ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވެ، ޓްރާންސްފާ މާކެޓުގައި ބޮޑު ހޭދައެއް ކުރާ ފްރާންސްގެ ޕީއެސްޖީއަށް މުބާރާތާ އަނެއްކާވެސް އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ލެގުންވެސް ޑޯޓުމަންޑު އަތް ދަށުވެ ޕީއެސްޖީ މި ފަހަރުގެ މުބާރާތުން ކަޓާފައި މި ވަނީ ވަރަށް ވެސް ލަދުވެތި ގޮތަކަށެވެ. ދެ ލެގުގައި ވެސް ޑޯޓުމަންޑުން ވަނީ ޕީއެސްޖީގެ މައްޗަށް 1-0 ކުރި ހޯދާފައެވެ. ރޭ ދެވަނަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ޑޯޓްމަންޓުން ކާމިޔާބު ކުރީ، ކޯނަރަކުން ނެގި ހުރަހެއް ޑިފެންޑަރު މެޓްސް ހުމެލްސް ބޮލުން ފޮނުވާލައިގެން ޖެހި ގޯލުންނެވެ.

ބޮޑު ތަނުން ލާރި ހަރަދު ކޮށްގެން މަޝްހޫރު ކުޅުންތެރިން ގެންގޮސް ޕީއެސްޖީގެ ވެރިޔާ ނަސީރް އަލް ހެލާފީ މަސައްކަތް ކުރަމުން އައީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދޭތޯއެވެ. އެއީ މުއްސަނދި ވެރިއެއްގެ ކުލަބެއްކަން ފާއިތުވެ ދިޔަ ޓްރާންސްފާ މާކެޓުތަކުގައި ޕީއެސްޖީން ކުރި މުއާމަލާތްތަކުން ވެސް ސާފުވެގެންދާނެއެވެ.

ޕީއެސްޖީގެ ވެރިޔާ، މަހުޖަނު ނަސީރު

މި ސީޒަނަށް ފަހު އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ އެ ޓީމު ދޫކޮށްދާއިރު އެމްބާޕޭގެ ވާހަކަ ދައްކާލުންވެސް މުހިއްމެވެ. މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން އޭނާ ވަނީ އެ ކުލަބު ދޫކޮށްލަން މަސައްކަތް ކޮށްފައެވެ. ކޮންމެ ފަހަރަކުވެސް މުސާރަ ބޮޑުކޮށް ޓީމުގެ ކެޕްޓަން ބޭންޑް ފަދަ ތަކެތި ދީ، އޭނާ ހިފަހައްޓަނީއެވެ. ކުލަބަށް ކުޅެން ބޭނުން ނުވާ މީހަކަށް އެތަށް ލާރިއެއް ދިން ނަމަވެސް އޭނާ މަޑު ކުރާނީ އެ ޓީމަކަށް ކުޅޭ ހިތަކުން ނޫނެވެ.

ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް ޕީއެސްޖީއަށް ދިޔުމަށްފަހު އަނބުރާ އެ ކުލަބު ދޫކޮށް ގޮސްފައިވަނީ ވެސް އެމްބާޕޭ އާއި ޖެހޭ މައްސަލަތަކެއްގެ ސަބަބުންނެވެ. މި ކަމުންވެސް އެމްބާޕޭއަށް އެ ކުލަބުން ލިބިފައިވާ ބާރު ފެނެއެވެ. ނަމަވެސް މިފަދަ ކަންކަމަކީ ވިދަމުން އަންނަ އެތަށް ތަރިންނަކާއި ދިމާވެ ކެރިއަރު ހަލާކުވާން ދިމާވާ ކަމެކެވެ. ފައިސާ އަކީ ކެރިއަރު ހަލާކު ކޮށްލާ އެއްޗެކެވެ.

ޕީއެސްޖީ ޔޫސީއެލް އިން ކެޓުމުން އެމްބާޕޭ ހިތާމަ ފާޅު ކުރަނީ

ޕީއެސްޖީ ދޫކޮށް އެމްބާޕޭ ދިޔުން އެންމެ ގާތީ ރެއާލް މެޑްރިޑަށެވެ. މީގެ ކުރިންވެސް އެތަށް ފަހަރަކު އޭނާ ވަނީ މެޑްރިޑަށް ދާން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޮންޓްރެކްޓް އާކޮށް މުސާރަ ބޮޑުކުރާތީ މަޑުކުރަނީއެވެ. އެމްބާޕޭ މީގެ ދެ އަހަރު ކުރިން ރެއާލަށް ބަދަލުވިނަމަ މިހާރު އޭނާ ވާނީ ވަރަށް ކާމިޔާބު ކުޅުންތެރިއަކަށެވެ. އެތަށް ޓްރޮފީއެއް ލިބުނީހެވެ. ނަމަވެސް ފައިސާގެ އަވައިގައި ޖެހި އޭނާ ހަލާކުވީއެވެ.

ފައިސާގެ ހިތި ރަހަ ހަމަ ރަނގަޅަށް ވެސް މި ފަހަރު ހުންނާނީ ބައެއް ކުޅުންތެރިންގެ ކަރުގައި ލާފައެވެ. މިސާލަކަށް ކުރީގެ ކުލަބު ތަކާއި ދެކޮޅަށް ކުޅެ ގޯލެއް ޖެހުމުން އޭރު އަޅާލި ކުލަބަށް އިހުތިރާމު ކުޑަކޮށް ސެލެބްރޭޓް ކުރި ކުޅުންތެރިން ހިމެނޭނެއެވެ. ބަލިވެ އެނދުގައި އޮތް ދުވަހު އަޅާލި ކުލަބަށް އިހުތިރާމް ކުޑަކޮށް ލިބޭ ފައިސާކޮޅުގެ ދަށުގައި ވެރިޔާ ރުއްސަން ކުޑަ ކަކޫ ޖަހަންވީމާ ދެން ވާނެ އެއްޗެއް މިއޮތީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒިއާން

    މިޒަމަނަކީ މީހަކު ކޮށްދީފައިވާ ކަމެއްގެ އަގު ވަޒަން ކުރާ ޒަމާނެއްނޫން. މިހާރު ކޮންމެ މީހަކުވެސް ބަލަންވީ އެމީހަކަށް ލިބޭ ފައިސާ އަކަށް ނުވަތަ ޢިއްޒަތަކަށް ޝަރަފަކަށް ކުރާ ކޮންމެ މަސައްކަތެއް ކުރުމަށް.

  2. ހަސަނުގ

    ބެލެންޑޯ ގަނެޥޭނެ އެކަމު.

    1
    2
  3. އިބިލީސް

    ހަހަހާ. މީ ބާރސެލޯނާ ސަޕޯޓަރަކު ލިޔެފަ އިން ލިޔުމެއްތަ؟؟؟؟

  4. ތ556ޔޔ6

    ރެއާލް މެޑުރިޑަށް ޓުރޮފީ ގަނެވޭކަން ތާރީހުން ހެކިދޭ..