ޒާތީ ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އޭގެ ހުރިހާ ގެއްލުމެއް ކުރާނީ ދިވެހި ފުޓުބޯޅައަށް ކަމަށް ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓާއި އަލީ އަޝްފާގު (ދަގަނޑޭ)އާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ދަގަނޑޭއަށް އަނެއްކާވެސް ގައުމީ ޓީމުން ފުރުސަތު ގެއްލިފައިވާއިރު، ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ދޭން ޖެހޭ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. މިދިޔަ އަހަރު ކޯޗާ ދަގަނޑޭއާ މައްސަލައެއް ޖެހި، ދަގަނޑޭ ސާފް ޗެމްޕިއަންޝިޕް ސްކޮޑަށްވެސް ނަގާފައި ނުވާއިރު، ކޯޗު ގާތުން މާފަށްވެސް ދަގަނޑޭ އެދުނެވެ.

ކޯޗު ކައިރިން މާފަށް އެދުމުން ދަގަނޑޭއާ އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ކޯޗު ބުނެފައިވީ ނަމަވެސް، އޭނާގެ އުމުރުން ދޮށި ކަމަށްބުނެ، އަނެއްކާވެސް ވަނީ ސްކޮޑަށް ނުނަގާ ދޫކޮށްލާފައެވެ. ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށް، އަދި ދަގަނޑޭ އެންމެ ރަނގަޅު ފޯމުގައި ކުޅެމުންދަނިކޮށް، ކޯޗު ސެގަޓް އޭނާ ނުނެގީ ޒާތީ ވެގެން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

"ޒާތީވުމަކީ ވަރަށް ދެރަ ކަމެއް. އެހެން ކަންތައް ކުރުމުން ހުރިހާ ގެއްލުމެއް ވަނީ ދިވެހި ފުޓުބޯޅައަށް. އަލީ އަޝްފާގަކީ މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާ އަދި މިހާރުވެސް މޮޅަށް ކުޅެމުން ދަނީ. އެހެންކަމުން ގައުމީ ސްކޮޑުން އަޝްފާގަށް ޖާގަ ނުލިބެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އުންމީދަކީ އަޝްފާގު ގައުމީ ޖާޒީގައި ކުޅޭތަން ފެނުން،" ގައުމީ ޓީމަށް 17 އަހަރު ކުޅެދިން ގޯލްކީޕަރު އިންމަ ބުންޏެވެ.

ދަގަނޑޭގެ އުމުރު ދޮށިވުމުން އޭނާ ނުނެގީ ކަމަށް ކޯޗު ބުނެފައިވާއިރު، ކޯޗު އަބަދުވެސް ދައްކަނީ ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ދޭ ވާހަކައެކެވެ. އެހެން ނަމަވެސް މިފަހަރުގެ ސްކޮޑުގައި ހަސަން ރާއިފް (ހަންނަ)ވެސް ނުހިމަނާ ވާތީ އެކަމަށްވެސް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ. ހަންނައަކީ މިހާރުން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކުރި ކުޅުންތެރިޔާއެވެ.

"ތަޖުރިބާ ހޯދަން ގައުމީ ޓީމު ބޭނުން ކުރުމަށްވުރެ އޭޖް ގްރޫޕްތަކުގެ ޓީމް ތަޖުރިބާ ހޯދަން ބޭނުންކުރުން ރަނގަޅުވާނެ ކަމަށް ފެނޭ. ގައުމީ ޓީމަށް ނަގަންވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން ކަމަށް ދެކެން،" ދަގަނޑޭ ސްކޮޑަށް ނުނެގުމާ ގުޅިގެން އިންމަ މީސް މީޑިއާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމުން ސްރީލަންކާގައި ތަމްރީނު ކުރަމުންދާއިރު، ވިސާ ހޯދުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ކުރިން މެލޭޝިއާގައި ތަމްރީނު ކުރުމަށް އޮތް ނަމަވެސް، ސްރީލަންކާއަށް ތަމްރީން ކޭމްޕް ބަދަލުކުރީވެސް ގުއާމްއަށް ދިޔުމަށް ހަމަޖައްސަން ޖެހޭ ވިސާ، އެގައުމުގައި ތިބެގެން ނޫނީ ހަމަޖެއްސެން ނެތުމުންނެވެ.

ރާއްޖެއިން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ދެމެޗު ކުޅޭނެއެވެ. ޗައިނާއާ މާލޭގައި ކުޅޭއިރު، ގުއާމްއާ ދެކޮޅަށް ކުޅޭނީ އެގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކޯޗު

  ކޯޗްގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ ހަލާކުކޮށްލުން

  8
  6
 2. މިއަދު

  ދިވެހިސަރުކާރުމިވަނީ ޕީޓާގެ ދަށުވެފަތަ ނީނީ ޕީތާ ނޫނީ ފްޓްބޯޅަ ކޯޗްކޮށްދޭނެމީހަކު ސަރުކާރަށް ލިބެންނެތީތަ ނުވަތަ ޕީޓާގެ މުސާރައިން ބައިއެޅޭ މީހަކު ސަރުކާރުތެރެއިންއިސްފަޑީގައިހުރީބަ

  6
  3
 3. އޭނާރކީ

  ކޯޗާ ދެކޮޅަށް މުޒާހަރާކުރަންވީ

  6
  1
 4. ޕޮގުބާ

  މޮޔަނުވެ ކޯޗް ބަރާބަރު ކޯޗަށްފެންނަމީހަކު ގައުމީމަށް ނަގާނީ ތިޔައުޅެނީ ކޮސްބޮލަށް އަރައިގަނެގެން

  6
  4
 5. ދަގަނޑޭ

  ޕީޓާ ވަރައް ރަނގަޅު ނިންމުމެއް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ދަނގަޑޭ މެންގެ ދުވަސްވަރު ހިންގަޖެއް