ރާއްޖޭގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު އޯޕެން ވޯޓަރ ފެތުމުގެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހު މާލެ ރަސްފަންނު ބޭރު ކަނޑުގެ ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގާއި ގުޅިގެން ސްވިމް މޮލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެކަމަށް ސްވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

މި މުބާރާތާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން ޝަމީމް ވިދާޅުވީ، މުބާރާތުގައި ޖުމްލަ 198 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ. މި މުބާރާތުގައި އޮންނަނީ 1 ކިލޯ މީޓަރުގެ އިވެންޓް އަކާއި 500 މީޓަރުގެ އިވެންޓެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އުމުރު ފުރާތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު 10 އަހަރުން ދަށުގެ އުމުރުފުރާ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 20 އަހަރުން ދަށް، 39 އަހަރުން ދަށް، 49 އަހަރުން ދަށް އަދި 50 އަހަރުން މަތި ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ފެތުރުމުގެ މުބާރާތުގެ މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުން – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން
ފެތުރުމުގެ މުބާރާތުގެ މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުން – ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ސްވިމް މޯލްޑިވްސް އަކީ ފެތުމުގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަރުވާ، ރާއްޖޭގައި ފެތުންތެރިން އުޅޭ ތަނަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށެވެ.

"ސްވިމް މޯލްޑިވްސް އަކީ ފެތުމުގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަރުވާ، ރާއްޖެއަކީ ފަތާ މީހުން އުޅޭ، ފެތުންތެރިން އުޅޭ ގައުމަކަށް ހަދަން މަސައްކަތް ކުރާ ޖަމިއްޔާއެއް" ޝަމީމް ވިދާޅުވިއެވެ.

މިމުބަރާތާއި ގުޅިގެން ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ވިދާޅުވީ ސްވިމް މޯލްޑިވްސް އާއި ގުޅިގެން އެފަދަ މުބާރާތެއް ބޭއްވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖޭގައި އެހާ ބޮޑު ކަނޑެއް އޮންނަ އިރު މޫދު ކުޅިވަރުތައް ވަރަށް ބޮޑަށް ކުރި އަރުވަން ޖެހޭ ކަމަށެވެ. އަދި ދިރާގުން ވަކިން ހާއްސަކޮށް ޒުވާނުންގެ ކަންކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ޒުވާނުންގެ ކަންތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިރާގުން ވަރަށް ބޮޑަށް ޒުވާނުންގެ ކަންތައްތަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަން. ވަރަށް ތަފާތު ހަރަކާތްތައް އަމިއްލަ އަށް ވެސް ހިންގަން. ސްޕޮންސާ ވެސް ކުރަން،" މިރްޝާން ވިދާޅުވި އެވެ.

މުބާރާތުގައި ކޮންމެ އުމުރުފުރާ އަކުން 1، 2، 3 ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ހުރިހާ އުމުރުފުރާއެއް އެއްކޮށް އަންހެން ފިރިހެން އެއްވަނަ ދުވަނަ ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު