ކެނެޑާގެ ޓެނިސް ކުޅުންތެރިއެއް ކަމަށްވާ ޖެނީ ބޮޗާޑް އާއި އެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވާން މީހަކު 85000 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ޚަރަދު ކުރަން ހުށަހަޅައިފިއެވެ.

ޖެނީ އާއި އެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވާނެ މީހަކު ހޮވަން ކުރިއަށް ގެންދިޔަ ބިޑެއް ކާމިޔާބު ކޮށްފައި ވަނީ 85000 ޑޮލަރު ހުށަހެޅި މީހާއެވެ. މިހާރު މީސް މީޑިއާގައި ވެސް ނުފޫޒު ގަދަ ޖެނީ ވަނީ މިފައިސާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އަކަށް ހަދިޔާ ކުރަން ނިންމާފައެވެ.

އޭނާ އާއި އެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވާނެ މީހަކު ބިޑް ކޮށްގެން ހޮވަން އިއުލާން ކުރިއިރު މިހައި ބޮޑު އަދަދެއްގެ ހުށަހެޅުމެއް ލިބިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. 2500 އެމެރިކާ ޑޮލަރުން ފެށި ބިޑުގައި 37 ފަރާތަކުން ބައިވެރިވިއެވެ.

ޖެނީ ގެންދަނީ ސްވިމްސޫޓާއި ބައެއް ކުޅިވަރު ސާމާނު އިސްތިހާރު ކުރުމަށް މޮޑެލް ވެސް ކުރަމުންނެވެ.

ޖެނީ އާއި އެކު ކެއުމެއްގައި ބައިވެރިވާން ބިޑްކޮށް ކާމިޔާބު ކުރި ފަރާތާއި އެކު ކެއުން ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

View this post on Instagram

tennis!

A post shared by Genie Bouchard (@geniebouchard) on

ޖެނީ އަކީ 332 ވަނަ އަށް ރޭންކް ކުރެވިފައިވާ ޓެނިސް ކުޅުންތެރިއާއެވެ. އޭނާގެ ޓެނިސް ކެރިއަރުގައި ލިބިފައިވާ އެކި ޓްރޮފީތަކާއި އެކު ފައިސާގެ އިނާމުގެ ގޮތުގައި މިހާތަނަށް ހަމިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައި ވެއެވެ.

މުއްސަނދިންނާއި، މަޝްހޫރު މީހުންނާއި އެކު ކެއުންތަކުގައި ބައިވެރިވުމަށް ބިޑް ކުރުމުގެ ފުރުސަތު މީގެ ކުރިން ވެސް ބައެއް ޖަމިއްޔާތަކުން ހުޅުވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައި ޑީ ޒޯރޯ ދިއްދޫ

    މިފަދަ ފުރުސަތުތައް އަޅުގަނޑުމެންނަށް ވެސް ލިބޭނެ ނަމައޭ ހިތަށްއަރާ. އަތުގަ ހަރަދު ކޮށްލާނެ ފައިސާ ފޮއްޗެއްގެ މިންވަރުވެސް ނެތީމަ ދެރައީ. އަޅުގަނޑު ބޭނުމީ އެންޖެލީނާ ޖޯލީ.

    2
    7