މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ސްޕެއިން އަދި ޖޯޖިއާ ވާދަކުރާ މެޗުގައި ޖޯޖިއާ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުބަލާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ސްޕެއިން އިން ޖޯޖިއާ އާއި ދެކޮޅަށް ނިކުންނައިރު، ޖޯޖިއާ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ބަލައިގެން ނުނިކުންނާނެ ކަމަށާއި، މިރޭގެ މެޗުގައި ސްޕެއިން އިން ނިކުންނާނީ ވަރުގަދަ ކޮށް ކުޅެ މެޗުން މޮޅުވާން ކަމުގައި ސްޕެއިންގެ ކޯޗު ފުއެންޓޭ ބުނެފައިވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ޔޫރޯ 2024- ސްޕެއިން އަދި އިޓަލީ ވާދަކުރި މެޗުގެ ތެރެއިން, ސްޕެއިންގެ ކެޕްޓަން އަލްވަރޯ މޮރާޓާ

ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ފުއެންޓޭ ބުނެފައިވާގޮތުގައި މިހާރު ޖޯޖިއާ އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފަ ކަމަށާއި، އެހެން ކަމުން ސްޕެއިންގެ ކުޅުންތެރިން އަށްވެސް ވިސްނައިދީފައި ވާނީ ޖޯޖިއާގެ ކުޅުންތެރިން އާދައިގެ ކޮށް ނުނެގުމަށް ކަމަށެވެ.

ސްޕެއިން އިން ރައުންޑް އޮފް 16 ގައި މިރޭ ޖޯޖިއާ އާއި ދެކޮޅަށް ނިކުންނައިރު، މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރައުންޑް އޮފް 16 އަށް ދަތުރު ކުރި ހަމަ އެކަނި ޓީމަކީ ވެސް ސްޕެއިންއެވެ. މިފަހަރުގެ ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ގުރޫޕް އޮފް ޑެތުގައި ހިމެނުނު ސްޕެއިން އިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވެފައެވެ.

ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ގުރޫޕް ބީ ގައި ސްޕެއިން އާއި އެކު ދެން ހިމެނުނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ކުރީ ވޯލްޑް ކަޕްގެ ރަނާރަޕް ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާ އެވެ. ސްޕެއިން ވަނީ މި ތިން ޓީމާއި ވާދަކުރި ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮައިންޓް ހޯދާފައެވެ. ސްޕެއިން ގްރޫޕް ސްޓޭޖު ނިންމާލާފައިވަނީ ގުރޫޕުގެ އެއް ވަނައިގެ ގޮތުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ސްޕެއިން އަދި ޖޯޖިއާ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00ގައެވެ.