ޖުލައި މަހު ފްރާންސް ގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އަށް ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އިބާދުﷲ އަށް ފުރުސަތު ލިބިއްޖެއެވެ.

އަންނަ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް އަށް ރާއްޖޭގެ ބާރު ދުވުންތެރިޔާ އިބާދުﷲ ނަގާފައި ވަނީ އޮލިމްޕިކްސްގެ އެތްލެޓިކްސް އަށް ކޮލިފައި ނުވާ ގައުމުތަކަށް ލިބުނު ފުރުސަތުގައެވެ. މިގޮތުން މިފަހަރު އެތްލެޓިކްސްއިން ރާއްޖެއަށް ލިބިފައިވަނީ އެންމެ ފުރުސަތެކެވެ.

އެހެންކަމުން އެ ފުރުސަތު ޒުވާން ބާރު ދުވުންތެރިޔާ އިބާދުﷲ އަށް ދިނުމަށް އެތްލެޓިކްސް އެސޯސިއޭޝަން ވަނީ ނިންމާފައެވެ.

އިބާދުالله އާދަމް

އެތްލެޓިކްސް އެސޯސިއޭޝަނުން އިއުލާން ކުރި ގޮތުގައި މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނީ ބާރު ދުވުން ތެރިޔާ އިބާދުﷲ އެވެ. ސަރުކާރުގެ ސްކޮލަރޝިޕް އެއްގައި ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރަމުން އަންނަ ޒުވާން އިބާދުﷲ ވަނީ އިއްޔެ ޖެމެއިކާގައި ބޭއްވި 100 މީޓަރ ރޭހުގައި ވާދަކޮށްފައެވެ. އިބާދުﷲ ރޭސް ނިންމާފައިވަނީ 10:50 ސިކުންތުންނެވެ. މި އާއި އެކު އިބާދުﷲ އަށް ވަނީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުން ތެރިޔާގެ ގޮތުގައި އިބާދުﷲ އޮލިމްޕިކްސް އަށް ފުރުސަތު ލިބުނުއިރު، ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުން ތެރިޔާ ހަސަން ސާއިދު މިހާތަނަށް 100 މީޓަރުގެ ރޭސް ނިންމާފައިވާ އެންމެ އަވަސް ވަގުތަކީ 10:33 ސިކުންތެވެ. މިފަހަރުގެ އޮލިމްޕިކްސްއަށް ހޮވުނު އިބާދުﷲ އަށް އަދި މި ރިކޯޑު މުގުރާލެވޭގޮތް ނުވިނަމަވެސް އިބާދުﷲ އިއްޔެގެ ރޭސް ނިންމާފައި ވަނީ މި ފަހުން ސާއިދު ރޭސް ނިންމާފައިވާ ވަރަށްވުރެ އަވަހަށެވެ.

އިބާދުالله އާދަމް

ރާއްޖޭގެ ދުވުންތެރިޔަކަށް އަދި އޮލިމްޕިކްސް އަށް ކޮލިފައިވެވޭ ގޮތް ނުވިނަމަވެސް މިދިޔަ ދެ އަހަރު ރާއްޖޭގައި އުފެދުނު އެންމެ އެންމެ ބާރު ދުވުން ތެރިޔާ ސާއިދު ވާނީ އޮލިމްޕިކްސްގައި ވާދަކޮށްފައެވެ. ސާއިދު އޮލިމްޕިކްސްގައި ވާދަކޮށްފައިވަނީ ކޮލިފައިނުވާ ގައުމުތަކަށް ލިބޭ ފުރުސަތުގައެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވުމަށް 100 މީޓަރުގެ ރޭސް 10 ސިކުންތަށްވުރެ އަވަހަށް ނިންމަން ޖެހެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ދުވުންތެރިއަކަށް އަދި އެ ވަރަށް ދުވެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު