ރޭ ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑު އަދި އެތުލެޓިކޯ މެޑްރިޑު ބައްދަލުކުރި މެޗުގައި ރެއަލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް، ޕައުލޯ ޑިބާލާ އަށް ކުރި ފައުލުގެ ސަބަބުން އޭނާ އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މިއީ މިސީޒަނުގައި ރާމޮސް އަށް ދައްކާފައިވާ ތިން ވަނަ ކާޑެވެ. މީގެ ސަބަބުން ރާމޮސް ވަނީ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ނުކުޅެވޭ ގޮތައް ސަސްޕެންޑު ކޮށްފައެވެ.

މީގެ ކުރިން އޭނާ އަށް ކާޑު ދައްކާފައި ވަނީ އޭނާ ޕީއެސްޖީ އަދި ޓޮޓެންހަމްއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މީގެ އިތުރުން ލަލީގާ ގައި ރާމޮސް އަށް ވަނީ ފަސް ރީނދޫ ކާޑު އަދި ދެ ރަތް ކާޑު ހޯދާފައެވެ.

ސަންތިއާގޯ ބާނަބެއުގައި ކުޅޭ ދެވަނަ ލެގުގައި ސާޖިއޯ ރާމޮސް ނެތުމަކީ ޔުވެންޓަސް އަށް ލިބޭ ފަސޭހައެއް ކަމަށް އެންމެންވެސް ދެކެ އެވެ.

ރާމޮސް އަށް ކާޑު ދެއްކި ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ރިއަލް މެޑްރިޑަށް ފުރަތަމަ ގޯލު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގެ ހަޔާތުގައި ޖަހާލި އެންމެ ތަފާތު އެއް ގޯލު ޖަހާފައެވެ.

ރޭގެ މެޗްގައި ޑީބަލާ ވެސް ވަނީ ރަތް ކާޑެއް ދައްކާ ދަޑުން ފޮނުވާލާފައެވެ. މީގެ ސަބަބުން ޑީބަލާ އަށްވެސް ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ނުކުޅެވޭނެއެވެ. ރިއަލް މެޑްރިޑުގެ ފުލް ބެކު މާސެލޯ ވަނި އެޓީމުގެ ތިންވަނަ ގޯލު ޖަހައި ލީޑު ފުޅާކޮއްދީފައެވެ.

ރިއަލް މެޑްރިޑައް މިހާރު ވަނީ އަވޭ ގޯލުގެ ފައިދާވެސް ލިބިފައެވެ.