ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އޭނާ ބުނެފިއެވެ.

އޭޕްރިލް 3 ގައި ޕެލޭ ވަނީ ޔޫރިން އިންފެކްޝަން ހެދިގެން ޕެރިސްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮއްފައެވެ. ޕެލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބައްޕޭގެ ޕްރޮމޯޝަނަލް އިވެންޓް އަކަށް ގޮސް ހުއްޓައެވެ.

"އެންޓިބަޔޯޓިކްސްގެ އަސަރު ދަަނީ ރަނގަޅަށް ކުރަމުން، ކުޅެންދާން ތައްޔާރު" ޓުވިޓާގައި ޕެލޭ ބުންޏެވެ.

މީގެ ދުވަސް ކޮޅެއް ކުރިންވެސް ޕެލޭ ވަނީ މާ ގަދައަށް ހުން އައުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭގެ ހާއްސަ އިވެންޓަކަށް ފްރާންސްގައި ހުރި ޕެލޭ، ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔުމުން އޭނާ އެޑްމިޓް ކުރީ ބަނޑަށް ތަދުވެގެންނެވެ. ހޮސްޕިޓަލްގެ ރިޕޯޓްތައް ބުނާގޮތުގައި ޕެލޭވަނީ ޔޫރިން އިންފެކްޝަން ޖެހިފައެވެ. އެހެން ނަމަވެސް މިހާރު އޭނާ ދަނީ ރަނގަޅު ވަމުން ކަމަށް ވެސް ރިޕޯޓް ގައި ވެއެވެ.

މީގެ ކުރިންވެސް ސިއްހީ މައްސަލަތައް ދިމާވަމުން އަންނަ ޕެލޭ ވަނީ މިދިޔަ އަހަރުވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

އުމުރުން 78 އަހަރުގެ ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އުމުރުން 17 އަހަރު ތެރޭގައި ފުރަތަމަ ވޯލްޑް ކަޕް ބްރެޒިލާއެކު ހޯދާފައެވެ. އޭގެ ފަހުން އިތުރު ދެ ވޯލްޑް ކަޕް ހޯދި ޕެލޭއަކީ ތިން ވޯލްޑް ކަޕް ހޯދި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.