ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބުތަކުގެ އިތުރުން ގިނަ ރަށްރަށުގެ ފުޓްސަލް ޓީމުތަކަށްވެސް ކުޅެފައިވާ އަހުމަދު ރިޒުވާން (ބަގޭ) ނިޔާވެފައި އޮއްވާ މިއަދު ފެނުނީ މާލޭގެ ގެއެއްގެ ތެރެއިންނެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މައްޗަންގޮޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ. މާލެއަށް އުފަން ބަގޭގެ އުމުރަކީ އަދި އެންމެ 33 އަހަރެވެ.

ބަގޭގެ ކުއްލި މަރާއެކު ފުޓުބޯޅަ އާއިލާގެ އެތައް ބަޔަކު ތައުޒިޔާގެ މެސެޖުތައް އާއިލާއަށްވެސް ފޮނުވާފައިވެއެވެ. ބަގޭއަކީ އެންމެންނާވެސް ގުޅޭ، އެކުވެރިއެއްގެ ގޮތުގައި ގިނަ ކުޅުންތެރިންނާއި ކޯޗުންވެސް ފާހަގަކޮށްފައިވާއިރު، މުޅި ފުޓުބޯޅަ އާއިލާއަށް މިއަދު ވެގެންދިޔައީ ހިތްދަތި ދުވަހަކަށެވެ. ބަގޭގެ މަރު ފުލުހުން ތަހުގީގު ކުރަމުންދާއިރު، އޭނާއަކީ އޭވައިއެލްއާއި ވެލެންސިއާއިންވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ވަނީ މިދިޔަ ސީޒަންގައި އޭނާއާ ދެކޮޅަށް ބަގޭ ކުޅެން ހުރި ފޮޓޯއަކާއެކު އޭނާގެ ފޭސްބުކްގައި ހާއްސަ ޕޯސްޓެއް ކޮށްފައެވެ. އޭގެ އިތުރުންވެސް ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ބަގޭގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައިވާއިރު، މިދިޔަ އަހަރު ވެލެންސިއާގައި ބަގޭއަށް ކޯޗުކޮށްދިން ރާއްޖޭގެ މަޝްހޫރު ޑިފެންޑަރު ސޮބާހް މުހައްމަދުވެސް ވަނީ ބަގޭއަށް ހާއްސަ ޕޯސްޓެއް ފޭސްބުކްގައި ކޮށްފައެވެ.

އޭގެ އިތުރުންވެސް ގިނަ ރަށްރަށުގެ ސްޕޯޓްސް ކްލަބުތަކާއި ފުޓްސަލް ޓީމުތަކުންވެސް ބަގޭގެ މަރާ ގުޅިގެން ހާއްސަ ތަައުޒިޔާގެ މެސުތައް ޕޯސްޓް ކޮށްފައިވެއެވެ. ބަގޭގެ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނޯޑައުޓް

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  26
 2. ާައަސްލަމް

  ތީގުދުރަތީ މަރެއްކަން ނޫނީ އެހެންގޮތަކަށް ވީމަރެއްކަން ރަށްޔިތުންނަށް އަނގައިދެން ޖެހޭނެ

  35
  2
 3. މީހާ

  ތީ ކޮންކަހަލަ މަރެއް ކަން އަންގައިދޭންޖެހޭ

  16
  2
  • އެކުވެރިޔާ

   އޯޑީ އެއްނޫން އެއީ ބުރޯ!
   ބަގޭ އަތްޖެހުނީ ނިދާފަ އޮޮތްވާ ސްޓޯރެކް އެ!

 4. އަހްމަދު

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  19
 5. ބުރޯ

  އޯޑީ

  5
  1
 6. ބޮޑުހުސައިނު

  ސުޢޫދުއާއި މަރުތަހުޤީީީީިިގުކުރަން ހަވާލު ކުރޭ