މި މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، މި މުބާރާތަށް ޓީމުން ތަކުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ. ޖަރުމަނުގައި ފެށޭ މި މުބާރާތަށް ޓީމުތައް އެކުލަވާލާ ޖަރުމަނަށް ދަތުރު ކުރުމުގެ ކުރިން ޓީމު ތަކުން އަންނަނީ މި މުބާރާތަށް ގިނަ ތައްޔާރީ ތަކެއް ވަމުންނެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޕޮލެންޑް ގެ ޓީމުންވެސް އެ ޓީމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ޕޮލެއްންޑް ޓީމަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާ ކާމިޔާބު ޓީމެކޭ އަދި ބުނެވޭކައްނެތެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެފައިވާ ޕޮލެންޑް ޓީމުން މިފަހަރުގެ މުބާރާތަށް މި ނިކުންނަނީ އެ ތާރީހު ބަދަލުކޮށް ޕޮލެއްންޑް އަކީވެސް ޔޫރަޕްގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި އޮތުމުގެ މަގްސަދުގައެވެ.

ޕޮލެންޑް

ޕޮލެންޑް އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވަނީ 2008 ވަނަ އަހަރުއެވެ. ސްވިޒްލޭންޑް އާއި އޮސްޓްރިއާގައި ކުރިއަށް ދިޔަ މި މުބާރާތުން ޕޮލެންޑް ކަޓައިގެންދިޔައީ ގްރޫޕް ސްޓޭޖުންނެވެ. އަދި އޭގެ ފަހުން 2012 ވަނަ އަހަރުވެސް ޕޮލެންޑް އިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ. ޕޮލެންޑް އާއި ޔޫކްރޭންގައި ކުރިއަށް ދިޔަ މި މުބާރާތްވެސް ޕޮލެންޑް އަށް ނިމިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ ޔޫރޯ ފުޓް ބޯޅަ މުބާރާތުގައި ޕޮލެންޑް އިން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސް އެފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ވެސް ކުޅެފައެވެ. އަދި އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެވުނު 2022 ވަނަ އަހަރުވެސް ޕޮލެންޑް ކުޅެފައިވާއިރު އެފަހަރުގެ މުބާރާތް ޕޮލެންޑް އަށް ނިމިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ.

ޕޮލެންޑްގެ ފަސްވަނަފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނައިރު އެ ޓީމަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ކެޕްޓަން ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެ ޓީމުގެ މިފަހަރުގެ ސްކޮޑުގައި ހިމެނިފައިވުމެއެވެ. ޕޮލެންޑް ގެ ތާރީހުގައި އެ ޓީމުން ނިކުންނަ 7 ވަނަ ބޮޑު މުބާރާތުގައި އެ ޓީމުގައި ލެވަންޑޮސްކީ ހިމެނުން ވެގެން ދާނީ ހަމަ ޔަގީނުންވެސް އެ ޓީމުގެ ސަޕޯޓަރުން ކުރަމުންދާ އުންމީދުތަށް އިތުރަށް ބޮޑުވެގެން ދާނެ ކަމަކަށެވެ. ޕޮލެންޑް އިން ވަނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ޓީމުގެ ވަގުތީ ސްކޮޑްވެސް އިއުލާންކޮށްފައެވެ.

ރޮބާޓް ލެވަންޑޮސްކީ-ޕޮލެންޑް

ޕޮލެންޑްގެ ޔޫރޯ ސްކޮޑް

ކީޕަރުން: ވޮއިޗެޗް ޝްޗެސްނީ (ޔުވެންޓަސް)، ލުކާޒް ސްކޮރޫޕްސްކީ (ބޮލޮންޖާ)، މާސިން ބުލްކާ (ނައިސް)، މަޓިއުސް ކޮޗަލްސްކީ (ސްޓަލް މިއެލެކް)

ޑިފެންޑަރުން: ޖާން ބެޑްނަރެކް (ސައުތުހެމްޕްޓަން)، ބާޓޮޒް ބެރެސިންސްކީ (އެމްޕޯލީ)، ޖަކަބް ކިވިއޯ (އާސެނަލް)، ޓައިމޯޓިއަސް ޕުޗަޗް (ކައިސަރލްސުއަޓަރން)، ބާޓޮޒް ސަލަމޮން (ލެޗް ޕޮޒްނާން)، ޕަވެލް ޑަވިޑޯވިޗް (ވެރޯނާ)، ޕަވެލް ބޮޗްނިއެވިޗް (ހީރެންވީން)، ސެބަސްޓިއަން ވަލޫކިއެވިޗް (އެމްޕޮލީ)

މިޑްފިލްޑަރުން: ކާމިލް ގްރޮސިކީ (ޕޮގޮން ޝްޗެސިން)، ޕިއޮޓް ޒިއެލެންސްކީ (ނަޕޯލީ)، ޕްރްޒެމިސްލާވް ފްރެންކޯވްސްކީ (ލެންސް)، ސެބަސްޓިއަން ޒިމަންސްކީ (ފެނަރބަހްސޭ)، ޖެކަބް މޮޑަރ (ބްރައިޓަން)، ޑޭމިއަން ޒިމަންސްކީ (އޭއީކޭ އެތެންސް)، ނިކޮލާ ޒަލެވްކްސީ (ރޯމާ)، ބާޓޮޒް ސްލިސް (އެޓްލާންޓާ ޔުނައިޓެޑް)، މިކަލް ސްކޯރާސް (ކްލަބް ބްރޫގް)، ޖަކަބް ޕިއޮޓްރޯކްސީ (ލުޑޯގޮރެޓްސް ރަޒްގްރާޑް)، ޓަރަސް ރޮމަންޗުކް (ޖަގިއެލޯނިއާ ބިއަލިސްޓޮކް)، ކަކްޕަރ އުރްބަންސްކީ (ބޮލޮންޖާ)

ފޯވާޑުން: ރޮބަޓް ލެވަންޑޯސްކީ (ބާސެލޯނާ)، އާކާޑިއުސް މިލިކް (ޔުވެންޓަސް)، ކެރޯލް ސްވިޑަރކްސީ (ވެރޯނާ)، ކްރިސްޓޮފް ޕިއަޓެކް (އިސްތަންބޫލް ބަސަކްސެހިރު)، އާދަމް ބުކްސާ (އަންޓަލިއަސްޕޯރ)

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް ހިމެނެނީ ގްރޫޕް ޑީ ގައެވެ. ގްރޫޕް ޑީ ގައި ޕޮލެންޑް އާއި އެކު ދެން ހިމެނެނީ ނެދަލެންޑްސް އަދި އޮސްޓްރިއާގެ އިތުރުން ފްރާންސް އެވެ. އެހެން ކަމުން މި ގްރޫޕް އަކީ ޕޮލެންޑް އަށް ފަސޭހަ ގްރޫޕެއް ނޫނެވެ. ގްރޫޕް ސްޓޭޖު ފަހަނައަޅާ މުބާރާތުގައި ކުރިއަށް ދިޔުމަށް ޕޮލެންޑުން ކުރަންޖެހޭ މަސައްކަތް ކިތަންމެހާވެސް ބޮޑެވެ. މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެންވެސް ޕޮލެންޑް އަށް އެކަށްވެސް އޮތީ ފައިނަލައެވެ.

މި މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑްގެ ފުރަތަމަ މެޗުގައި އެ ޓީމުން މި މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ނެދަލެންޑްސް އާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޕޮލެންޑުން މި މަހުގެ 21 ވަނަ ދުވަހު އޮސްޓްރިއާ އާއި ދެކޮޅަށް ނިކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ޕޮލެންޑް އިން ނިކުންނާނީ ފްރާންސް އާއި ދެކޮޅަށެވެ.