އަންނަ ޖުލައި މަހު ފްރާންސްގައި ފެށުމަށް ހަމަ ޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އިން ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ފާތުމަތު ނަބާހާ އަބްދުއްސައްތާރު އަށް ފުރުސަތު ލިބިއްޖެއެވެ.

ޖުަލައި މަހު ފްރާންސްގެ ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔާގެ ކުޅިވަރުގެ އެންމެ ބޮޑު އެއް އިވެންޓްކަމަށްވާ އޮލިމްޕިކްސް ގޭމްސް އަށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ނަބާ އަށް ފުރުސަތުދީފައިވަނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށް ފަހު އޭނާގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ. ޓްރައިޕާޓައިޓް ކޯޓާގެ ޖާގަ ދެނީ، އޮލިމްޕިކްސް ކޮލިފައިން މަރުހަލާގައި ވާދަކޮށް ނެރޭ ނަތީޖާތައް ރަނގަޅު ކުރުމުންނެވެ. މިދިޔަ ތިން އަހަރު ތެރޭ ނަބާހާ އާއި ރާއްޖޭގެ އެހެން ކުޅުންތެރިން ވެސް ވަނީ ގިނަ މުބާރާތްތަކެއްގައި ކުޅެފައެވެ.

ފާތިމަތު ނަބާހާ އަބްދުއްރައްޒާގު

ޒުވާން ބެޑްމިންޓަން ކުޅުންތެރިއާ ނަބާ އަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ބާއްވާ އެކި އެކި ބެޑްމިންޓަން މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީ ތަކެއްވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.

ރާއްޖެއިން މިހާތަނަށް ތިން އެތްލީޓަކަށް ވަނީ އޮލިމްޕިކްސްގެ ޖާގަ ކަށަވަރުވެފައެވެ. އެއީ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ނަބާގެ އިތުރުން ޒުވާން ދުވުން ތެރިޔާ އިބާދުﷲ އާދަމް ހިމެނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ދެކުނު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރަފު ހޯދައިފައެވެ.

ނަބާ މިފަހަރުގެ އޮލިމްޕިކްސް އިން ޖާގަ ލިބިފައިވާއިރު، 2021 ވަނަ އަހަރު ތޯކިޔޫގައި ބާއްވި އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ވަނީ ވާދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އައުރަ ނިވާނުކުރާ ޅަފުފައިގެ ކުދިންތައް މިދަނީ ކޮން މުސްތަގުބަލަކަށް؟

    2
    3
  2. ދުލުގަހިފާ ދަމަންޏާ ބުނާނަން

    ރާއްޖޭގައި، ކީރިތި ޤުރުއާން ހިތުދަސްކޮށް ރަންތާޖު ހޯދާ ޚާފިޒުން އެހޯދި ދެދުނިޔޭގެ ކާމިޔާބީ ފާހަގަ ނުކުރެވެނީ ކީއްވެބާ؟ މިކިޔަނީ %100 ޔޯ، ހިތް ދެވިފައި މިހުންނަނީ ދުނިޔެވީ ޖާދުލަށް ހިތާމަހުރި