ގެއްލިފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާ ގެއްލުނު ހާދިސާ އާއި ބެހޭ ގޮތުން އެނާގެ ކުރީގެ ލޯބިވެރިޔާ ބެރެންސީ ޝްކައިރް ވާހަކަ ދައްކައިފިއެވެ. ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ބުނެފައި ވަނީ ސަލާ ގެއްލުނު ހާދިސާ އަކީ ދޮގު ވާހަކައަކަށް ވާން އޭނާ ބޭނުން ވެއެވެ.

ސަލާ ގެއްލިފައި ވަނީ ޕްރައިވެޓް ޖެޓެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. ރާޑަރުތަކުން ޖެޓް ގެއްލުމުން ޖެޓް ހޯދަން މިހާތަނަށް ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ. ޖެޓް ވާނީ ވެއްޓިފައި ކަމަށް ބެލެވުނު ނަމަވެސް ޖެޓްގެ އެއްވެސް ބައެއް އަދި ފެނިފައެއް ނުވެއެވެ.

ސަލާގެ ކުރީގެ ލޯބިވެރިޔާ ބެރެންސީ ބުނާ ގޮތުގައި ސަލާ ގެއްލުނު ހާދިސާއަކީ އެކްސިޑެންޓެއް ކަމަކަށް އޭނައަށް ގަބޫލެއް ނުކުރެވެއެވެ.

"ފުޓްބޯޅަ މާފިއާގެ ތަޙްޤީޤެއް ކުރިއަށް ގެންދާން ޖެހޭ. ސަބަބަކީ މިއީ އެކްސިޑެންޓެއް ކަމަށް ގަބޫލު ކުރެވޭތީ." ބެރެންސީ ބުންޏެވެ.

ބްރެންސީ އިތުރަށް ބުނެފައި ވަނީ އޭނާ ހުރީ ސަލާ އަދިވެސް އެނބުރި އަންނާނެ ކަމަށް އުއްމީދު ކޮށްގެންނެވެ.

"އަހަރެން ބޭނުން ވަނީ އަހަރެން ނިދާ ހޭލާއިރު މިހުރިހާ ވާހަކައަކީ ދޮގެއް ކަމަށް މީހަކު ބުނަން. އަހަރެންނަށް ގަބޫލެއް ނުކުރެވޭ މިއީ އެކްސިޑެންޓެއް ކަމަކަށް. މޫސުން ގޯސްވި ނަމަވެސް ސަލާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާތި." ބެރެންސީ ބުންޏެވެ.

ޖެޓް ގެއްލުނު ހާދިސާ އާއި ގުޅިގެން ފުލުހުން ހަތަރު ތިއަރީއެއް ވަނީ އުފައްދާފައެވެ. އެއް ތިއަރީ އަކީ އެއްގަމު ސަރަހައްދަކަށް ޖެޓް ވެއްޓިފައި ވުމެވެ. ދެވަނަ ތިއަރީ އަކީ ކަނޑަށް ޖެޓް ވެއްޓިފައި ވުމެވެ. އެހާލަތުގައި ލައިފް ރާފްޓެއްގައި ސަލާ ސަލާމަތް ވެދާނެ ކަމަށާއި ނުވަތަ ކަނޑުން ދަތުރުކުރި އުޅަނދަކަށް އޭނާ ނަގާފައި ވެދާނެ ކަމަށް ވެސް ފުލުހުން ލަފާކުރެއެވެ. ހަތަރު ވަނަ ތިއަރީ އަކީ ޖެޓް ވެއްޓުނު ހާދިސާގައި ސަލާ އާއި ޖެޓުން ދަތުރު ކުރި އެއްމެން މަރުވެފައި ވުމެވެ.

ސަލާ ގެއްލުނު ހާދިސާ އާއި ގުޅިގެން މުޅި ފުޓްބޯޅަ އާއިލާ ގެންދަނީ ހިތާމަފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު