ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ވެދިލޫގައި މިހާރު ކުރިއަށްދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގައި ފޮއްދޫ އެސްސީ އާއި މަގޫދޫ ވޮލީޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މަގޫދޫ ވޮލީޓީމު ކާމިޔާބުކޮށްފިއެވެ.

ނ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއި އެކު ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ 3 ވަނަ މެޗުގައި މިއަދު ހަވީރު ފޮއްދޫ އެސްސީ އާއި މަގޫދޫ ވޮލީޓީމު ވާދަކުރި މެޗު ގެ ފުރަތަމަ ސެޓު މަގޫދޫ ވޮލީޓީމުން ކާމިޔާބުކުރީ 26-28 އިންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް

ނ.ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ނ.އަތޮޅުގެ ރައްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓްގައި ފޮއްދޫ އެސްސީ އަދި މަގޫދޫ ވޮލީޓީމު ވާދަކުރި މެޗުގެ 2 ވަނަ ސެޓު މަގޫދޫ ވޮލީޓީމުން ކާމިޔާބުކޮށްފައިވަނީ 14-25 ނެވެ. އަދި މި މެޗުގެ ތިންވަނަ ސެޓު މަގޫދޫ ވޮލީޓީމުން ކާމިޔާބުކޮށްފައިވަނީ 20-25 ގެ ނަތީޖާ އަކުންނެވެ.

ނ. އަތޮޅުގެ ހުރިހާ ރަށަކަށް ދައުވަތުދީގެން ކުރިއަށްދާ މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ މާޅެންދޫ އާއި ވެލިދޫގެ އިތުރުން ނ. ފޮއްދޫ، ނ. މަގޫދޫ، ނ. މަނަދޫ، ނ. ކެނދިކުޅުދޫއެވެ. ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމުތައް ސެމީ ފައިނަލަށް ދާ ގޮތަށެވެ. އަދި ސެމީ ފައިނަލް ކާމިޔާބުކުރާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގައި މިއަދު ހަވީރު ކުޅެވިގެންދިޔައީ ފިރިހެން ޑިވިޝަންގެ ދެވަނަ ގްރޫޕްގެ މެޗެކެވެ. މި ގުރޫޕުގައި ހިމެނެނީ ފޮއްދޫ އެސްސީ އާއި މަނަދޫ ސްޕޯޓްސް ކުލަބް ގެ އިތުރުން މަގޫދޫ ވޮލީޓީމެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް

ނ.ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓްގެ ފިރިހެން ޑިވިޝަންގެ 3 ވަނަ މެޗުގައި ފޮއްދޫ އެސްސީ އާއި މަގޫދޫ ވޮލީޓީމު ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަގޫދޫ ވޮލީޓީމުގެ މުހައްމަދު އިރުޝާދު އެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.