މެންޗެސްޓާ ޔުނައިޓެޑުން 1998-99 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި މިރޭ ކުޅުނު އެކިވެރިކަމުގެ މެޗުގައި ފެނުނީ ސަޕޯޓަރުންނަށް ހަނދާންތަކެއް ގެނުވި މަންޒަރުތަކެކެވެ. ޔުނައިޓެޑްގެ ތާރީހު، އަލުން ފެނުނު ކަހަލައެވެ. ކްލަބުގެ ލެޖެންޑުން ދައްކައިދިނީ ޔުނައިޓެޑްގެ ބެޖުގައިވާ ޝަރަފެވެ.

މިއަހަރުގެ ސީޒަން ހަވަނައިގައި ނިންމާލި އިރު، ޔުނައިޓެޑްގެ ސަޕޯޓަރުންނަށް މިރޭ ބަޔާންއާ ދެކޮޅަށް އެ ކްލަބުގެ ލެޖެންޑުން ކުޅުނު މެޗުވެސް މާ ހިތްގައިމެވެ. ޑޭވިޑް ބެކަމްގެ ހުރަސްތަކާއި، ޔޯކް އަދި ސޮލްސްޖާ ފަދަ ކުޅުންތެރިންގެ ގޯލްތަކުން، އަސްލު ޔުނައިޓެޑް ފެނިގެންދިޔައެވެ. އެލެކްސް ފާގަސަން އަނެއްކާވެސް ކޯޗުގެ ގޮނޑީގައި އިނުމަކީ ފެނުނި ހުވަފެނެކެވެ.

މީގެ 20 އަހަރު ކުރީގެ ސީޒަނުގެ ހަނދާނުގައި ޔުނައިޓެޑުގެ ލެޖެންޑުންނާއި ބަޔާން މިއުނިކްގެ ލެޖެންޑުން ވާދަކުރި އިރު، 1999 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުނައިޓެޑުން ނުކުތީވެސް ބަޔާންއާ ދެކޮޅަށެވެ. މިރޭގެ މެޗު ޔުނައިޓެޑުން 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، ގޯލްތައް ޖަހައިދިނީ ބެކަމްގެ އިތުރުން ޔޯކް، ސާހާ އަދި ސޮލްސްޖާއެވެ.

ޔުނައިޓެޑާއި ބަޔާން ވާދަކުރި މެޗުން ލިބުނު ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑްގެ ޗެރިޓީ ފައުންޑޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު