ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު ހުރިހާ ޓީމަކުން ވެސް ދަނީ ޓީމުތަކުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ. މިގޮތުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ޗެކްރިޕަބްލިކް ޓީމުންވެސް ދަނީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެ ޓީމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކް ޓީމަކީ ކާމިޔާބު ޓީމެއްގެ ގޮތުގައި ބެލިދާނެއެވެ. ޓީމެއްގެ ގޮތުގައި އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެރޭ ނަތީޖާތަކަކީ ގިނަ ބަޔަކު އަބަދުވެސް ފާހަގަ ކުރާ ކަމެކެވެ.

ޗެކްރިޕަބްލިކް ފުޓްބޯޅަ ޓީމު

ޗެކްރިޕަބްލިކް އިން އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައިވަނީ ސްލޮވޭކިއާ އާއެކު ކޮންބައިން ޓީމެއްގެ ގޮތުގައެވެ. އެގޮތުން 1960 ވަނަ އަހަރުން ފެށިގެން ޗެކޮސްލޮވޭކިއާގެ ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން ދިޔަ ޗެކްރިޕަބްލިކް ޓީމުން ދެ ފަހަރު މަތިން ޔޫރޯ ފުޓްބޯޅަ މުބާާތުގެ ތިންވަނަ ހޯދާފައިވާއިރު 1976 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައިވެއެވެ. ޗެކް ރިޕަބްްލިކް އިން ސްލޮވޭކިއާ އާއެކު އެންމެ ފަހުން ކުޅެފައިވަނީ 1980 ވަނަ އަހަރު އިޓަލީގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެފަހަރު މުބާރާތުންވެސް އެ ޓީމު ވަނީ މުބާރާތުގެ ތިން ވަނަ ހޯދައިފައެވެ.

1980 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރާ ހަމަޔަށް ޗެކޮސްލޮވޭކިއާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައި ނުވާއިރު 1996 ވަނަ އަހަރު ޗެކްރިބަލްކި ނިކުތީ ވަކި ޓީމެއްގެ ގޮތުގައެވެ. އިންގްލެންޑްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި ޗެކްރިޕަބްލިކް އިން ވަނީ ކުޅެފައެވެ. އެފަހަރުގެ ފައިނަލް އިން އެ ޓީމު ބަލިވެފައިވަނީ ޖަރުމަނު އަތުންނެވެ. އަދި އޭގެ ފަހުން ކުޅުނު ކޮންމެ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވާ ޗެކްރިޕަބްލިކް ޓީމުން 2004 ވަނަ އަހަރު ޕޯޗުގަލްގައި ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައިވެސް ވަނީ ކުޅެފައެވެ. އެފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޗެކްރިޕަބްލިކް ޓީމުން ނިންމާލާފައިވަނީ ތިންވަނަ ޓީމުގެ ގޮތުގައެވެ.

ޗެކްރިޕަބްލިކް ފުޓްބޯޅަ ޓީމު

ޕޮލެންޑް އަދި ޔޫކްރެއިންގައި 2012 ވަނަ އަހަރު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައިވެސް ޗެކްރިޕަބްލިކް ޓީމުން ވަނީ ކުޅެފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ފުރާންސްގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމަށް މާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އެފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޗެކްރިބަޕްލިކް އިން ގުރޫޕް ސްޓޭޖުން ނިންމާލަން ޖެހުނު ނަމަވެސް އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ވަނީ ކުއާޓާ ފައިނަލްގައި ވާދަކޮށްފައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ޗެކްރިޕަބްލިކް ޓީމު

ކީޕަރުން: ޖިންޑްރިޗް ސްޓޭނެކް (ސްލާވިއާ ޕްރާގް)، ވިޓެޒްސްލާވް ޖާރޯސް (ސްޓަރމް ގްރާޒް)، މަޓޭޖް ކޮވާރ (ބަޔަރ ލެވަރކުސެން)

ޑިފެންޑަރުން: ވްލަޑިމިއާ ކުފާލް (ވެސްޓް ހެމް ޔުނައިޓެޑް)، ޓޮމާސް ހޯލްސް (ސްލާވިއާ ޕްރާގް)، ޑޭވިޑް ޒިމާ (ސްލާވިއާ ޕްރާގް)، ލަޑިސްލާވް ކްރެޖްސީ (ސްޕާޓާ ޕްރާގް)، ޑޭވިޑް ޖުރާސެކް (ހޮފެންހައިމް)، ރޮބިން ހްރާނަކް (ވިކްޓޯރިއާ ޕްލްޒެން)، ޓޮމާސް ވްލްސެކް (ސްލާވިއާ ޕްރާގް)، މާޓިން ވިޓިކް (ސްޕާޓާ ޕްރާގް

މިޑްފިލްޑަރުން: ޓޮމާސް ސޯސެކް (ވެސްޓް ހެމް)، އެންޓޮނިން ބަރަކް (ފިއޮރެންޓީނާ)، ޑޭވިޑް ޑައުޑެރާ (ސްލާވިއާ ޕްރާގް)، ލޫކަސް ޕްރޮވޮޑް (ސްލާވިއާ ޕްރާގް)، ވަކްލަވް ސެރްނީ (ވީއެފްއެލް ވޯލްފްސްބާގް)، އޮންޑްރޭޖް ލިންގްރ (ފެއިނޯޑް)، މާރޭޖް ޖުރާސެކް (ސްލާވިއާ ޕްރާގް)، ޕަވެލް ސުލްކް (ވިކްޓޯރިއާ ޕްލްޒެން)، ލޫކަސް ސެރްވް (ވިކްޓޯރިއާ ޕްލްޒެން)

ފޯވާޑުން: ޕެޓްރިކް ޝިކް (ބަޔަރ ލެވަރކޫސަން)، އޭޑަމް ހްލޮޒެކް (ބަޔަރ ލެވަކުސަން)، ޖާން ކުޗްޓާ (ސްޕާޓާ ޕްރާގް)، މޮޖްމިރް ޗައިޓިލް (ސްލާވިއާ ޕްރާގް)، ޓޮމާސް ޗޯރީ (ވިކްޓޯރިއާ ޕްލްޒެން)

އަންނަ ހޮނިހިރު ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޗެކޮރިޕަބްލިކް ޓީމު ހިމެނެނީ ގުރޫޕް އެފް ގައެވެ. މި ގޫރޫޕްގައި ޗެކްރިޕަބްލިކްގެ އިތުރުން ދެން ހިމެނެނީ ޕޯޗުގަލް އާއި ތުރުކީގެ އިތުރުން ޖީޖިއާއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކްރިޕަބްލިކް އިން އެ ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނިކުންނާނީ ޕޯޗުގަލް އާއި ދެކޮޅަށެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ޖޯޖިއާ އާއި އެކު ޗެކްރިޕަބްލިކްގެ ދެވަނަ މެޗުގައި ވާދަކުރާއިރު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ޗެކްރިބަޕްލިކް ނިކުންނާނީ ތުރުކީ އާއި ދެކޮޅަށެވެ.