ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމުކޮށްގެން ނ.ހޮޅުދޫގައި ކުރިއަށް ގެންދިޔަ ބާފާ އިންޓަ އޮފީސް ބެޑްމިންޓަން ޗެލެންޖުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޭނާ ސްކޫލް އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޮޅުދޫ ފެނަކަ ހޯދައިފިއެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 2024

ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ އާއި ހޮޅުދޫ ޔޫތް ސެންޓަރާ ގުޅިގެން ބާފާ އިން ކުރިއަށްގެންދިޔަ ބާފާ ބެޑްމިންޓަން ޗެލެންޖުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މޭނާ ސްކޫލް ހޯދާފައިވަނީ ފައިނަލްގައި ހޮޅުދޫ ކައުންސިލާ ވާދަކޮށް ކުރި ހޯދައިގެންނެވެ.

ބެންޔަންސް އެސޯސިއޭޝަން ފޯ އޯލް (ބާފާ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބާފާ ބެޑްމިންޓަން ޗެލެންޖުގެ އަންހެން ޑިވިޝަންގެ މިދިޔަ ފަހަރުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ މޭނާ ސްކޫލުން ފައިނަލްގައި ހޮޅުދޫ ކައުންސިލްގެ މައްޗަށް ކުރި ހޯދާފައިވަނީ 2-3 ސެޓުންނެވެ. މޭނާ ސްކޫލުން މިވަނީ ޖެހި ޖެހިގެން ދެފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެެލެންޖުގެ ފިރިހެންޑިވިޝަންގެ ޗެމްޕިއަންކަން ހޮޅުދޫ ފެނަކައިން ހޯދާފައިވަނީ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި މޭނާ ސްކޫލް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި މިދިޔަ ފަހަރުގެ ޗެމްޕިއަންކަން ހޯދާފައިވާ މޭނާ ސްކޫލްގެ މައްޗަށް ހޮޅުދޫ ފެނަކަ ކުރި ހޯދާފައިވަނީ 1-3 ސެޓުންނެވެ.

ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖު 2024

ބެންޔަންސް އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމްކޮށްގެން ނ.ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާފާ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖަކީ ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ އާއި ހޮޅުދޫ ޔޫތް ސެންޓަރ އާއި ގުޅިގެން ބާއްވާފައިވާ ބެޑްމިންޓަން މުބާރާތެކެވެ.

ދެ ޑިވިޝަނަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި މިފަހަރު އަންހެން ޑިވިޝަންގައި ހަތަރު ޓިމެއް ވާދަކޮށްފައިވެއެވެ. އަންހެން ޑިވިޝަންގައި ވާދަކޮށްފައިވާ ޓީމުތަކަކީ މޭނާ ސްކޫލް، ނ.ހޮޅުދޫ ކައުންސިލް، ނ.ހޮޅުދޫ ހެލްތް ސެންޓަރ ގެ އިތުރުން ސިޔާމް ވޯލްޑްއެވެ. އަދި މީގެ އިތުރުން މިފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ފަސް ޓީމެއް ވާދަކޮށްފައިވާއިރު، ފިރިހެން ޑިވިޝަންގައި ވާދަކޮށްފައިވަނީ ފެނަކަ ހޮޅުދޫ ބްރާންޗް، ނ.ހޮޅުދޫ ކައުންސިލް، މޭނާ ސްކޫލް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހޮޅުދޫގެ އިތުރުން ސިޔާމް ވޯލްޑް އެވެ.