ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
އިއްޔެ ރައީސް ކަމުގެ މަގާމާ ރަސްމީކޮށް ހަވާލުވި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ރާއްޖޭގެ އެކިއެކި ދާއިރާތަކުން ހާސިލް ކުރާނެ ތަސައްވަރު އިއްޔެ އިއުލާން ކޮށްފައިވާ އިރު، އޭގެ ތެރެއިން ކުޅިވަރުގެ ދާއިރާގެ ތަސައްވަރުވެސް ވަނީ ހާމަކޮށްފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުޅިވަރު ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހަށް އަމާޒުކޮށްފައިވާ އެއް ކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރަކު ހަމަޖެއްސުމެވެ. އެގޮތުން ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުސިލަރެއް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އޭގެ އިތުރުންވެސް ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް، ކުރިއެރުވުމަށް އެސޯސިއޭޝަންތަކަށް މާލީގޮތުން ދޭ އެހީތެރިކަންވެސް އިތުރުކުރުމުގެ ގޮތުން ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް ސަރުކާރުން ކޮންމެ އަހަރަކު ހަމަޖައްސާނެ ކަމަށްވެސް އިއްޔެ ނެރުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތަސައްވަރުގައި ހިމެނެއެވެ.
އޭގެ އިތުރުންވެސް ގައުމީ އަންހެން އަދި ފިރިހެން ފުޓުބޯޅަ ޓީމުގެ މުސާރާއިގެ ފަރަގު ނައްތާލުމާއި، މާލޭ ސަރަހައްދުގައި އޮލިމްޕިކް ސައިޒް ސްވިމިން ޕޫލެއް އެޅުންވެސް ހިމެނެއެވެ. އޮލިމްޕިކް ސައިޒްގެ ސްޕިވިމިން ޕޫލަކީ ފެތުންތެރިންނަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އެއްޗަކަށްވާ އިރު، ސްވިމިން ޕޫލުގެ ސަބަބުން ރާއްޖޭގައި ބައިނަލްއަގުވާމީ ފެތުމުގެ މުބާރާތްތައް ބޭއްވުމަށްވެސް ފުރުސަތު ފަހިވެގެންދާނެއެވެ.
ކޮބާ މަތި ލުއިކުރަން ފެށީ. ސާބަސް ގައުމު!
ޕާޓީގެ ކުދިންނަށް ކޯޑިނޭޓަރުކަން ދޭނޭ މުޅިން އާ ގޮތެއް!............. ތިއަށްވުރެ ރަގަޅުވާނެ ރައްރަށުގައި އުފެދިފައިވާ ޖައިމްޔާތަކުން ތިކަން ކުރާނެ ގޮތެއް ފަހިކޮާްދިނިއްޔާ!
ސާބަހޭ..އިބޫ ރަށަކަށް 10 ކައުންސިލަރުން ލިޔަސް ނުވާނެ..ހެހެ