މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ހޯދި އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އަށް ސަރުކާރުން ބައި މިލިއަން ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރު ތަރައްގީކޮށް ކުރިއަރުވައި، ރާއްޖެއަށް ރީތި ނަން ހޯދުމަށް މަސައްކަތް ކުރުމަކީ މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. އަދިި މިރޭ ވޯލްޑްކަޕް ކޮލިފައިންގައި ގަލޮޅު ރަސްމީ ދަނޑުގައި ވަރުގަދަ ޗައިނާ އާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގައި ޗައިނާ އަތުން ބަލިނުވެ ދިވެހި ޓީމު ފަރުޖައްސައިފިނަމަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ދޭން ނިންމާފައިވާ އެއްލައްކަ ރުފިޔާވެސް މަދު ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އައިއޯއިޖީގައި ރާއްޖޭގެ އުއްމީދީ އެތުލީޓު ދީމާ ހޯދި ކާމިޔާބީ ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ ނޫނަސް އެހެން ކުޅިވަރުތަކަށްވެސް ސަރުކާރުން ޚަރަދު ކުރާ ކަމަށެވެ.

"އެހެން ކުޅިވަރަށްވެސް ވަރަށްބޮޑު ހަރަދެއް ކުރަން. އައިއޯޖީގެ ކާމިޔާބަށް ދީމާއަށް 535000 ރުފިޔާ ލިބޭނެ" މަހުލޫފް ވިދާޅުވިއެވެ.

އައިއޯއައިޖީގައި 11 އަހަރުގެ ދީމާ ރާއްޖެ އަށް ތިން ރަން މެޑަލް ހޯދައި ދީފައިވެ އެވެ. އެ މުބާރާތުގައި އޭނާ ރަން މެޑަލް ހޯދީ ޓީޓީގެ ވިމެންސް ސިންގަލްސް އާއި ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމް އިވެންޓުންނެވެ.

ދީމާއަކީ މިދިޔަ މެއި މަހު ސްވިޑަންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު އެތުލީޓުގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީހުން ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. ސަރަހައްދީ ލެވެލްގައިވެސް ގައުމަށް ރީތި ނަން ހޯދައިދެމުން އަންނަ ދީމާ ވަނީ ނިމިގެންދިޔަ މިހާރު އެވޯޑްސްގައި އިންޑިވިޖުއަލް އެންމެ މޮޅު އަންހެން އެތުލީޓުގެ ބައިން ތިންވަނަ ހޯދާފަ އެވެ. މީގެ އިތުރުން އިންޑިވިޖުއަލް ކުޅިވަރުތަކުގެ ބައިން 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ވެސް ހޮވުނީ ދީމާ އެވެ.

ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ފާތުމަތު ދީމާ އަލީގެ ކާމިޔާބީ ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ދާދި ފަހުން އޭނާ އަށް ހާއްސަ ޓްރޮފީއެއް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Sakeena

    Dheema ah thi laari dhinumah vure rangalhu kanneynge beys nukurevifa thibi meehun nah thi laari dhiniyya hama ekani tkt aa beyhuge haradhu dhenee ehn kan kamah mi jehenee salaan jahan!

    28
    68
  2. ޢަހުމަދު

    އުފާވެރި ޙަބަރެއް...

    59
    30
  3. އިސްލާމް

    މަރުހަބާ ދީމާ!

    85
    19
  4. މަރީ

    ތިދެން ""ފުކެއްބޮޑުވަރު"" ކަލޭމެންނަށް ހަމަސާބަސް!!!!! ގައިމު ތިލާރި ހާލުގަޖެހިފަވާ ބޮޑެތި ބަލިމީހުންނަށް ދިނިއްޔާ ކަލޭމެންނަށް ކިހާ ސަވާބެއް ހުންނާނެ މަ ހާދަ ދެރަވެޔޭ.. ބަޔަކު ބޭސްފަރުވާ ނުލިބި މަރުވެގެން
    ދާއިރު ކަލޭމެންނަށްހެޔޮ.. ކަލޭމެންނަށް ބޭކާރު ލާރިތަކެއް ދުއްވުނީމަ އެނިމުނީ............

    65
    119
  5. ހަހުރަ

    ދެރަކަމެއްނު!!! މަށަށް ތި ލާރިގަނޑު ދިން ނަމަ...!! މި އުޅެނީ ހަމައަށް ދެއިރު ކާނެ އެއްޗެއް ނުލިބިގެން!! މިހާލުގަ އުޅޭއިރު ތަންދޮރު ނުދަންނަ ކުޑަކުއްޖަކަށް ބައި މިލިއަން ރުފިޔާދީ ވީ އޭނާ ވަގުތުން މުއްސަނދި ކުރަންތަ، ހަމަ ކުޅިވަރެއް ކުޅެލާއިރަށް؟؟؟ އޭނނނނ!!؟؟!؟!؟!؟!

    6
    26
  6. އަފީ

    ދިވެހިދައުލަތުން މޑޕ މީހެއްގެ ދަރިއަކަށް ވީތީ ތިވަރުގެ ރުފިޔާތަކެއް ދިނުމަކީ ބަލައިގަނެވެނޭކަމެއ

    6
    92
  7. ފާއި

    ތިޔަށްވުރެ މާރަނގަޅުވާނެ ރާއްޖޭގެ ހާފިޒުންނަށް ތިހާވަރު ދިނިއްޔާ.

    9
    79
  8. ޙައިޒަމް

    އައި އޯ އައި ޖީ ގައި މެޑަލް ހޯދި ހުރިހާ ހުރިހާ ކުދިންނަށްވެސް ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުން ލާރި ލިބޭ. ދީމާ ގެ ވާހަކަ މިއޮތީ އެންމެގިނަ ލާރި ލިބެނީ ދީމާ އަށް ކަމަށްވާތީ ދީމާ އަށް އެންމެ ގިނައިން މެޑަލް ލިބުނީ އެހެންވީމާ އެންމެގިނަ ލާރިވެސް ދީމާއަށް.

    171
    1
  9. ޢަހުމަދު

    މަހުލޫފު ގެ ނިންމުން ރަނގަޅު.... ކުޅުންތެރިން މޯޓިވޭޓް ކުރުމަށް ވެދެވޭ އެހީ އަކީ ވަރަށް މުހިއްމު އެއްޗެއް.

    126
    2