ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގުރޫޕް ސީގައި އިންގްލެންޑް އިން ސާބިއާ އާއި ދެކޮޅަށް ނިކުންނަ އިރު މިއީ 2006 ގައި ސާބިއާ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތްފަހުން ފުރަތަމަ ފަހަރަށް ނުކުންނަ ފަހަރެވެ. އެހެން ނަމަވެސް 2003 ވަނަ އަހަރު ސާބިއާ އަދި މޮންޓެނެގްރޯ އާއި ދެކޮޅަށް އިންގްލެންޑް އިން ވަނީ ބައިނަލްއަގުވާމީ އެކުވެރި ކަމުގެ މެޗެއް ކުޅެފައެވެ. 1-2 ގެ ނަތީޖާ އަކުން މި މެޗު ކާމިޔާބުކޮށްފައިވަނީ އިންގްލެންޑް އެވެ.

މީގެ ކުރިން ޔޫގޮސްލޭވިއާ ޓީމުގައި ސާބިއާ ހިމެނިގެން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައިވާއިރު އިންގްލެންޑް އިން ވަނީ އެ ޓީމުން ޔޫގޮސްލޭވިއާ އާއި ވާދަކުރި ފަހު 6 މެޗުވެސް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން އިންގްލެންޑު ޓީމު ޔޫގޮސްލޭވިއާ ޓީމުގެ އަތުން ބަލިވެފައިވަނީ 1968 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައެވެ. މި މެޗު ޔޫގޮސްލޭވިއާ އިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާ އަކުންނެވެ.

އިންގަލެންޑް ފުޓްބޯޅަ ޓީމު

މިއީ މިނިވަން ގައުމެއްގެ ގޮތުގައި ސާބިއާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައި ސާބިއާ ކުޅެފައިވާއިރު، ޔޫގޮސްލޭވިއާއާއި އެކު 5 ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައިވެއެވެ. އަދި ދެ ފަރަރެއްގެ މަތިން ފައިނަލްގައި ކުޅެ ރަނަރަޕް ކަންވެސް ވަނީ ހޯދާފައެވެ.

މިހާތަނަށް ދިހަ ފަހަރެއްގެ މަތިން ޔޫރޯ ކުޅެފައިވާ އިންގްލެންޑް ޓީމަށް ހޯދިފައިވާ އެންމެ ރަނގަޅު ނަތީޖާ އަކީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެވުމެވެ. 2022 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އިންްގްލެންޑް ޓީމު މިފަހަރުގެ މުބާރާތަށްވެސް ނިކުންނަނީ އެ ޓީމުގެ ތާރީހުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ކުރިއަށް ގެންގޮސްދީފައިވާ ކޯޗާއި އެކުގައެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އިންގްލެންޑް އިން ހޯދާނެކަމާއިމެދު އެ ޓީމުގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުންމީދު ކުރެއެވެ.

ސާބިއާ ފުޓްބޯޅަ ޓީމު

ދެ ޓީމުގެ ކޯޗުންގެ ބަސް

ސައުތް ގޭޓް، އިންގްލެންޑް ކޯޗު: "މީ ހައި ލެވެލްގެ މުބާރާތެއް، މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ، ފިޒިކަލްގެ ގެ އިތުރުން މެންޓަލީވެސް މިވަރުގެ މުބާރާތަކަށް ނިކުންނަ އިރު ތައްޔާރުވާން ޖެހޭ، އިންގްލެންޑް ޓީމުން މި ނިކުންނަނީ މި ހުރިހާ ކަމަކަށް ތައްޔާރު ވެގެން، އެހެން ނަމަވެސް އަހަރެމެން ގަބޫލު ކުރަން ސާބިއާ އަކީ ވަރުގަދަ ޓީމެއް، އެމީހުންގެ މެންޓަލިޓީ ވަރަށް ވަރުގަދަ ވާނެ، އެހެން ކަމުން މި މެޗުން މޮޅުވުމަށް އަހަރެމެން ވަރަށް މަސައްކަތް ކުރަން ޖެހޭނެ."

ޑްރަގަން ސްޓޮޖްކޮވިޗް، ސާބިއާ ކޯޗު: "މި ގުރޫޕުގެ އެއްވެސް ޓީމެއް އަހަރެން ތަފާތެއް ނުކުރަން، އެކަމަކު އަހަރެމެން މިރޭ މި ނިކުންނަނީ ގުރޫޕުގެ ފެވަރިޓުންނާއި ދެކޮޅަށް، މި މެޗަށް އަހަރުމެންނަށް ވެވުނު އެންމެ ރަނގަޅަށް ތައްޔާރުވެގެން މި ތިބީ، އަހަރެން ގަބޫލު ކުރާގޮތުގައި މި މެޗަށް ހުރިހާ ގޮތަކުންވެސް ސާބިއާ މިއޮތީ ތައްޔާރުވެފަ."

މިރޭގެ މެޗަށް ނިކުންނާނެ ކަމަށް ބެލެވޭ ދެ ޓީމުގެ ފުރަތަމަ 11 ކުޅުންތެރިން

އިންގްލެންޑް: ޖޯޑަން ޕިކްފޯޑް، ކައިލް ވޯކާ، ޖޯން ސްޓޯންސް، މާކް ގުއެހީ، ކިއަރަން ޓްރިޕިއާ، ޓްރެންޓް އެލެގްޒެންޑަރ-އާނަލްޑް، ޑެކްލަން ރައިސް، ބުކާޔޯ ސާކާ، ޖޫޑް ބެލިންހަމް، ފިލް ފޯޑެން، ހެރީ ކޭން

ސާބިއާ؛ ވަންޖާ މިލިންކޯވިޗް-ސާވިޗް، މިލޯސް ވެލްޖްކޮވިޗް، ނިކޮލާ މިލެންކޯވިޗް، ސްޓްރަހިންޖާ ޕަވްލޮވިޗް އެވެ, އަންޑްރިޖާ ޒިވްކޮވިޗް، ނޭމަންޖާ މަކްސިމޮވިޗް، ސާސާ ލުކިޗް، ފިލިޕް ކޮސްޓިކް, ސާޖެޖް މިލިންކޯވިޗް-ސަވިޗް، ޑޫސަން ޓަޑިޗް، އެލެކްސަންޑަރ މިޓްރޮވިޗް

މި މެޗު ކުޅެވޭނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު ޖަރުމަނުގެ ވެލްޓިންސް އެރީނާ ގައެވެ.