ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާގައި 50 މުސްލިމުން ޝަހީދު ކޮށްލި ނަމަވެސް، މި ހަފްތާގައި އިނގިރޭސި ލީގުތަކުގައި ކުޅުނު މެޗުތަކުގައި އެކަމުގެ ހިތާމަ ފާޅުކޮށްފައި ނުވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާންމުކޮށް، ޕްރިމިއާ ލީގު އަދި އިނގިރޭސި އެފްއޭގެ އެހެން ލީގުތަކަކީވެސް ބޮޑެތި ހާދިސާތަކަކާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވާ ލީގުތަކެވެ. އެގޮތުން ކަޅު ބޭންޑް އެޅުމުގެ އިތުރުން މެޗުގެ ކުރިން ހަމަހިމޭން ކަމުގެ ސްކޫތު ގެނައުންވެސް ލީގުގައި ފާހަގަކޮށްލެވެއެވެ.

ޕްރިމިއާ ލީގުގައި ތަފާތުކުރުން ނައްތާލުމަށް ކަނޑައަޅާފައިވާ ރަސްމީ ކޮމިޓީގެ ކުރީގެ ރައީސް ޔޫނުސް ލުނަޓް ބުނެފައި ވަނީ ޕްރިމިއާ ލީގުން ގެންގުޅުނީ ތަފާތު ކުރުމެއް ކަމަށާއި، އެއީ "ހިޕަކްރެސީ" ކަމަށެވެ. އެގޮތުން މީގެ ކުރިން 2015 ވަނަ އަހަރު ފްރާންސްގައި ހިނގި ނިރުބަވެރި ހާދިސާއެއްގައި 150 މީހުން މަރުވުމުންވެސް އެކަމުގެ ހިތާމަ ފާޅުކުރި ކަމަށާއި، ހުކުރު ދުވަހު ނިއުޒިލޭންޑްގެ ހާދިސާއަކީވެސް އެފަދަ ހިތާމައެއް ކަމަށެވެ.

ނިއުޒިލޭންޑްގެ ހަމަލާއާ ގުޅިގެން ގައުމީ ރަގްބީ ލީގުގައި ހަމަ ހިމޭން ކަމުގެ ސްކޫތެއް، ކޮންމެ މެޗެއްގެ ކުރިން ގެނެސްފައިވާ އިރު، ލުނަޓް ބުނެފައި ވަނީ ޕްރިމިއާ ލީގުގައިވެސް އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮޮސް

    ހިތާމަ ނުވިޔަސް ހިތާމަ ފާޅުކުރަން ޖެހޭތަ؟ އެއީ ކިހިނެއް ވާނެ ކަމެއް؟ ދެފުއްކެހެރި ނުވެ؟

    5
    17