މިދިޔަ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖެ ތަމްސީލު ކުރި ކުޅުންތެރިންނާއި އަދި އޮފިޝަލުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެ މީހުންނަށް ސާބަސް ދެއްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރު ރައީސް އޮފީހުގައެވެ.

ރައީސް ބައްދަލުކުރައްވާފައިވަނީ ސައުތު އޭޝިއަން ގޭމްސް 2019ގައި ބައިވެރިވި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމާއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ފަރާތުން ބައިވެރިވި އޮފިޝަލުންނާވެސް ރައީސް ބައްދަލުކުރެއްވިއެވެ.

ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓްބޯޅަ ޓީމުން ވަނީ ލޯ މެޑެލް ޙާސިލްކޮށްފައެވެ.

އެ ބައްދަލުވުމުގައި ދިވެހި ޓީމުތަކުން މި މުބާރާތުގައި ދެއްކި ހިތްވަރާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

އަދި ރައީސް މި މުބާރާތުގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީއަކީ ޤައުމަށް ލިބުނު ޝަރަފެއްކަން ފާހަގަކުރައްވައި ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ވިދާޅުވެފައެވެ. އަދި ޚާއްޞަގޮތެއްގައި ވަކިކުޅިވަރެއް ތަފާތުކުރުމެއްނެތި ވަސީލަތްތައް ޤާއިމުކުރުމާއި މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޒް

    ބަލަ އަންހެން ބާސްކެޓް ޓީމައް ، ލޯމެޑަލް ލި ބޫނީ ސުޕުން ޢާއި ލަންކާކޯޗް ޑީލް ހަދައިގެން ސެމީއައް ގެން ގޮސް ގެން ލަންކާ ބަލިކުރުވާފަ