ފްލައިޓެއްގައި ސްޕެއިންއަށް ދަތުރުކޮށްފައި ދިޔަ އިނގިރޭސި ފުޓުބޯޅަ ޓީމެއްގެ ހުރިހާ މެމްބަރުން ހައްޔަރުކޮށްފިއެވެ.

ނޫސްތައް ބުނާގޮތުގައި އެ ޓީމުގެ އެންމެ ހައްޔަރުކޮށްފައި ވަނީ ފްލައިޓެއްގައި ޓީމުގެ 25 މެމްބަރަކު ސްޕްއިން އަށް ދަތުރުކޮށް އެޤައުމުގެ އެލިކޭންޓް އެއާޕޯޓަށް ޖެއްސި ވަގުތު އެއާޕޯޓުންނެވެ. އޮފިޝަލުންގެ ބެލުމުގެ ދަށުން އެމީހުން އެއާޕޯޓުން ނެރެގެން ގޮސްގޮސްފައި ވަނީ ފްލައިޓުގައި ތިއްބާ ކަމަށް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ސްޕެއިންގެ ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން ބުނެފައިވަނީ، އެ ޓީމުގެ އެންމެން ހައްޔަރުކުރަން ޖެހުނީ މަސްތުގެ ހާލުގައި ތިބެ ހަމަނުޖެހުން ހިންގާން އުޅުމުގެ ތުހުމަތުގައެވެ. އެގޮތުން ހައްޔަރު ކޮށްގެން ގެންދިޔަ 25 މީހުންގެ ތެރެއިން ގިނަ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ހައްޔަރުކުރީ ކޮން ޓީމެއް ކަމެއް ނުވަތަ އެ ޓީމުގެ މެމްބަރުންނާއި ބެހޭ މަޢުލޫމާތެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ. އޮފިޝަލުން ބުނެފައި ވަނީ، ހައްޔަރުކޮށްގެން ގެންދިޔައީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފުޓުބޯޅަ ޓީމެއް ކަމަށެވެ. އަދި އެމީހުން ދަތުރުކޮށްފައި އެލިކޭންޑަށް ދިޔައީ އިންގްލޭންޑުގެ ސިޓީއެއްކަމަށްވާ ބްރިސްޓޯލް އިން ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، އެ ޓީމުގެ މެމްބަރުން ހައްޔަރުކުރީ ފްލައިޓު މަތީގައި މަސްތުވެގެން ތިބެ އެހެން ފަސެންޖަރުންނާއި ޒުވާބުކޮށް ހަމަނުޖެހުން ހިންގާން މަސައްކަތް ކުރުމުން ކަމަށެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި ފްލައިޓުގެ ކުރޫންނަށްވެސް އެމީހުން ނުކިޔަމަންތެރިކަން ދެއްކި ކަމަށާއި، ފްލައިޓު ޖެއްސުމަށްފަހު ފްލައިޓު ތެރެއިން ޓީމުގެ އެންމެން ހައްޔަރުކުރީ އެ ސަބަބާއި ގުޅިގެން ކަމަށް އެ ނޫސްތަކުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކުރި 25 މީހުން އޮފިޝަލުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެމީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    މީ ދޯ އަންނި އެބުނާ ކުރިއެރުމަކީ ދޮން މީހުން އުޅޭ ގޮތަށް އުޅުނީމާ އެލިބޭ ކުރިއެރުމަކީ ދެން ……….. ގިނަވޭ

    15
    6