މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަސައްކަތްތައް ކުރެވުނު އަހަރެއް ކަމަށާއި، ކުރި ބުރަ މަސަތްކަތުގެ ފޮނި ރަހަ މި އަހަރު ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ވޭތުވެދިޔަ އަހަރު ޔޫތު މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި "ރަން އަހަރު" ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވެގެންދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރުގެ ރޮނގުން މި ގައުމަށް އެންމެ ބޮޑެތި ކުރިއެރުމާއި ކާމިޔާބީ ލިބުނު އަހަރު ކަމަށެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވި ގޮތަށް މިދިޔަ އަހަރަކީ ކުޅިވަރުގައި ރާއްޖެ އަށް ކާމިޔާބު އަހަރެކެވެ. ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭން ވާދަކުރަން ފެށި ހިސާބުން މިހާތަނަށް މިގައުމުން ޖުމްލަގޮތެއްގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ މިދިޔަ އަހަރުއެވެ.

ރައީސް ސާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި އެކިއެކި ކުޅިވަރުތަކުން ދިވެހި އެތްލީޓުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް މުޅިއެކު 36 މެޑަލް ހާސިލްކޮށްފައެވެ. މިއީ މިހާތަނަށް އެއް އަހަރެއްގެ މައްޗަށް އެންމެ ގިނައިން ރާއްޖޭން މެޑަލް ކާމިޔާބުކުރި ފަހަރެވެ.

ކުޅިވަރުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ރާއްޖޭން މިދިޔަ އަހަރު ހޯދި އިރު ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގައުމު ކުރިއެރުވުމަށްޓަކައި ޔޫތު މިނިސްޓްރީން 150 އެއްހާ މަޝްރޫއު ފާއިތުވެދިޔަ އަހަރު ކުރިއަށް ގެންދިޔަ އެވެ. އެގޮތުން 37 ރަށެއްގައި ފުޓްބޯޅަ ދަނޑު ހެދުމަށް 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް 55 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިނިސްޓްރީން ހަރަދުކޮށްފައިވެ އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވުމަށް ވެސް އެހެން އަހަރުތަކާ އަޅާބަލާއިރު 2019 ވަނަ އަހަރު ގިނަގުނަ މަސަތްކަތްތަކެއް ކުރެވުނުކަމަށާއި އެންމެންގެ އެއްބާރުލުމާއެކީ ކުރިއަށް އޮތްތާގައި ވެސް އިޖުތިމާޢީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޒުވާނުންނަކީ ހޭލުންތެރި އަދި ފުދުންތެރި ބަޔަކަށް ހެދުމަށް މަސަތްކަތް ކުރައްވާނެ ކަމަށެވެ.

އަދި މީގެ އިތުރުން ކުޅިވަރުގެ ދާއިރާ މިހާރަށްވުރެ އިތުރަށް ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭން ކުޅިވަރުގެ އާ އުސްމިންތަކަކަށް ދަތުރު ކުރާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

“މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް. މިއިން ދުވަހަކުވެސް ނުލިބޭ ވަރުގެ ކާމިޔާބީތައް އަޅުގަނޑުމެންނަށް 2019 ވަނަ އަހަރު ޙާސިލްކުރެވުނު. މިދިޔަ އަހަރު އިންދުނީ އޮށްތަކެއް. އޭގެ މޭވާ މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށާއި ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ 50 ފުޓްބޯޅަ ދަނޑު މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން 18 ޒުވާނުންގެ މަރުކަޒު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސެން

    ހެހެހެ ،ހިނި އަންނަނީ

    34
    1
  2. ހުސޭނުބޭ

    އެއީ އެމްޕީއާރުސީ ގެ ލާރިގަނޑު ކައިލައިގެން ހަޖަމްވި ކަމުގެ ވާހަކަތައްދޯ! އަދިވެސް ]ޮރޮޖެކްޓެއް ހިގަންޏާ އެއީ ޔާމީނު ފަށައި ފަންޑުކޮށްފައި ހުރި ޕްރޮޖެކްޓްތައް! މިސާލަކަށް އެއަރޕޯޓާއި ކިންގް ސަލްމާން މިސްކިތް ފުދޭ!

    37
  3. ބޯންބެ

    ނަތީޖާ މިއޮށް އޮހެނީ ، އަވަހަށް އިސްތިއުފާދީ މަހުލޫފު

    37
  4. އަސީ

    ކޮންކަހަލަކޮސްވާހަކައެއް ތިޔަދައްކަނީ ކިހިނެއް2019ގަ ހޯދި ކާމިޔާވީއެއް އެއީ 2020ގެ މަސަތްކަތުންކުރިކަމަކައްވާނީ ތިޔަ އަނގައިންގޮވީ ހަދާފަހުރި އިންފްރާސުޓަކްޗަރަތައްވެސް ކުޅިވަރުކުޅޭކައް ކަމަކުނުދެޔޭ މިހާރު އެތަންތަންވަރެއްނެއް ދުލުގަ ގޮއްނުޖެހޭތީ ކޮންމެފަދަވާހަކައެއްވެސް ދައްކަފާނެ ކަލޭމެން.

    13
  5. ކަނަމަނަ

    ހަމަހޭގަހުރެގެނެއް ތިޔަބުނިކަމެއްނުފެއްނާނެ ، މަހުލޫފައް މިހާރުފެނުނަސް އަހަރުމެއްނަކައް ނުފެނޭ ތިޔަބުނާކަންތަކެެއް

    18
  6. ފުނަދޫ

    މީހަމަޓުރަމްޕުގެވެރިކަން ރަނގަޅުކަމެއްވިއްޔާ މިސަރުކާ ގޯސްކަމެއްވިއްޔާ ކުރީސަރުކާރު މީހަމަ ޔަހޫދީދައުލަތެއް ރައްޔިތުން މިއޮއް އުދުހެނީ ރިސޯޓުތަކުގަ މަސައްކތްކުރާ ކުދިން އެތިބީ ހެވިދިލިފަ މިސަރުކާރުގެ މިނިސްޓަރުން ޖީބުން ސައުވިސްޗާޖުބޮނޑިދޭވަރުން

    21
  7. Anonymous

    އިންތިހާއަށް ތަކެތީގެ އަގު ބޮޑުވަނީ ވެސް ކުރީސަރުކާރު. ލޮލުގައި މައްސަލަ ހުންނަ ބޭފުޅުންގެ ލޯ ޗެކަޕް ދަރުމަވަންތަ ހޮސްޕިޓަލުގެ ލޮލާއި ބެހޭ ޑިޕާރޓްމަންޓުން ޗެކްކޮށްލަށްވަންފެނޭ

    15
  8. Esoru

    Thiya kuri bura massaihkathuge natheezaa fennaane thiya beyfulhunge Bank account thakun.

  9. ޢަހުރެނ

    ލަދު ހަޔާތްކުޑަ މީހުންނާއި އެކު އުޅުނީމާ ލަދު ގަންނާކަށް ނޭގޭނެ

    14
  10. އަމީތާބު

    ބުރަ މަސަ އްކަތުން ގޮސް އިންޑިޔާގެ ބަ އެ އް ފިލްމް ސްޓާރުންނާޢި ބަޢްދަލް ކޮށްލިވާހަކަބާ އެވިދާޅު ވީ... ޢޭގެ ނަތީޖާ އަކީ މިބޭފުޅާ މި އަހަރުގެ ބަޢެޢް ހިންދީ ފިލްމް ތަކުން ފެނިގެންދާ ވާހަކަ ކަންނޭގެ ކުދިންނޭ... މި އީ މިދިޔަ އަހަރު މީނަ އެންމެ ބުރަކޮށް ކުރި މަސަޢްކަތް...