މަސް އޮޑި ސްޕޯޓްސް ކްލަބްގެ ނަން "އޮޑި ސްޕޯޓްސް ކްލަބް" އަށް މިރޭ ރީބްރޭންޑް ކޮށްފިއެވެ.

މަސް އޮޑި ސްޕޯޓްސް ކްލަބުގެ ނަން އޮޑި ސްޕޯޓްސް ކްލަބަށް ރީބްރޭންޑް ކޮށްދެއްވީ މިރޭ, ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި މަހިބަދޫ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަހުމަދު ތާރިގް (ޓޮމް) އެވެ. މި ރަސްމިއްޔާތުގައި މަސްއޮޑި ސްޕޯޓްސް ކްލަބުގެ އިސްވެރިންނާއި ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން މަސް އޮޑިން އެ ކްލަބްގެ ނަން ރީ ބްރޭންޑްކުރީ ކްލަބްގެ ފެންވަރު އިތުރަށް މަތިކޮށް އެހެން ކުޅިވަރުތަކުގައި ވެސް އެ ކުލަބްގެ ޝާމިލްވުން އިތުރުކުރުމަށް ކަމަށް އެ ކްލަބުން ބުނެ އެވެ. އަދި އޮޑި ސްޕޯޓްސް ކުލަބަށް ރީ ބްރޭންޑްކޮށް އެ ކުލަބުން މި އަހަރުން ފެށިގެން އިތުރު ކުޅިވަރުތަކުގައި ވެސް ފެންނާނެ ކަމަށް އެކްލަބްގެ ގެނެރަލް ސެކެރެޓަރީ އަލީ ޝިފާޒް ފާހަގަކުރެއްވިއެވެ.

މަސްއޮޑި ސްޕޯޓްސް ކްލަބް “އޮޑި ސްޕޯޓްސް ކްލަބް” އަށް ރީބްރޭންޑް ކުރުން—ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

މި ރަސްމިއްޔާތުގައިވަނީ އެ ކުލަބަށް އެހީތެރިވެދިން ފަރާތްތަކާއި ކޯޗުންނަށް ހަދާނީ ފިލާ ދީފައެވެ.

ރީބްރޭންޑް ކުރުމުގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އޮޑި ސްޕޯޓްސް ކްލަބްގެ އާ ލޯގޯ އާއި, އަންނަ ސީޒަނުގައި އެ ޓީމުން ބޭނުން ކުރާނެ ޖާޒީ ވެސް ދައްކާލާފައެވެ. އަދި މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި އެޓީމާއި އަލަށް ގުޅުނު 7 ކުޅުންތެރިންނާ ވަނީ ޖާޒީ ހަވާލުކޮށްފައެވެ.

މަސްއޮޑި ސްޕޯޓްސް ކްލަބް “އޮޑި ސްޕޯޓްސް ކްލަބް” އަށް ރީބްރޭންޑް ކުރުން—ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

މިރޭގެ ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކްލަބް އާއި ގުޅުނު ކުޅުންތެރިންގެ ތެރޭގައި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި ހޯދަދިން ޓީމުގައި ހިމެނުނު އަދި މިހާރު ގައުމީ ޓީމުގެ ވައިސް ކެޕްޓަން ހުސެއިން ނިހާންގެ އިތުރުން ދެން އޮޑި ޓީމާއި ގުޅިފައިވަނީ ސަޔަމް ސައީދު، މުހައްމަދު މިންވާލް، ހައިޝަމް ރަޝީދު، މުހައްމަދު މުސްލިހުގެ އިތުރުން މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކްލަބްގެ ޖެނެރަލް ސެކްރެޓެރީ އަލީ ޝިފާޒް ވަނީ މަސްއޮޑި ސްޕޯޓްސް ކްލަބްގެ ގޮތުގައި މިހިސާބައް މި ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަން ފާހަގަ ކޮށްފައެވެ. އަދި ކްލަބް ރީބްރޭންޑް ވެގެން ދިއުމާއެކީ ކްލަބުގެ އަމާޒަކަށް ވެގެންދާނީ ފުޓްބޯޅަ ނޫން ކުޅިވަރުތަކުން ވެސް ކުރިއަށް ދިއުން ކަމަށާއި އެގޮތުގެ މަތިން މިއަހަރުން ފެށިގެން އެހެން ކުޅިވަރުތަކުން އެ ކްލަބް ފެނިގެންދާނެ ކަމަށް ޝިފާޒް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަނަނަ

    އިލެޖިޓް ޓް ލެޖިޓް..

  2. ޜޖރި

    ތިތަނުން ފެނުނު ގިނަ ޒުވާނުން ތިބި ސިފަ ފެނުމުން އެނގިގެން ދިޔައީ ތިއީ އައު ފުޅިޔަކަށް އެޅިޔަސް ހަނަ އިހު ގެންގުޅުނު ފުޅީގައި ހުރި ސަރުބަތުކަން.
    މޮޅުކަމަކީ، މިހުރިހާ ކަމެއް ހިނގަމުން މިދަނީ ހުރިހާ މީހުން ކުރިމަތީގައި. ޢެއްވެސް މީހަކަށް ވާނުވާ ނޭނގޭ.

  3. ބަރޯ

    މީހުން މެރުމާއި، ޑްރަގް އެތެރެކޮށް ވިއްކުމުގައި ރާއްޖޭގެ 01
    ނަންބަރު ގޭންގް މިކަހަލަ ކްލަބްތައް ހަދައިގެން އޭގެ ނިވާފަތް ގަނޑުގައި ތިބެ، އެތައް ޖަރީމާއެއް ހިންގަމުން ދާތާ 20 އަހަރު ފާހަގަ ކުރަން ހަފްލާއެއް ނުބާއްވާތަ؟

    4
    1
  4. ޒުހުދާ

    ރާއްޖޭގެ ފުޓުބޯޅަކުލަބްތައް މިހާރު އޮތީ ގޭންގު އަތްދަށުލާފަ ހުސް ގޭންގުސްޓާރުން މިކަން ހައްލުކުރަަން ރައީސުލް ޖުމްހޫރިއްޔާ އެބަޖޭހޭ މަސައްކަތްކުރަން ނަހަމަހޮތުގަ ޑުރަގް ވިޔަފާރިކޮށް މިކަންކަމައް ޙަރަދުކޮށް އަދި ނުވިތާކައް ސިޔާސީ މަޤާމުރަކައްވެސް ވާދަލުރަނީ ހަމަ މިގޭންގުތައް