މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް 3.8 ބިލިއަން ޕައުންޑް، ސައުދީ ވަލީ އަހަދު، މުހައްމަދު ބިން ސަލްމާން ހުށަހަޅައިފިއެވެ.

ސައުދީ ރޯޔަލް އާއިލާގެ އަގު 850 ބިލިއަން ޕައުންޑަށް އަރާ އިރު، ވަލީ އަހަދު ބޭނުން ވަނީ އެ ކްލަބުގެ މިހާރުގެ ވެރިން، ގްލޭޒާސް އަތުން ކްލަބު ގަތުމަށެވެ. ދަ ސަންއިން ބުނެފައި ވަނީ ސައުދީ ވަލީ އަހަދު ޔުނައިޓެޑް ގަތުމަށް ބިޑް ކޮށްފައި ވަނީ ޔުނައިޓެޑްގެ ޗީފް، ގިނަ ދުވަސްތަކެއް ވަންދެން ސައުދީގައި އުޅުމަށްފަހުގައި ކަމަށެވެ.

ޔުނައިޓެޑްގެ މިހާރު ވެރިން، ގްލޭޒާސް އާއިލާއާ ކައިރީގައި މަސައްކަތް ކުރާ ފަރާތަކުން ޑެއިލޭ މެއިލްއަށް ބުނެފައި ވަނީ އެ އާއިލާއިން ޔުނައިޓެޑް ވިއްކާލަން ބޭނުން ނުވާ ކަމަށެވެ. ގްލޭޒާސް އާއިލާއިން ޔުނައިޓެޑް ގަނެފައި ވަނީ 2003 ވަނަ އަހަރުއެވެ. އެ އާއިލާއިން ޔުނައިޓެޑް ގަނެފައި ވަނީ 790 މިލިއަން ޕައުންޑަށެވެ.

ވަލީ އަހުދު މިހާރު ހުށަހަޅާފައިވާ އަގުގައި އެ އާއިލާއިން ޔުނައިޓެޑް ވިއްކާލައިފި ނަމަ، ގްލޭޒާސް އާއިލާއަށް 2.2 ބިލިއަން ޕައުންޑުގެ ފައިދާއެއް ވާނެއެވެ.

ސައުދީ ވަލީއަހުދު ވަނީ މީގެ ކުރިންވެސް ޔުނައިޓެޑް ގަންނަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުވެފައިވާ އިރު، މިއަހަރު ޖާނަލިސްޓް ހާޝޮގްޖީ މަރާލި މައްސަލައިގައި އޭނާ ވަނީ ވާހަކަތައް މަޑު ޖައްސާލާފައެވެ. ސައުދީ ވަލީއަހުދު މިވަގުތު ޕާކިސްތާނުގައި ހުރި އިރު، އޭނާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ނުފޫޒުގަދަ އެކަކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޝަމީން

    ސައުދީ ދައުލަތުގެ ފައިސާއިން ގަތީމަ މުަހަންމަދު ބިން ސަލްމާނުގެ އެއްޗަކައް ނުވޭ..މިހާރުވެސް ކިންގުޑަމް ވެއްޓޭއިރައް ތިޔަ ލާރިއަކީ ރައްޔިތުންގެ ލާރިއައްވާނީ..

    1
    1
  2. ޙަސަން

    ކުދިންނޭވެ. ތިޔަ ފައިސާތައް ނިކަމެތި މުސްލިމުންނަށް ހޭދަކުރާނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ޙާލުގައި ބަނޑަށް މަރުވަމުންދާ މުސްލިމުންނާއި ޤައުމުތަކުގައި ޒަރޫރީ ކަންކަން ނުފުދިފައިތިބި އެތައްއެތައް މުސްލިމުންނެއް ތިއްބައިވެސް ކުޅިވަރަށް ތިފަދަ ބޮޑެތި ހޭދަތައް ކުރާކަމީ އެކަމާއި ސުވާލު ވެވޭނޭ ކަމެކެވެ.

    9
    1
  3. ތޯހިރު

    މުސިމުއުއްމަތު ކަރާމަތާ އިއްޒަތް ވިއްކާ، މުސްލިމުންގެ ހަރުމުދާ ވިއްކާގެން ހޯދި މުސްލިމުންގެ ބޭތިއުމާލު ދިރުވާލައިގެން ތިބި ހަގީގީ ލާދިނީންނަކީ މީ.....

  4. ނުރަބޯ

    ކޮރަޕްޝަންގެ ތުހުމަތުގައި އެގައުމުގެ ހުރިހާ މަހުޖަނުން ޖަލައްލައިގެން އެމީހުން ފެލައިގެން ހޯދި ފައިސާ ގަނޑަށް މޯޑު މިއުޅެނީ ކުލަބު ގަންނަން....؟ ގައުމުގެ ހުރިހާ ބާރެއް އޮތީ މޯޑު އަތުގައި. ސަލްމާނު ރަސްގެފާނު ހުރީ ޙިޞޯރު ކޮށް ބާރުކަނޑުވާލާފަ....؟ ސަޢޫދީގެ މުޅި ތާރީޚް ގައިވެސް އެގައުމަށް ކުރިމަތިވި އެންމެ ކަޅު ދުވަސްވަރު މިއީ.

  5. ޒަމާން

    މި އެއުޅޭ އެސް. އެސް ކުދިންކޮޅުގެ އަމީރުލްމުއުމިނީން ކުރާކަންތައްތައް.. ލާރިގިނަވެގެން ދީލަތިކަން ދައްކަން ޔޫރަޕް ރުއްސަން ބަހަނީ އެކަމު ދުނިޔޭގެ އެތަންމިތާ މުސްލިމުންތައް ބަނޑަށްމަރުވަނީ... އަނެއްކޮޅުން ޔަމަނަށް އެހީނުވާތާނގައި ޔަމަނު ތަޅާސުންނާފަތިކުރަނީ

  6. ވިގަނި

    މަރުވާނެއެވެ. ސުވާލުވެސް ކުރެވޭނެއެވެ. އަދި ޖަވާބު ދާރީވާންވެސް ޖެހޭނެއެވެ. ވައްސަލާމް.