އީ ފުޓްބޯލް މޮބައިލް އެމްވީ ކުލަބް އެއް ގޮތުގައި ރެޖިސްޓަރކޮށް ގޭމާސް ކުލަބް އޮފް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފިއެވެ.

އީ ފުޓްބޯލް މޮބައިލް އެމްވީގެ ނަން ގޭމާސް ކުލަބް އޮފް މޯލްޑިވްސްއަށް ބަދަލުކޮށްފައިވަނީ، ގޭމާސް ކުލަބް އޮފް މޯލްޑިވްސް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އީ ފުޓްބޯލް މޮބައިލް އެމްވީގެ ނަން ގޭމާސް ކުލަބް އޮފް މޯލްޑިވްސްއަށް ބަދަލުކޮށް ގޭމާސް ކުލަބް އޮފް މޯލްޑިވްސް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

އީ ފުޓްބޯލް މޮބައިލް އެމްވީ ގެ ނަން ގޭމާސް ކުލަބް އޮފް މޯލްޑިވްސް އަށް ބަދަލު ކުރުން

އީ ފުޓްބޯލް މޮބައިލް އެމްވީ އަކީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އުފެދުނު ވައިބަރ ކޮމިއުނިޓީ އެކެވެ. އީ ފުޓްބޯލް މޮބައިލް އެމްވީ އުފައްދާފައިވަނީ މޯބައިލް ގޭމު ކުޅޭ ކުދިންނަށް އެކުވެރިކަމާއިއެކު، ވާދަވެރި މާހައުލެއްގައި މޯބައިލް ގޭމިން ކުޅެވޭނެ މަގު، ގޭމް ކުޅޭ ފަރާތްތަކަށް ހޯދައިދިނުމަށެވެ.

މިގޮތުން އީ ފުޓްބޯލް މޮބިލް އެމްވީ އުފެދުނު ފަހުން މޮބައިލް ގޭމް ކުޅެން ޝައުގުވެރިވާ ފަރާތްތަކަށް އެކި ކަހަލަ ގޭމިން މުބާރާތްތަށް ބާއްވާފައިވެއެވެ. އަދި އީ ފުޓްބޯލް މޮބައިލް އެމްވީގެ ނަން ގޭމާސް ކުލަބް އޮފް މޯލްޑިވްސް އަށް ބަދަލު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވެފައިވަނީ މޮބައިލް ގޭމު ކުޅޭ ކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ރެޖިސްޓަރޑް ކުލަބެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަމުގައި ގޭމާސް ކުލަބް އޮފް މޯލްޑިވްސްގެ ރައީސް ފާހަގަކުރެއްވިއެވެ.

އީ ފުޓްބޯލް މޮބައިލް އެމްވީ ގެ ނަން ގޭމާސް ކުލަބް އޮފް މޯލްޑިވްސް އަށް ބަދަލު ކުރުން

ގޭމާސް ކުލަބް އޮފް މޯލްޑިވްސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުލަބްގެ ރައީސް ފާހަގަކުރި ގޮތުގައި ކުލަބް ރަޖިސްޓްރީކޮށް ހަމަ އެކަނި ނަން ބަދަލުކޮށްލުމަށްފަހު ނިންމާލުމުގެ ބަދަލުގައި މޮބައިލް ގޭމު ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތަށް ހޯދައިދިނުމަށް އެ ކުލަބުން އިތުރަށް މަސައްކަތް ކުރާނެއެވެ. އަދި މީގެ އިތުރުން އެ ކުލަބުން ހަމަ އެކަނި މޮބައިލް ގޭމު މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި އިތުރު ތަފާތު މުބާރާތްތައްވެސް މުސްތަގުބަލުގައި ރާވައި ހިންގާނެ ކަމަށް އެ ކުލަބުގެ ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޕީއެސް މުބާރާތާއި ފުޓްސަލް މުބާރާތްތަށްވެސް ހިމެނޭނެކަން އެ ކުލަބްގެ ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ގޭމާސް ކުލަބް އޮފް މޯލްޑިވްސް އިފްތިތާހު ކޮށްދެއްވުމަށްފަހު ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު ފާހަގަކުރެއްވި ގޮތުގައި ކުލަބެއް ރަޖިސްޓްރީކޮށްގެން ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. ބައިވަރު އެކި ކަހަލަ ޗެލެންޖެސް ކުރިމަތި ވާނެކަމާއި އެކަންތައްތަކާ ހިތްވަރާއިއެކު ކުރިމަތިލާ ކުރިއަށްދިއުމަށް އިމްރާން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ގޭމިންގައިވެސް ރާއްޖެއަށް ރަން ވަނަތަކެއް ގެނެސްދޭނެ ކުދިންތަކެއް އުފެދިގެން ދިއުމަކީ އެންމެ އުފާވާނެކަން ކަމުގައި އިމްރާން ފާހަގަކުރެއްވިއެވެ.

އީ ފުޓްބޯލް މޮބައިލް އެމްވީ ގެ ނަން ގޭމާސް ކުލަބް އޮފް މޯލްޑިވްސް އަށް ބަދަލު ކުރުން

ގޭމާސް ކުލަބް އޮފް މޯލްޑިވްސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުލަބާއެކު ސަޕޯޓިން ޕާޓްނާއެއްގެ ގޮތުގައި ބީސްޓް ސްޕޯޓްސްއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މޮބައިލް ގޭމިންއަށް ޝައުގުވެރިވާ އެކުވެރިންތަކެއްގެ މެދުގައި އުފެދުނު ވައިބަރ ކޮމިއުނިޓީއަކުން ކުލަބަކަށް ބަދަލުކޮށް ގޭމިންގައި އިތުރަށް ކުރިއަށްދިއުމަށް އުފެދުނު ގޭމާސް ކުލަބް އޮފް މޯލްޑިވްސް އިން ކުރިއަށް ރާވައި ހިންގާ ހަރަކާތްތަކާއިބެހޭ މައުލޫމާތު އެ ކުލަމުގެ ސޯސަލް މީޑިއާގައި ހިއްސާކުރަމުންދާނެ ކަމަށް އެ ކުލަބުން ބުނެއެވެ.