މިނިވަން ޗެމްޕިއަންޝިޕްގެ ޒޯންގެ 3 ގެ ޗެމްޕިއަން ނައިފަރު ޖުވެނައިލް އިން ޒޯން އަށް ކޮލިފައިވުމާއި އެކު އެޓީމް ވަރުގަދަ ކުރުމުގެ ގޮތުން ގާނާގެ ފުރަތަމަ ޑިވިޝަންއަށް ކުޅޭ ދެކުޅުންތެރިން އެޓީމަށް ގެނެސްފިއެވެ.

ނައިފަރު ޖުވެނައިލްގެ މެނޭޖަރ އަހުމަދު އަޝްފަރު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މި ދެކުޅުންތެރިންނަކީ ވެސް ގާނާގެ ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް ކުޅެ ދެކުޅުންތެރިން ކަމަށެވެ. އެގޮތުން ފުރެޑައު ކިޔާ ކުޅުންތެރިޔާ ގާނޭ ގޯލްޑަން ބޯއީސް އެފްސީ ކިޔާ ޓީމަކަށް ކުޅެމުންދާއިރު އަނެއް ކުޅުން ތެރިޔާ ހަބީލާ މިހާރު ކުޅެނީ ގާނާގެ ސްޓިލް ބްލީވް އެފްސީ ކިޔާ ޓީމަކަށެވެ.

"އެއީ ގާނާގެ ފަސްޓް ޑިވިޝަންގެ ދެ ކުލަބަކަށް ކުލޭ ދެކުޅުންތެރިން. އެއްކުޅުންތެރިއަކު ކުޅެނީ ގޯންޑަން ބޯއީސް އަށް. އަނެއް ކުޅުންތެރިޔާ ކުޅެނީ ސްޓިލް ބްލީވް އެފްސީއަށް." ވަގުތާއި މިއަދު ފޯނުން ވާހަކަ ދައްކަމުން އޭނާ ބުންޔެވެ.

އަޝްރަފް އިތުރަށް ބުނީ އެޓީމަށް ގެނައި ސްޓިލް ބްލީވް އަށް ކުޅެމުންދާ ހަބީލާ އަކީ އިޓާލީގެ އޭއެސް ރޯމާގެ 17 އަހަރުންދަށުގެ ޓީމަށް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގައި ކުޅެފައިވާ ކުޅުންތެރިއެއް ކަމަށެވެ.

ނައިފަރު ޖުވެނައިލް ޒޯންއަށް ކޮލިފައިވެފައިވަނީ ހިންނަވަރާ ކުޅެގެން 3-1 ގެ އެގްރިގޭޓަކުން މޮޅުވެގެންނެވެ. ޒޯންގައި ނައިފަރު ޖުވެނައިލް ފުރަތަމަ ބައްދަލު ކުރަންޖެހޭނީ ރ. މީދޫގެ ޓީމާ ދެކޮޅަށެވެ.

އަޝްރަފު ބުނީ ނައިފަރު ޖުވެނައިލް އިން ޓީމް ހިންގަނީ އެރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނުލިބި ކަމަށާއި މުބާރާތް ހޯސްޓްކުރުމަށާއި ޓީމަށްވެސް އެހީތެރިކަމަށް އެދުމުންވެސް ކައުންސިލްއިން އެއްވެސް އެއްބާރުލުމެއް ދީފައިނުވާ ކަމަށެވެ.

މި ދެ ކުޅުންތެރިންވެސް މާދަމާ ޓީމާއި ގުޅޭނެކަމަށް ނައިފަރު ޖުވެނައިލް ޓީމްގެ މެނޭޖަރ އަހުމަދު އަޝްރަފް ވަނީ މައުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނައިފަރޭ

  ސާބަހޭ ޖުވެނައިލް ސާބަހޭ ކުޑަ ކުޑަ ޑަފޯ ޒުވާނުން ގޮވާގެން ބާރައް ކުރިޔަށްދޭ

 2. ރަމްޒީ

  ކާރިމް އިސްތިއުފާ އަށް ގޮވާލަން، ކައުންސިލް އިން ޖުވެނެއިލްއާ ޖައްސާލިޔަސް ޖުވެނައިލް ވަރެއްނެތް.

 3. ނިމް

  ޖުވެނައިލްއަށް ވާނެ. ކާޅު ގެޔަށްދޭ

 4. ޙަރާމް ޖުވެނަައިލް

  ދެއްކުމުގެ ގޮތުން ކުރާ ކޮންމެ ކަމެއް ވާނީ ހަލާކް ޑަފޯ ވިޔަސް ފަޅޯ ވިޔަސް ނައިފަރު ރައްޔިތުން ބިންތަށް ޙަރާމް ގޮތުގައި ބޭނުންކޮށް ހޯދި ފއިސާ ކޮބާ މުޅިން އެހެން އުޅޭ ބައެއްތީ ޖުވެނައިލް މީހުން

 5. ޒަކިއްޓޭ

  ބަލަ މިނިވަން ޗެމްޕިއަން ޝިޕްގައި ބައިވެރި ވެވެނީ ކޮންމެ ރަށަކުންވެސް އެރަށެއްގެ ނަމުގައި ކަމަށް މީގެ ކުރިން ހީވެފައި އޮތީ، ޖުވައިނައިލް އަކީ ނައިފަރުގައި އުފައްދާފައި އޮންނަ ޖަމިއްޔާ އެއް ނޫންތަ.؟