އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024" ގެ މީޑިއާ ޕާޓްނަރަކަށް "ވަގުތު" އޮންލައިން ހަމަޖައްސައިފިއެވެ.

މަޅި ފުޓްސަލް ޗެލެންޖުގެ މެއިން ސްޕޮންސާ އަކަށް ވަގުތު އާއި އެކު ސޮއި ކުރުން

ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ގިނަ ކުޅުންތެރިން ކުޅޭ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް "ވަގުތު" އޮންލައިން ހަމަޖައްސާފައިވާއިރު، މި އެއްބަސްވުމުގައި "ވަގުތު"ގެ ފަރާތުން ސްއިކޮށްފައިވަނީ ސީއޯއޯ އަހުމަދު ޖައިޝަމްއެވެ. އަދި "މަޅި މޯލްޑިވެސް"ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖަރ އަހުމަދު އުނެއިޝްއެވެ.

ދެހާސް އެކާވިސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަޅި ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ފުޓްސަލްގެ ގިނަ ތަރިންތަކާއި އެކު ފޯރި ގަދަ މުބާރާތެކެވެ. ދެހާސް ތޭވީސް ވަނަ އަހަރު މި މުބާރާތް ބާއްވާފައި ނުވާއިރު މިފަހަރު ގެ ވަގުތު މަޅި ފުޓްސަލް ޗެލެންޖު ކުރިއަށް ގެންދަނީ 32 ޓީމާއި އެކުއެވެ. އަދި މިފަހަރުގެ މިފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ "ވަގުތު" އެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް 32 ޓީމަށް މިފަހަރު ފުރުސަތު ހުޅުވާލިއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވި އިރު 32 ޓީމުން ވަނީ މުބާރާތުގައި ބައިވެރި ވެފައެވެ. މިފަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިން ފެނިގެން ދާނެއެވެ.

"މަޅި މޯލްޑިވްސް" އާއި "ވަގުތު" އޮންލައިން އިން މި ވި އެއްބަސްވުމުގެ ދަށުން މިފަހަރުގެ "ވަގުތު މަޅި ފުޓްސަލް ޗެލެންޖު"ގެ އެންމެ ތާޒާ ހަބަރުތަށް "ވަގުތު" އޮންލައިން އިން ގެނެސްދޭނެއެވެ.

ވަގުތު މަޅި ފުޓްސަލް ޗެލެންޖު 2024 ކުރިއަށްދާނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު