށްފިއެވެ.

ސަމްހާ އަހުމަދު މި ރެކޯޑް އާކޮށްފައި ވަނީ ޖަރުމަނުގެ ވަސެންބަގްގައި އިއްޔެ ކުރިއަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ.

މީގެ ކުރިންވެސް މި ރިކޯޑް އޮތީ ސަމްހާ އަތުގައެވެ. އެއީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ސަމްހާ ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށްގެންނެވެ. އެ ފަހަރު ސަމްހާ ރެކޯޑް ހޯދާފައި ވަނީ 5000 މީޓަރުގެ ރޭސް 19:42:45 އިން ނިންމައިގެންނެވެ.

ފޮޓޯ: މޯލްޑިވެސް އޮލިމްޕިކްސް ކޮމިޓީ

ޖަރުމަނުގައި ދިރިއުޅެމުން އަންނަ ސަމްހާ މިދިޔަ މަހު ގައުމީ ރެކޯޑް އާކުރުމަށްފަހު، އޭގެ ދެ ހަފްތާއެއްވަރު ފަހުން އިއްޔެ އަނެއްކާ ވެސް އަންހެން 5000 މީޓަރު ގައުމީ ރެކޯޑް އާކޮށްފައި މި ވަނީ 19:41:86 އިން ރޭސް ނިންމައިގެންނެވެ. އަދި މީގެ އިތުރުން ސަމްހާ ވަނީ މި ރޭހުގެ 40 އަހަރުން މަތީގެ ބައިގެ 3 ވަނަ ވެސް ހޯދާފައެވެ.

މެރަތަން އާއި ހާފް މެރަތަންގެ ގައުމީ ރެކޯޑްތައް ވެސް މުގުރާލާފައިވާ ސަމްހާ މީގެ ކުރިން ފާހަގަވެފައި ވަނީ ސްޕްރިންޓް ރޭސްތަކުންނެވެ. އެހެން ނަމަވެސް މިހާރު ސަމްހާ ބޮޑަށް ފާހަގަ ވެގެންދަނީ ދިގުރާސްތާ ދުވުންތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޝީދު

    މުޅި އުމުރު ނިންމާލީ ރެކޯޑް އާކުރުމުގަ ޤައުމައް ވީކަމެއް ކަރާމް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން.

    • ސުކުން

      "ކަރާމް" އެއީ ކޮން އެއްޗެއްބާ؟
      "ހަރަދު" އެއް ނޫން ކިޔަނީ. "ޚަރަދު" ކިޔަނީ.
      "ގައުމައް" މި ލަފުޒުގެ ނިމޭ ތަނުގައި ލިޔަންޖެހޭނީ ށަވިޔަނި ސުކުން. "ގައުމަށް" މިގޮތަށް. އަލިފު ސުކުނާއި ށަވިޔަނި ސުކުން ކުރެވޭ ގޮތް ދަސްކުރޭ.