މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ކުލަގަދަކޮށް، މޮރިޝަސްގެ ސަގާފަތް ދައްކުވައިދިން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ކޮންޓިޖެންޓްގެ 226 އެތުލީޓުން ބައިވެރިވެފައިވާ އިރު، ދިވެހި ދިދަ ވިހުރުވާލާފައި ވަނީ ބާސްކެޓް ތަރި އަހުމަދު ޒަބީރެވެ. ދިވެހި ކޮންޓިޖެންޓާއެކު ޗެފް ޑި މިޝަން މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދާއި ހެޑް އޮފް ޑެލިގޭޝަން މައިޒާން އަލިމަނިކުވެސް ވަނީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ފެށުމެުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޮލިމްޕިކް ކޮމިޓީ

މޮރިޝަސްގެ ޕޯޓް ލުއީގައި ފެށިގެން ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވީ މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ 14 ކުޅިވަރެއްގައި ރާއްޖެއިން މިފަހަރު ބައިވެރިވެއެވެ.

ފެށުމެުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޮލިމްޕިކް ކޮމިޓީ

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ. ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމެއްވެސް މެއެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑިލެއްމާ

    އައްޑޫ ގެ މަގުތައް ހެދުން ކުރިއަށް ވުރެން ރަނގަޅު ނުވާނެއޭ ސަބަބަކީ އެއީ މަގުގެ ސްޓްރަކްޗަރ ވަނީ ފެއިލް ވެފައޭ ސަބަބަކީ އެއީ އައްޑޫގައި ދަރުބާރުގެ އެޅިއިރު އެއިރު ލަބިއްޓެ ގްރޫޕް އިން ކަޓް ޖައްސައިގެން އެމެންނަށް މަގު ހެދުމާއި ބެހޭ އަލިފުބާ ވެސް ނޭގި ތިބެ ކުރި ކަމަކޭ އައްޑޫގެ ހުރިހާ މަގުތަކުގައި އެޅި ތާރުތައް އެއޮތީ އައްޑޫގެ މަގުތަކުގައި ތާރު އެޅިމީހުންގެ އަތަށް ގޮވާފައޭ އެއީ މިހާރު ޕޮލިޓިކަލް ޑިލެއްމާ އެކޭ ޑިލެއްމާ ޑިލެއްމާ ޑިލެއްމާ އެކޭ ޑާންސް ޑާންސް ޑާންސް ޑާންސް...

  2. Anonymous

    މިފަސް އަހަރު ނިމޭއިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ޒިޔާރަތްކުރެވޭތޯބަލާތި، ރަނުގެ ފުރުސަތެއް ލިބިފަ މިއޮތީ.

  3. ރަތުނާ

    މިކަލޭގެ ވަރަށްގިނަ މިވައްތަރުގެ ބައްދަލުވުންތަކުގައި ބައިވެއްޖެ ޚަބަރު ކާލިގަނޑުން ކިޔައެވެ. އެކަމަކު އެއިން ތަނެއްގައި މިކަލޭގެ ބަހެއް ބުނާއަޑެއް ނީވެއެވެ. ލިޔެގެން ދިވެހި ބަހުންނަމަވެސް ކޮންމެސް އެއްޗެކޭ ކިޔާފަ އަންނަނަނަމަ އޯކޭ އެވެ.

    7
    1
  4. އަފީފާ

    ދިވެހިރައްޔެތުންނައްވިއްސާރާގަބޮނޑެތި
    ގެއްލުންވަމުންދާއިރުވެސްމިރޯގާމިއުޅެނީ
    ރާއްޖޭންބޭރުގަޕާޓީކުރަންވެގެން ދިވެހި
    ރައްޔެތުންގެލާރިކައިގެންމުޅިދުނިޔޭގަމި
    ހޫރެނީ މާތްﷲއިރާދަކުރެއްވިއްޔާވަރައްއަ
    ވަހައްދައްކަވާށި އަމީން މިރުޑިބާލަންއެކަކު
    ނިކުތަސްއަހަރެންވެސްނިކުންނާނަންތިބޭފުޅުން
    ތައްޔާރުތޯ މިހާރުވެސް މާލަސްވެއްޖެ
    މިގައުމު މުޅިދުނިޔެއައް ދިވެހިބިންތައް
    ވިއްކާހުސްކޮއްފި އެއްއަހަރުވާއިރުވެސް
    އަދިހަމައެއްމެއިސްތައްޓެއްވެސްނުބޭލޭ
    ކިބުލަކައް ގޮތްކުޑަވެރިންތަކެއްމިހާރު
    ގެސަރުކާރުގަމިތިބެނީ ހުރިހާމުއައްސި
    ސާތަކެއްވެސްފޭލިވެފާ އަސްތިއުފާ
    ދީފަގެއައްވަދޭ؟

    5
    1
    • ޕިސްޕިސް

      ތިޔޮއް ލިޔުމެއްދޯ ދެން. މީހުން ކޮމެންޓް ކުރާތީ ކޮމެންޓް ކުރަން އުޅޭތި ބުނަން އުޅޭއެތި ރަންގަޅަށް ނުބުނެވުނަސް. ބަސްތައް ވަކި ކޮށްލަންވެސް ނޭގުނު ބުރާންޗެއްދޯ! ވާނުވާ ބައެއް ދިވެހިން ތެޅޭނީ ހަމަ ތިޔަހެން. މަދެން ހީހީ

      2
      2
      • މަހަށްދޭބަލަ

        ޕިސް ޕިސް ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  5. ބަލާތި

    ރާއްޖޭގައި ޒުވާނުންނަށް ވަޒީފާ ނުދެނީ އެއީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެންގެ ތަޖްރިބާ މަދުވެފައި އަދި އެމެން ގަމާރުވީމައޭ ސަަބަބަކީ އެއީ މިރާއްޖޭގެ ރިސޯރޓްސް ތަކުގައި ދިވެހިންނަށް ވަޒީފާ ދޭން ޖެހޭނީ %45 ކަމުގައިވާ އިރު އެ %45 އެލޮކޭޓް ކުރަން ޖެހޭނީ ރިސޯރޓްގެ މެދު ފަންތި އާއި އަދި މަތީ ފަންތި އަށް ކަމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ނިންމޭނެއޭ މަޓީގެ ބޮޑުން މިކަމެއް ނުކުރާނެއޭ ސަބަބަކީ ދިވެހިން ޓޫރިޒަމް އަށް އަހުލުވެރި ވެއްޖެނަމަ މިހާރު މަޓީގެ ބޮޑުން ފަހަނައަޅާ އަލަށް ނިކުންނަ ކުދިން ހިނގައިދާނެތީއޭ ކަން މިހެން ހުރުމުން ސީދާ ރައީސް އިބޫ އެބަޖެހޭ ކަންނެތް ގޮތްގަނޑު ރަައީސް އޮފީހުން ފިލުވާލާ ރައީސް އޮފީހުގައި ގެންގުޅޭ ދަ ރާއްޖެތެރޭ އެއް ހިއްސު މަދު އުސޫލު ދޫކޮށްލަން ދޫކޮށްލާ ސީދާ ސަބްޖެކްޓަށް އަމާޒު ކޮށް ކަންކަން ކުރަންވީ ރިސޯރޓްސް ތަކުގެ މެދު ފަންތި އަދި މަތީ ފަންތި އަށް މިއަހަރުގެ ޖުލައި މަހުގެ 26 ގެ ފަހުން ދާއިމީ ވާރކް ވިސާ ނުލިބޭނެ ލިބޭނީ ބިޒްނެސް ވިސާއޭ..

  6. ދޭބަލަ

    ރައީސް އިބޫގެ ސަރުކާރަކީ ދެން ވަރަށް ގަމާރު އަދި ބީތާ ސަރުކާރެކޭ މިސަރުކާރުގެ މިނިސްޓަރުން ނަކީ ދެން ވަރަށް ކަންނެތް ފަރުވާވެސް ކުޑަ އާލާތް ގަނޑެކޭ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދޭން ވެގެން މަޓީގެ ބޮޑުންނަށް ތިބި ބޮޑެތި ވަގުން ބުނަނީ އެއީ ތަމްރީން ލިބިފައިވާ މީހުން ނުލިބެނީއޭ އެގޮތަށް އެމެން ބުނާއިރު ރާއްޖޭގެ ރިސޯރޓް ތަޖްރިބާ ނުވެސް ނެތް މީހުންނޭ އެމެންގެ ރިސޯރޓްސް ތަކަށް ގެނެސްގެން ބޮޑެތި މަގާމް ތައް ދެނީ އެއްވެސް އެއްޗެއް ދަންނަ އާލާތް ގަނޑެއް ނޫން ދެން ހުރިހާ ކަމެއް އައުޓްސޯސް ކޮށްގެން އެއާލާތުން ކަމަކީ ކަޓް ކެއުން މިޒާތުގެ ކޮރަޕްޓް ކަންކަން ކުރާ މަޓީގެ ބަސް ސަރުކާރުން ގަބޫލުކުރުމުން މިއިން އެގިގެން ދަނީ މިސަރުކާރަކީ ދެން އެއްވެސް ތަޖްރިބާ އެއް ނެތް ގަބުޅި ކަތީބު ހެދިގެން އަތް ދިގު ހުދު ގަމީސް ލައިގެން ފޮޓޯ ނަގަން އުޅޭ އާލާތް ގަނޑެއް ކަން ނައިބް ރައީސްމެން ގުޅިފަޅު ބަލާލަން ދިޔާ ގަބުޅި ކަތީބު ހެދިފައި މީ ގަމާރު ހޮލިކްވީމައޭ މިވަރު ވެގެން މިދަނީ އެގޮތަށް ދާ އާލާތް ގަނޑަށް ބެލޭނެ ސައިޓެއް ވެސް ނުހުންނާނެއޭ ތަމެން ފުވައްމުލަކު ފައިސަލް މެން އަފުން ތަފުން ކިޔަން ރަށަށް ދޭބަލަ ދެން ރަށަށް ރަށަށް ރަށަށް ދޭބަލަ...

  7. ދޭބަލަ

    މާލެ އާއި އަދި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމަށްވާ އައްޑޫގެ ތަރައްގީ އަށް ޓަކައި މިސަރުކާރުން ގަލެއްވެސް ބޭއްވި ނުވަތަ ބެހެއްޓި ކަމެއް މަމެން ނުދަންނަމޭ ދެން އުސް ދަގަނޑު ހޮޅިއެއް ޖަހާ އެއީ ސިޓީ ސްކެއަރއޭ ކިޔާ ރައީސް އޮފީހުން އައްޑޫ މޭޔަރު މެންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަން އުޅުނަސް އެކަމެއް ނުވާނެއޭ އައްޑޫގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރަން އެއްވެސް ކަމެއް މިސަރުކާރުން ނުކުރޭ ދެން ފުވައްމުލަކު ފައިސަލް އައްޑޫއަށް ދިޔާ އަމާ ބުނީތީ ފަރަށް ދޯ ދިޔާ ތަމެން ފުވައްމުލަކު ނައިބްރައީސް ފައިސަލް ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  8. ޔަގީނޭ

    ރާއްޖޭގެ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މިސަރުކާރުން ކުރި އެއްވެސް ކަމެއް އަދި އެއް ނެތް ފެންނާން ނުވެސް ފެންނާނެ މި 5 އަހަރު ރައީސް އިބޫގެ ވެރިކަމުގައި ރާއްޖެބަނގުރޫޓް އަރުވާލާ އިންޑިއާ އަށް ރާއްޖެ ވިއްކާލާތަން ފެނިގެންދާނީ ވެރިކަމުގައި ހުރުމުގެ ދަހިވެތިކަމުގައި އިބޫ އެކަން ކެނެރީގެ ނަޝީދާއި އެކު ގުޅިގެން ކުރާނެ ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ..

  9. ޞިރާޠު

    ޤަވްމުގެ އިޤްތިޞާދު ހީނަރުވެ ހުރިހާ ދިމާއަކުން ޤަވްމު ހަނާވަމުންދާއިރުވެސް މިކަލޭގެ ޕިކްނިކް ދަތުރުތަކުގައި ގޮސް ޤަވްމުގެ ޚަޒާނާ ދަވާލަނީއެވެ.