އޭއެފްސީ ކަޕް ކޮލިފައިންގައި މިރޭ ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗު 0-7 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކާމިޔާބުކޮށްދީފައެވެ.

އަކްރަމް އަބްދުލް ޣަނީ (އަކޫ) ގެ ކެޕްޓަން ކަމުގެ ދަށުން މިރޭ ކުޅުނު މި މެޗުގައި ރާއްޖެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 35 ވަނަ މިނެޓްގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ރާއްޖެ އަށް މެޗުގެ ލީޑު ނަގާދީފައެވެ.

މި ގޯލަށްފަހު ފުރަތަމަ ހާފް ނިމުމުގެ ލީޑު ފުޅާކޮށްލަން އިބްރާހިމް ވަހީދު (އިއްބެ) އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް އެ ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.

އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ރާއްޖެ އިން ނިންމާލިއިރު މެޗުގެ 65 ވަނަ މިނެޓްގައި ހަސަން ނާއިޒް (ދާދު) ވަނީ ރާއްޖޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރާއްޖެ ޓީމުގެ ތިންވަނަ ގޯލު އިއްބެ ކާމިޔާބުކޮށްދިން އިރު މެޗުގެ 77 ވަނަ މިނެޓްގައި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ދާދުއެވެ.

އަދި އޭގެ ދެ މިނެޓްފަހުން ރާއްޖެ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ ދާދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ރާއްޖެ ޓީމުގެ ހަވަނަ ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ދާދު ކާމިޔާބުކޮށްދިންއިރު ފަހު ގޯލު މެޗުގެ ފަހުވަގުތުކޮޅު ތެރޭ ކާމިޔާބުކޮށްދިނީ ޝިފާއުއެވެ.

ބޫޓާންގެ މައްޗަށް ހޯދި މޮޅާ އެކު ކޮލިފިކޭޝަން ބުރު ރާއްޖެ އަށް މިހާރު ވަނީ ނިމިފައެވެ. ކޮލިފިކޭޝަން ބުރު ރާއްޖެ އިން ނިންމާލީ ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ޑީގެ ތިންވަނައިގައި އޮވެއެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ބޫޓާން އަށް ޕޮއިންޓެއް ލިބިފައެވެ. މި ގްރޫޕުން އޭއެފްސީ ކަޕަށް ކޮލިފައިވީ ފަލަސްތީނާއި އޮމާންއެވެ. އެ ދެ ޓީމަށް ވެސް ކޮލިފިކޭޝަން ބުރު ނިމުނުއިރު 15 ޕޮއިންޓް ލިބުނުއިރު ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ހޯދީ އޮމާންއެވެ.

މިރޭގެ މެޗަކީ ރާއްޖޭގެ ގައުމީ ކޯޗު ޕީޓަ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ އިން ކުޅުނު ވާދަވެރި ފުރަތަމަ މެޗުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޮޅުވިންޖުރެސް

    ކޮބާ އަޑުބަރޭ ރާކަނި މަސްކެވުނު ތޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނިމަސްކެވިފައި ދޯ. ގައުމީ ވަންތަ ކަމަކީ އެއީ ޑިސިޕްލިން އާއި ވެސް ގުޅިފައިވާ ކަމެކޭ ޔޫނޯ ބޭބީ އިޓްސް މޮޅުވިންޖުރެސް މޮޅުވިންޖުރެސް މޮޅުވިންޖުރެސް ޔޫނޯ ޔޫނޯ މޮޅުވިންޖުރެސް މޮޅުވިންޖުރެސް ހޯއް ހޯއް ހޯއް ގެޓް ދަ ޕޮއިންޓް. ލެޓްސް ޑާންސް ޑާްންސް ޑާންސް މޮޅުވިންޖުރެސް މޮޅުވިންޖުރެސް މޮޅުވިންޖުރެސް....

  2. Anonymous
  3. ގައުމީލޯބި

    ގައުމީޓީމަށް ނުކުޅެވޭނެ ގައުމީލޯބި ހިތުގަނެތްމީހަކަށް... އަޑުބަރޭއަށް ކުރެވޭނީ މުޒާހަރާ... އަޙުލާގުދައްވީމަ ކޯޗަކަށް އެދުރަކަށް ވެރިޔަކަށް މަޔަކަށް ބަފަޔަކަށް އިޙްތިރާމު ނުކުރެވޭނެ... އަމުރަށް ކިޔަމަންނުވާމީހަކަށް ކިޔަމަންތެރިކަންއަދާނުކުރެވޭނެ... މިއަދުގެ ގައުމީޓީމަށް ކުޅުނު ކުޅުންތެރިންނަ މަރުހަބާ....

  4. ސްމައިލް?

    އަޑުބަރޭއަށް ވަރަށް ސަލާމް

  5. ސީލާސީލާ

    ރަންރީނދުލޭ މެން އަޑީގައި އޮވެގެން ގޭސް ގަނޑު އަނބުރައިގެން އަޑުބަރޭ މެން ގައުމީ ޓީމް އިން ވަކި ކުރުމުން ހުންނާނެ ރާކަނި މަސްކެވިފައި މިހާރު ދޯ. އަޑުބަރޭ މެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. ދެން ރަންރީނދޫ ޓްވިޓަރޭ ގަޔަށް ސީލަ ބަލަ. ސީލާ ސީލާ ސީލާ.

  6. ަައަބްޅޯ

    އަޑުބަރޭއަށް ދުވަހަކުވެސް ޤައުމީޓީމުން ފުރުސަތުދީގެން ނުވާނެ!އަދުބަރޭގެ ޢަމަލަކީ ޤައުމަށް ޙަރާމްކޯރުވުމުގެ އަމަލެއް އެކަމުގެ ޙައްޤުއަދަބު އޭނަޔަށް ލިބެންޖެހޭނެ!

  7. ސެގަރޓް

    މިހާރު އަޑުބަރޭ އަށް ހުންނާނެ ވިސްނިފައި (.) ދެން މަގޭ ޓީމަކަށް އޭނާ ނުގެންނާނަން (.) އެފް. އޭ. އެމް އަށްވެސް އަހަރެން މި އަންގަނީ ފުޓުބޯޅައިގެ އެއްވެސްކަމެއްގަ ދެން އަޑުބަރޭ ބައިވެރި ނުކުރުމަށް (.)