ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން މިނިސްޓަރާއެކު ---

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޓްވިޓާ މެދުވެރިކޮށް، ގައުމީ ނެޓްބޯޅަ ޓީމުން ހުށަހެޅި މައްސަލަ، ހަ ދުވަސްތެރޭ ހައްލު ކޮށްދީފިއެވެ.

ޔޫތު މިނިސްޓަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ސީނިއާ ނެޓްބޯޅަ ޓީމުން ފަރިތަކުރަމުން އައީ އެންމެ ކޯޓެއްގައި ކަމަށާއި، އެ ކޯޓުގައި އެކަށޭނެ ލައިޓް ހަރުކުރެވިފައި ނެތް ކަމަށެވެ. އެހެން ކަމުން ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން މިނިސްޓަރަށް މައްސަލަ ހުށަހެޅީ ޓްވިޓާއިން މިދިޔަ އަންގާރު ދުވަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރަށް އެ މައްސަލަ ހުށަހެޅުމުން މިނިސްޓަރު ވަނީ ގައުމީ ނެޓްބޯޅަ ޓީމާ ބައްދަލުުކޮށް، ހަ ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކޮށް، ނެޓްބޯޅަ ކޯޓުގެ ލައިޓް ސިސްޓަމް ހައްލުކޮށްފައެވެ. އެކަން ޔަގީން ކޮށްދިނުމަށް ޔޫތު މިނިސްޓަރު މަހުލޫފްގެ ޓްވިޓާއިން ވަނީ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ބޮޑު ކުޅިވަރު ސިޔާސަތެއް އެކުލަވާފައިވާ އިރު، ޔޫތު މިނިސްޓްރީއަކީ އެކަން ހާސިލް ކުރުމަށް އެންމެ މުހިއްމު ވުޒާރާއެވެ. އަދި މިހާތަނަށް އައި އިރު، ސަރުކާރުގެ ތެރެއިން އެންމެ ހިންގުންތެރި އެއް މިނިސްޓަރެއްގެ ގޮތުގައިވެސް ފާހަގަ ކޮށްލެވުނީ ޒުވާނުންގެ މިނިސްޓަރު މަހުލޫފެވެ.

މަހުލޫފު މިނިސްޓަރު ކަމަށް ވަޑައިގެން ފުރަތަމަވެސް ވިދާޅުވީ، އަރާމުކޮށް، ގޮނޑީގައި އިނދެގެން މައްސޫލިއްޔާތަކުގެ ޒިންމާ އަދާކުރުމުގެ ބަދަލުގައި ވިސްނަވާނީ އަމަލީ މައިދާނުން މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ގައުމީ ނެޓްބޯޅަ ޓީމަށް މިދިޔަ އަހަރު ވަނީ ގިނަ ދަތިތަކެއް ދިމާވެފައެވެ، ހާއްސަކޮށް ބޮޑެތި މުބާރާތްތަކަށް ދިޔުމުގެ ތައްޔާރީތަކަށް އެންމެ ރަނގަޅަށް ފަރިތަކުރުން ނުކުރެވުން ހިމެނެއެވެ. ގައުމީ ނެޓްބޯޅަ ޓީމުން ވަނީ މިދިޔަ އަހަރު ބައިނަލްއަގުވާމީ މުބާރާތެއްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓުވިޓަރުކާރު..!!

  2. މިނިސްޓަރު ހައްލުކޮށްދެއްވާނެ ދަންވަރު ޑައިރެކްޓްކޮށް މިނސްޓަރުގެ ކޮޓަރިއަށް ހުށަހަޅާ މައްސަލަ މާ އަވަހަށްވެސް،...

  3. ކުޅިވަރުޖެހޭނީހަމައޮޅާލަން ތީގައުމުގެގައްދާރުން އަވަހައްވަސްފިލާގެންދާޝިއާމިން

  4. އާ ސަރުކާރުން އަދި ކޮށްދެނީ އެއީ ޕެޓީ ކަންކަމޭ އެއިން އާންމު ރައްޔިތު މީހާގެ ދިރިއުޅުން ތަނަވަސް ކުރަން ކުރެވުނު އެއްވެސް ކަމެއް ނެތޭ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި ކުރެވުނު އެއްވެސް ކަމެއް ނެތޭ ކަމެއް ކުރެވުނު ކަމަށް މަމެން ގަބޫލުކުރާނީ އެއީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ކޮންމެ މީހަކަށް 1 ހާސް އަކަފޫޓްގެ ގޯއްޗެއް ހުޅުމާލެ 2 އިން ދޭން ރައީސް އިއުލާން ކުރައްވާ އެގޯތި ތަކުގެ ލިޔުން އެމެންނާއި ހަވާލު ކުރަން ފެށުމުން އެނޫން ނަމަ މަމެން ތަމެންގެ ވެރިކަމުން ކަމެއް ކޮށްދޭ ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާނަމޭ އިލޫޝަން ވިލް ނެވަރ ޗޭންޖް އިންޓް ސަމްތިންގް ރިއަލް ދެޓްސް ވަޓްސް ގޮއިންގް އޮން...

  5. ޓުވިޓަރަށް އެނގޭބާ އަތޮޅުތަކުގެ ހާލަތު. މާލެއިންވިއްޔަ ވަގުތހުން ހައްލު ރާއްޖެތެރެއިންވިއްޔަ ބަޖެޓެއް ނެތް.

  6. ސާބަހޭ މަހޭ ؟ ތިހެންވާންޖެހޭނެ ؟ ތިއީ ރައްޔިތުންގެ ވަޒީރުންނަކީ

  7. މީ ޓުވީޓު ސަރުކާރޭ.... ޓުވީޓާއިން ހުރިހާ ކަމެއް