ހުޅަނގު އޭޝިއާގެ ފުޓްބޯޅަ ޖަމްއިއްޔާ (ވާފް)ގެ ގައުމު ތަކާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ ޖަމްއިއްޔާ (ސާފް)ގެ ގައުމުތަކުން އިސްނަގައިގެން އުފައްދާފައިވާ "ސައުތު ވެސްޓް އޭޝިއަން ފުޓްބޯޅަ ފެޑްރޭޝަން" ގައި ރާއްޖެ ހިމަނައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ލޯންޗު ކުރި ދެކުނާއި ހުޅަނގުގެ ފުޓްބޯޅަ ފެޑްރޭޝަންގައި މެންބަރު 12 ގައުމެއް ހިމެނެ އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއާއި އިންޑިއާއާއި ބަނގުލަދޭޝްއާއި ޕާކިސްތާނާއި ޝްރީލަންކާ ހިމެނުނުއިރު، ސާފް ގައި ހިމެނޭ ނޭޕާލާއި ބޫޓާން އާ ފެޑްރޭޝަންގައި ހިމެނިފައެއް ނުވެއެވެ.

ވާފްގައި ހިމެނޭ 12 ގައުމުގެ ތެރެއިން ސައުތު ވެސްޓް ވެސްޓް ފެޑްރޭޝަންގައި ހިމެނެނީ، ސައުދީ އަރަބިއްޔާ، އަރަބި އެމިރޭޓްސް، އިރާގް، ކުވައިތު، ބަހްރެއިން، ޔަމަން އަދި އޮމާން އެވެ. ވާފްގައި ހިމެނޭ މަންބަރު ގައުމުތަކުގެ ތެރެއިން އާ ފްޑްރޭޝަންގައި ނުހިމެނެނީ، ގަތަރު، އުރުދުން، ސީރިއާ، ފަލަސްތީން އަދި ލުބުނާން އެވެ.

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ ސައުތު ވެސްޓް އޭޝިއަން ފުޓްބޯޅަ ފެޑްރޭޝަންގެ ފުރަތަމަ ކޮންގްރެސް ކުރިއަށް އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައްފަހު ބާއްވާނެ ކަމަށެވެ. އަދި އޭޝިއާގައި ބާއްވާ އެންމެ ބޮޑު ސަރަހައްދީ މުބާރާތަކީ އެ ފެޑަރޭޝަނުން ބާއްވާ މުބާރާތަށް ހެދުމަށް ޓާގެޓް ކަނޑައަޅާފައިވާ ކަމަށެވެ.

އާ ފެޑަރޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި ދެކުނު އޭޝިއާ ސަރަހައްދު ތަމްސީލު ކުރާ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުހައްމަދު ޝަވީދު ވަނީ ބައިވެރި ވެވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު