ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށް ގެންދާ ރިސޯޓް ފުޓްސަލް ލީގުގެ ނޯތު މާލޭ ޒޯންގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ރީތި ރަށާއި ގިލި ލަންކަންފުށި ދަތުރުކޮށްފިއެވެ.

ޖުމްލަ 12 ޓީމް ވާދަކުރި މި މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މީރު އައިލެން ރިސޯޓްގެ މައްޗަށް ފަސޭހަކަމާއެކު 7-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ އަބުދުﷲ ވިސާމްއެވެ.

ފައިނަލްގެ ދެވަނަ ޖާގަ ގިލި ލަންކަންފުށި ކަށަވަރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ކުޑަ ހުރާގެ މައްޗަށް 5-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

މި މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމް ލިބުނީ ގިރިލަންކަން ފުށީގެ މުހައްމަދު ސަމީންއެވެ

4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.