ލޯން އެއްބަސްވުމެއްގެ ދަށުން ބެލްޖިއަމްގެ ފޯވަޑް މިޗީ ބަޓްސްޗުއާއީ ކްރިސްޓަލް ޕެލެސްއާ ގުޅިއްޖެއެވެ.

ޗެލްސީގެ ފޯވަޑް ބަޓްސްޗުއާއީ ހުރީ ވެލެންސިއާގެ ލޯނެއްގައެވެ. އޭނާ ޕެލެސްއާ ގުޅިފައި ވަނީ ސީޒަން ނިމެންދެންނެވެ.

މީގެކުރިން ޗެލްސީއާއެކު ޕްރިމިއާ ލީގުގެ 32 މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ ހަތް ގޯލް ޖަހައިފައެވެ.

ބަޓްސްޗުއާއީ ޓީމާ ގުޅުމާއެކު ޕެލެސްގެ ޗެއާމަން ސްޓީވް ޕެރިޝް ބުނެފައި ވަނީ ބަޓްސްޗުއާއީއަކީ އަބަދުވެސް އެ ކްލަބުން ފާރަލަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ސޮއި ހޯދުމުން ކްލަބަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށެވެ.

އިއްޔެއަކީ ފިނިމޫސުމުގެ ޓްރާންސްފާގެ ފަހު ދުވަސް ކަމަށްވީ އިރު، ގިނަ ލޯން ޓްރާންސްފާތަކެއް ވަނީ ހިނގާފައެވެ. އަދި ބައެއް ފުލް ޓްރާންސްފާތައްވެސް ހިނގާފައިވެއެވެ. އޭގެ ތެރޭގައި 38 އަހަރުގެ ކްރޮޗު އެނބުރި ލީގަށް އައި އިރު، ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ސިންޖީ ކަގަވާ ވަނީ ޑޯޓުމަންޓުން ބެސިކްޓަސްއަށް ބަދަލުވެފައެވެ.

އުމުރުން 29 އަހަރުގެ ޖަޕާން މިޑްފީލްޑަރު ކަގަވާ ބެސްކިޓަސްއަށް ބަދަލުވެފައި ވަނީވެސް ލޯން އެއްބަސްވުމެއްގައެވެ.