އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑު އެންޓޮއީން ގްރިޒްމެން، އޭނާ ބާސެލޯނާ ދާން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ދޮގުކޮށްފިއެވެ.

ނިމިގެން ދިޔަ މެޑްރިޑު ޑާބީ ގައި ރިއަލް މެޑްރިޑު ހިފަހައްޓާލުމައް ގޯލެއް ޖެހިނަމަވެސް އޭނާ އެތުލެޓިކޯ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑައް ދިޔުމުގެ ރޭޓިންގް ވަނީ 10 އަކުން 6 ކަށް މައްޗަށް ގޮސްފައި ކަމަށް އީއެސްޕީއެން ގައި ވަނީ ލިޔެފައެވެ.

ޓެލެފުޓް އިން ބުނާގޮތުގައި 27 އަހަރުގެ ގްރިޒްމެން އަށް 200 މިލިއަން ޔޫރޯ ދޭން ހުރީ ތައްޔާރަށެވެ. ނަމަވެސް ގްރިޒްމެން ބުނެފައިވަނީ އެއީ ދޮގު ހަބަރެއް ކަމަށެވެ. ލަލީގާގެ 18 މެޗުގައި އެންމެ 5 ގޯލު ކާމިޔާބުކޮށް މިއަހަރުގެ ސީޒަން ގްރިޒްމެން ފަށައިގެން އައީ ތަންކޮޅެއް މަޑުންނެވެ.

"އެކަން އެގޮތަށް ވީ އަހަންނަށް ބުނެވުނު އެއްޗަކުން (މެން ޔުނައިޓެޑް އާއި ބެހޭގޮތުން). އަހަންނަކަށް ރަނގަޅަށް އަހަރެން ބުނަން އުޅުނު އެތި އޮޅުންފަލުވައެއް ނުދެވުނު. އަހަންނަށް އެނގޭ ގޮހެއް ހެދުނުކަން" އޭނާ ބުންޏެވެ.

"އެއަށްފަހު އަހަރެން އައީ ވަރުގަދަކޮށް، ފިޒިކަލީ އަދި މެންޓަލީވެސް ބޮޑަށް ވަރުގަދަކޮށް އަނބުރާ އަހަރެން އައީ. މިހާރު ވަރަށް ރަނގަޅަށް މިދަނީ، އުއްމީދުކުރަނީ ކުރިޔައް އޮތް ތާގައިވެސް ރަނގަޅަށް ކުޅެން." ގްރިޒްމެން ބުންޏެވެ.

ހިތްހަމަޖައްސާލުމަށް ގްރިޒްމެން ވިސްނަނީ ފްރާންސާއި މެދުގައި ކަމަށާއި އެހެންނޫންނަމަ ހުރިހާ ކޮޅަކުންވެސް އަންނަނީ ފޯނުކޯލުކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވޯލްޑް ކަޕާއި ހަމަޔަށް ދާން ބޭނުންވަނީ ތަށި އުފުލާލުމުގެ ވިސްނުމުގައި" 27 އަހަރުގެ ފްރާންސް ގެ އުއްމީދީ ފޯވާޑު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު