ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 2024" އިއްޔެ ފަށައިފިއެވެ.

ބާފާ އިން އިންތިޒާމްކޮށްގެން ހޮޅުދޫގައި ކުރިއަށްގެންދާ ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖަކީ އެރަށު ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ހޮޅުދޫ ޔޫތް ސެންޓަރ އާއި ގުޅިގެން ބާއްވާ މުބާރާތެކެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 2024

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖުގައި އިއްޔެ ވަނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތައްވެސް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ޑިވިޝަންގެ 2 މެޗެއް ކުރިއަށް ގެންގޮސްފައިވާއިރު ފިރިހެން ޑިވިޝަންގެ ތިން މެޗެން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފައިވަނީ ހޮޅުދޫ ހެލްތް ސެންޓަރ އާއި ހޮޅުދޫ ކައުންސިލެވެ. މެ މިޗު 1-4 ސެޓުން ކާމިޔާބުކޮށްފައިވަނީ ހޮޅުދާ ކައުންސިލްގެ ޓީމެވެ. އަދި އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މޭނާ ސްކޫލް އާއި ސިޔާމް ވޯލްޑެވެ. މި މެޗު 1-4 ސެޓުން ކާމިޔާބުކޮށްފައިވަނީ މޭނާ ސްކޫލްގެ ޓީމެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 2024

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތިން މެޗެއް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ އާރްޑީސީ އާއި ހޮޅުދޫ ކައުންސިލެވެ. 2-3 ސެޓުން މި މެޗު ކާމިޔާބުކޮށްފައިވަނީ ހޮޅުދޫ ކައުންސިލްގެ ޓީމެވެ. އަދި ފިރިހެން ޑިވިޝަންގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން މޭނާ ސްކޫލް އާއި ހޮޅުދޫ ފެނަކަ ބްރާންޗެވެ. މި މެޗު 2-3 ސެޓުން ހޮޅުދޫ ފެނަކަ ބްރާންޗް އިން ވަނީ މޭނާ ސްކޫލް ގެ މައްޗަށް ކުރި ހޯދާފައެވެ. ފިރިހެން ޑިވިޝަންގެ ތިންވަނަ މެޗުގައި ވާދަކޮށްފައިވަނީ ސިޔާމް ވޯލްޑް އާއި އާރްޑީސީ ހޮޅުދޫ އެވެ. 1-4 ސެޓުން މި މެޗު ކާމިޔާބުކޮށްފައިވަނީ އާރްޑީސީ ހޮޅުދޫއެވެ.

މި މުބާރާތުގެ ކުޅުން މިއަދުވެސް ކުރިއަށްދާނެއެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ސިޔާމް ވޯލްޑް އާއި ހޮޅުދޫ ކައުންސިލް އަދި މޭނާ ސްކޫލް އާއި ހޮޅުދޫ ހެލްތް ސެންޓަރ ވާދަކުރާއިރު، ފިރިހެން ޑިވިޝަންގައި ހޮޅުދޫ ފެނަކަ ބްރާންޗް އާއި ހޮޅުދޫ ކައުންސިލް ބައްދަލު ކުރާއިރު ސިޔާމް ވޯލްޑް ނިކުންނާނީ މޭނާ ސްކޫލް އާއި ދެކޮޅަށެވެ. އަދި މިރޭ ހޮޅުދޫ ފެނަކަ ބްރާންޗް ނިކުންނާނީ އާރުޑީސީ ހޮޅުދޫ އާއި ދެކޮޅަށެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 2024 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.