އަންނަ މަހުގެ ފެށުމަށް ހަމަޖެހިފައިވާ "މަޅި ފުޓްސަލް ޗެލެންޖު" ގެ މެއިން ސްޕޮންސާއަކަށް "ވަގުތު" ހަމަޖައްސައިފިއެވެ.

ޖޫން 1 ގައި ފަށާ "މަޅި ފުޓްސަލް ޗެލެންޖު"ގެ މެއިން ސްޕޮންސާއަކަށް "ވަގުތު" ހަމަޖެއްސި އިރު، މިކަމާ ގުޅޭ އެއްބަސްވުމުގައި "ވަގުތު" ގެ ފަރާތުން ސޮއިކުރީ ސީއީއޯ އަހުމަދު އަލީއެވެ. އަދި "މަޅި މޯލްޑިވްސް" ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މުހައްމަދު ލިޒާން ނާސިިރެވެ.

މަޅި ފުޓްސަލް ޗެލެންޖުގެ މެއިން ސްޕޮންސާއަކަށް "ވަގުތު" ހަމަޖެއްސުން

"މަޅި މޯލްޑިވްސް" އާއި "ވަގުތު" އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިފަހަރުގެ މުބާރާތުގައި ކިއާނީ "ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024" އެވެ.

ދެހާސް އެކާވިސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "މަޅި ފުޓްސަލް ޗެލެންޖު" މިދިޔަ އަހަރު ނުބާއްވައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 32 ޓީމު ބައިވެރިވެއެވެ.

މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތު މިހާރު ހަމަވެފައިވާއިރު، 2022 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް މިފަހަރުގެ މުބާރާތުގައި ޖާގަ ވަނީ ހާއްސަކޮށްފައެވެ.

މަޅި ފުޓްސަލް ޗެލެންޖުގެ މެއިން ސްޕޮންސާ އަކަށް ވަގުތު އާއި އެކު ސޮއި ކުރުން

އެންމެ ފަހުން ބޭއްވި "މަޅި ފުޓްސަލް ޗެލެންޖު"ގެ ގަދަ އަށް ޓީމުގެ ގޮތުގައި މިއަހަރުގެ މުބާރާތުން ފުރުސަތު ދީފައިވަނީ "ކްލަބް އޯވަންއޯ" އާއި "ލޮރެންޒޯ ސްޕޯޓްސް ކުލަބް"، "ޓީއެންޓީ"، "ރޭމްޕޭޖް"، "ފަރުމަތި" އާއި "ލެވަލް" އެވެ. އަދި އޭގެ އިތުރުން މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓީމު ކަމަށްވާ "ބިގަލޯސް" އާއި "ޓީއެފްޓީ" އަށް ވެސް ވަނީ މިއަހަރު މުބާރާތުގައި ޖާގަ ހާއްސަކޮށްފައިވެއެވެ.

ފޯރިގަދަ މި މުބާރާތުގެ 2022 ވަނަ އަހަރުގެ ފައިނަލްގައި ބިގަލޯސް އާއި ޓީއެފްޓީ ވާދަކުރި މެޗު މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބިގަލޯސްއެވެ.

ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިންނާއެކު ކުރިއަށްދާ މަޅި ފުޓްސަލް ޗެލެންޖު މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު