އިންޓަކޮންޓިނެންޓަލް 13 އަހަރުގެ ދަށުގެ ފުޓުބޯޅަ މުބާރާތުގައި ކުޅޭ ސްޕެނިޝް ސޮކާ ސްކޫލްގެ ޖޯޒީގައި ރާއްޖޭގެ އިޝްތިހާރު ޖަހާ، ޖާޒީ ދައްކާލައިފިއެވެ.

މިއަދު ދައްކާލި ޖާޒީގައި ޖަހާފައިވަނީ ވިސިޓް މޯލްޑިވްސްގެ ލޯގޯއެވެ.

ޖާޒީ މިއަދު ދައްކާލާފައިވާއިރު، ޖޯޒީ ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މިޝޭލް ސަލްގާޑޯ ބައިވެރިވިއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުވެސް ވަނީ ބައިވެރިވެފައެވެ.

ދުބާއީގައި ކުރިއަށް ދާ އިންޓަކޮންޓިއެންޓަލް މުބާރާތުގައި ބާސާ އާއި ޗެލްސީ އަދި ރެއާލް އާއި އެތްލެޓިކޯ މެޑްރިޑް ފަދަ މަޝްހޫރު ކްލަބްތަކުގެ ޓީމުތައް ކުޅޭނެއެވެ. ވިޒިޓް މޯލްޑިވްސްގެ ލޯގޯ ޖެހުމުގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލް މެޗު އޮންނަ އެއް ޕިޗުގައި ވިޒިޓް މޯލްޑިވްސްގެ ލޯގޯ ހުންނާނެއެވެ. އަދި ރާއްޖޭގެ އިޝްތިހާރުތައް މެޗުތައް ކުރިއަށްދާއިރު ފެންނާނެ އެވެ. ބާސާ އާއި ޗެލްސީ ފަދަ ޓީވީތަކުން ދައްކާ ޔޫތު ކްލަބް މި މެޗުތައް ހަތަރު މިލިއަން ވިއުއާސް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ތަފާތު ކަންތައްތަކެއް ފަހަކަށް އައިސް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމްދީ

    އަނެއް ގޯތި ގަނެލާ

  2. ޢިބްރާ

    ސަޅި، ވަރަށް ފުރިހަމަ.
    ނަމަވެސް އވ ތިއީ ކުއްލިޔަކަށް ފްލެޓް ލިބުނު މީހެއް.