ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭޝިޔާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމް ކުޅުނު ދެ މެޗުންވެސް ދެ ޓީމް ބަލިވެ ރާއްޖެއަށް މުބާރާތާއި އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

މިއަދު 19 އަހަރުންދަށުގެ ޓީމްގައި ހިމެނޭ ޝާމިލް ހުސެއިންނާއި އާދަމް ޝަނީފް ބައްދަލުކުރީ ޖަޕާން އާއި ދެކޮޅަށެވެ. މި މެޗް ސީދާ 2 ސެޓުން ގެންދިޔައީ ޖަޕާން ޓީމެއެވެ. އެއީ 21-13 އަދި 21-7 އިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމްގައި ހިމެނޭ އައިމިނަތު ރުފެއިދާ އާއި ޝާނިޔާ އަހުމަދު ކަޒަކިސްތާން އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވީ ސީދާ ދެސެޓުންނެވެ. އެއީ 21-5 އަދި 21-6 އިންނެވެ.

މި މުބާރާތުގައި ވާދަކުރި އަންހެން ޓީމުން ކުޅުނު މެޗުތަކުން އެއް މެޗުން ވަނީ މޮޅުވެފައެވެ. އެއީ މިޔަންމާއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އެމެޗް އަންހެން ޓީމް ކާމިޔާބުކޮއްފައިވަނީ ސީދާ ދެސެޓުންނެވެ. ނަމަވެސް ފިރިހެން ޓީމުން އެންމެ މެޗަކުންވެސް މޮޅުވެފައި އެއް ނުވެއެވެ. އެހެންކަމުން މިހާ ހިސާބުން ރާއްޖެއަށް މިމުބާރާތް މިވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ވަރަށް ބޮޑް ކާމިޔާބެއް ވާނެ މުޅިދުނިޔެއަށް ދަޢުވަތު ދީގެން ޕާޓީ ބާވަަން