ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން މިހާރު ވެލިދޫގައި ކުރިއަށްދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގެ ދެވަނަ މެޗުގައި މަނަދޫ ސްޕޯޓްސް ކުލަބް އާއި ފޮއްދޫ ސްޕޯޓްސް ކުލަބް ވާދަކުރި މެޗު މަނަދޫ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ނ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއި އެކު ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ރޭ ފޮއްދޫ އާއި މަނަދޫ ބައްދަލު ކުރި މެޗު މަނަދޫ ސްޕޯޓްސް އިން ކާމިޔާބުކުރީ 1-3 ސެޓުގެ ނަތީޖާ އަކުންނެވެ.

ނ.އަތޮޅަށް ހުޅުވާލައިގެން ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗު މަނަދޫން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ސެޓު ފޮއްދޫ އިން ކާމިޔާބުކޮށްފައިވަނިކޮށެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ސެޓު ފޮއްދޫއިން ކާމިޔާބުކުރީ 22-25 ސެޓުގެ ނަތީޖާ އަކުންނެވެ.

ފޯރިގަދަކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަަމަ ސެޓު ފޮއްދޫއިން ކާމިޔާކުރި ނަމަވެސް ދެވަނަ ސެޓުގައި މަނަދޫން ކުރި ބުރަ މަސައްކަތާއެކު މެޗުގެ ދެވަނަ ސެޓު މަނަދޫން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓު މަނަދޫން ކާމިޔާބުކުރީ 18-25 ގެ ނަތީޖާ އަކުންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޯލީބޯލް ޓޯނަމެންޓް- ފޮޓޯ: ނޫނު ފޮޓޯސް

މެޗުގެ ދެވަނަ ސެޓު ކާމިޔާބުކުރެވުމާއިއެކު ލިބުނު އިތުބާރާއިއެކު މަނަދޫން މެޗުގެ ތިންވަނަ ސެޓު ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފޯރިގަދަކޮށް ދިޔަ މި ސެޓު މަނަދޫން ކާމިޔާބުކުރީ 22-25 ގެ ނަތީޖާ އަކުންނެވެ. އަދި ހަމަ ފޯރީގައި ކުޅެ މެޗުގެ ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް މަނަދޫ އިން މެޗު ކާމިޔާބު ކުރިއެވެ. މި ސެޓު މަނަދޫ އިން ކާމިޔާބު ކުރީ 16-25 ގެ ނަތީޖާ އަކުންނެވެ.

ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ވެލިދޫގައި މިހާރު ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގައި މަނަދޫ ސްޕޯޓްސް ކުލަބް އާއި ފޮއްދޫ ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަނަދޫ ސްޕޯޓްސް ކުލަބްގެ ސޯދިގް މޫސާ އެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގެ ދެ މެޗެއް މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މަގޫދޫ ވޮލީ ޓީމް އާއި ފޮއްދޫ ސްޕޯޓްސް ކުލަބް އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:15 ގައެވެ. އަދި މާދަމާގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މާޅެންދޫ ވޮލީބޯލް ޓީމާއި ކެނދިކުޅުދޫ ވޮލީ ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓް 2024 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.

ކިޔުންތެރިންގެ ހިޔާލު