ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ދުވަސް ވެގެން ދިޔައިރު އެކި ވުޒާރާތަކުން ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަން ކުރިތަން ފެނިގެންދިޔައެވެ. ރައްޔިތުންނަށް ބޭނުންޖެހިފައިވާ ގިނަ ކަންކަމަށް އެޑްރެސްކުރެވުނެވެ. ހާސިލްކުރަން ބޭނުންވި މިންވަރަށްވުރެ އިތުރަށްވެސް މަސައްކަތްކުރި ވަޒީރުންތަކެއް އެބަތިބިއެވެ.

މީގެތެރެއިން ސަރުކާރުގެ ތަފާސްހިސާބުތަކާއި ލިޔެކިޔުންތައް ފެންނަން އޮތްގޮތުން އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށްގެންދިޔަ އެއް ވުޒާރާގެ ގޮތުގައި ފެންނަން އޮތީ މިިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްއެވެ. އެ ވުޒާރާގެ މާލިމީ އަހުމަދު މަހުލޫފު ވަނީ މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މީގެކުރިން އެ ވުޒާރާ އާއި ހަވާލުވެވަޑައިގެންނެވި ވަޒީރުންނާއި ނުބައްދަލު މިންވަރަކަށް މަސައްކަތް ކުރައްވައިފައެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާއި ޒުވާނުންނާއި ގުޅުންހުރި ގިނަ ކަންކަމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދެެއްވިއެވެ.

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ރެކޯޑު މިންވަރަކަށް ބައިނަލްއަޤްވާމީ މުބާރާތް ބޭއްވިއެވެ. ކުޅިވަރުގެ ފެސިލިޓީތަކަށް އިންގިލާބީ ބަދަލުތަކެއް އަންނަން ފެށިއެވެ. ކުޅިވަރު ފެސިލިޓީއެއް ނެތް ތަންތަނަށްވެސް އެހީވެ، ވަކި ކުޅިވަރެއް ތަފާތުކުރިތަން ފެނިގެނެއް ނުދެއެވެ. އަންހެން އަދި ފިރިހެން ގައުމީ ޓީމަށް ދޭ މުސާރައިގެ ފަރަގު ނައްތާލިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 57 ފުޓްސަލް ދަނޑާއި 104 ކުޑަކުދިންގެ ޕާކާއި 61 އައުޓްޑޯ ޖިމް އެޅިއެވެ. އަދިވެސް އިތުރު ދަނޑުތަކެއް މަސައްކަތް ކުރިޔަށްދެއެވެ. މީގެއިތުރުން ފުޓުބޯޅަ ދަނޑުތައްވެސް މި ސަރުކާރުން ވަނީ އަޅަން ފަށައިފައެވެ. މިއީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ހާސިލުކުރެވުނު ކަންކަމެއް ނޫނެވެ. ޖުމްލަ 347 ޕީއެސްއައިޕީ މަޝްރޫއަށް 345 މިލިއަނަށްވުރެ ރުފިޔާ ހަރަދުކުރިއެވެ.

ބަޖެޓަށް ބޮޑު އަސަރެއް، އެކަމަކު މަސައްކަތްތަކަށް މަޑުޖެހުމެއް ނެތް

މުޅި ދުނިޔެއަށް ވެސް މިއީ އުނދަގޫ ދުވަސްކޮޅެކެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖެއަށްވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރިއެވެ. ރާއްޖޭގެ ވުޒާރާތަކުގެ ތެރެއިން މަސައްކަތްތަކަށް އެންމެ ބޮޑު މަޑުޖެހުމެއް އައި އެއް ވުޒާރާއަކީ ކުޅިވަރުގެ ވުޒާރާއެވެ. މިއަހަރަކީ ރާއްޖޭގައި ގިނަ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ބޮޑު އަމާޒެއް ކުރި އަހަރެކެވެ. އަދި ކުޅިވަރާއި ޒުވާނުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ޕްލޭން ކުރެވުނު އަހަރެކެވެ.

"އެއް އަހަރު، ދުނިޔެއިން ވެސް ރާއްޖެއިން ވެސް މި ދިޔައީ، މަސައްކަތްތަކަށް ބަލާއިރު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ، ބަޖެޓު ކުރެވުނު ގޮތަށް، ޕްލޭން ކުރެވިފަ އޮތް ގޮތަށް ކަންކަން ކުރިޔަށްދިޔަ ނަމަ އިންގިލާބީ ބޮޑު ބަދަލުތަކެއް ފެންނާނެ ކަހަލަ އަހަރަކަށް ކުޅިވަރުގެ އިތުރުން ޒުވާނުންގެ މަރުކަޒުތައްވެސް ހިމެނޭ ގޮތުން ވެގެންދާނެ ، އަޅުގަނޑުމެންނަށް ނާންނަ އަހަރެއްގެ ގޮތުގައި 2020 މި ސިފަކުރަނީ" ޔޫތު މިނިސްޓްރީގައި ހުންނަވައި މަހުލޫފު ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

މީގެއިތުރުން މިއަހަރުގެ ބަޖެޓުގައިވެސް ގިނަ ކަންކަން ވަނީ ޕްލޭންކުރެވިފައެވެ. އޭގެތެރޭގައި މުޅި ރާއްޖެއަށް އަމާޒުކޮށް ރާވާފައިވާ މަޝްރޫއުތައްވެސް ހިމެނެއެވެ. މި މަސައްކަތްތަަކަށް ބޮޑު ހޭދައެއް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މި ބަލިމަޑުކަމާއި ގުޅިގެން ގިނަ މަސައްކަތްތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

"ބަޖެޓުގައި ހިމެނިފައި ހުންނާނެ ބައިވަރު ކަންކަން، މީގެތެރޭގައި ކޮވިޑާއި ގުޅިގެން ވަރަށް ބައިވަރު ކަންކަން މި ދިޔައީ މަޑުޖެހިގެން، ބައިވަރު ކަންކަންވެސް އެބަ ހިނގާ، އެ ކަންކަމާއެކު ފެށުނު ނަމަ އެއީ ވަރަށް ގިނަ ކަންކަން، ބޮޑެތި ކަންކަމަށް ބަލާއިރު އިންޑޯ ބާސްކެޓް ވޮލީ ފެސިލިޓީއަކީ ވަރަށް އުއްމީދުކޮށްގެން ހުރި ކަންކަން، ގަލޮޅު ދަނޑު ތަޅާލުން، ހުޅުމާލެ ޓްރެކް އޮތް ދަނޑުގައި ވިނަގަނޑު ރަނގަޅުކޮށް އެތާ ލައިޓު ޖަހާ، އައްޑޫއާއި ފުވައްމުލަކުގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް، ބައިވަރު މުހިއްމު ފުޓުބޯޅަ ދަނޑުތަކެއް، މިހާރު ގާތްގަނޑަކަށް 47 ވަރަކަށް ދަނޑުގެ މަސައްކަތް ކުރިޔަށްދާތީ ފެށެން އޮތް 10 ރަށުގެ ވާހަކަ ނުދެއްކެނީ،" މަހުލޫފު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކާއި މިދިޔަ ދެ އަހަރު ކުރި މަސައްކަތްތައް ނުބައްދަލު

މީގެ ކުރީގެ ސަރުކާރުތަކުގެ ކުޅިވަރާބެހޭ ވުޒާރާއިން ހާސިލުކުރި ކަންކަމާއި މި ސަރުކާރުގެ ދެ އަހަރުގައި ހާސިލުކުރި ކަންކަމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ނަމަވެސް މިއަހަރު ރާވަން މަސައްކަތްކުރި ބޮޑެތި ގިނަ މަސައްކަތްތަކެއް ވަނީ މަޑުޖައްސާލައިފައެވެ.

"މި ހަދަމުންދާ ބިލިއާޑް ފެސިލިޓީ، އެއީ ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވޭވަރުގެ ފެސިލިޓީއަކަށް ވާނެ، އިންޓަނޭޝަނަލް ހޭންޑްބޯލް ކޯޓެއްގެ މަސައްކަތް، 24 އަހަރަށްފަހު އެކުވެނި ޓްރެކް ސިންތެޓިކް ކުރުމުގެ މަސައްކަތް، ހުޅުމާލޭ ބިލިއާޑް ފެސިލިޓީގެ މަސައްކަތް ،36 އަހަރުފަހުން މާލޭ ނޫން އެހެން ތަނެއްގައި ޓީޓީގެ ފެސިލިޓީއެއް މި ގާއިމުކޮށްދެނީ، މާޝަލް އާޓްސް ނޭޝަނަލް އެސޯސިއޭޝަނެއް ގާއިމުކޮށް ސެންޓަރެއް ގާއިމުކޮށްދިނުން، މިކަހަލަ ބައިވަރު ކަންކަން ކުރާއިރު ބައިވަރު އާ ކަންކަން ކުރެވޭތީ އެ ހިތްހަމަޖެހުން އެބައޮތް، ބަޖެޓުގައި އޮތްގޮތަށް މިކަންކަން ކުރިއަށްދިޔަ ނަމަ ބައިވަރު، ވަރަށް ގިނަ ވަރަށް ތަފާތު ކަންކަން ފެންނާނެ" މަހްލޫފް ވިދާޅުވިއެވެ.

"ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުގައި މަހުލޫފު ވިދާޅުވީ މީގެކުރިން އަށް އަހަރު ވަންދެން ޔޫތު މިނިސްޓްރީގައި މަސައްކަތްކުރި އިރު އޭރު ފެނިފައިހުރި މަންޒަރާއި ކުރިން ކުރެވިފައި ހުރި ކަންކަމާއި އަޅާކިޔާއިރު މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ބޮޑު ތަފާތެއް ގެނެވިއްޖެކަން ހާމަވިކަމަށެވެ.

"މިއަހަރު މި ގެއްލިގެން ދިޔައީ، އެހެން ނޫންނަމަ ބޮޑު ތަފާތެއް ފެނިގެންދާނެ، އަޅުގަނޑު ބޭނުންވަނީ ކުރާ މަސައްކަތުން ތަފާތެއް ދައްކަން، މިއަދުވެސް އެ ޔަގީންކަން އެބައޮތް" މަހުލޫފް ވިދާޅުވިއެވެ.

ކުޅިވަރު ދަންނަ މީހެއް މި މަގާމަށް އައުން މުހިއްމު

މީގެކުރިން މި މަޤާމާއި ހަވާލުވި ވަޒީރުންގެ ކިބައިން ކުޅިވަރު އާއިލާ ނުރުހޭ ގިނަ ކަންކަން ފެނިގެންދިޔަ އެވެ. ހާއްސަކޮށް ޝަކުވާތަކެއް ވަޒީރާއި ހަމައަށް ގެންގޮސްދިނުމުގައި މީގެކުރިން ކުރަންޖެހޭ މަސައްކަތްތައް ބޮޑެވެ. ގިނަފަހަރަށް ވަޒީރާއި ހަމައަށް ވާހަކަ ދަނީ ވުޒާރާގެ އެތެރޭގައި ތިބި ސްޓޭޓް މިނިސްޓަރު ފެންވަރު މީހުން މެދުވެރިކޮށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކަށް ކުރީ ސަރުކާރުތަކުން މާ އެދެވޭ ޖަވާބެއް ދިންތަނެއް ނުފެނެއެވެ. މަދު ފަހަރެއްގައި ނަމަވެސް ޖަވާބެއް ދޭތަން ފެނެއެވެ. ނަމަވެސް ވުޒާރާ އާއި އެސޯސިއޭޝަންތަކާއި އޮންނަންޖެހޭ ގުޅުން އެންމެ ރަނގަޅަށް ނޯވެއެވެ. މި ސަގާފަތާއި އެއްގޮތަށް ވުޒާރާގެ ކަންކަން ކުރިޔަށްދިޔަ މައިގަނޑު ސަބަބަކީ އެ ވަޒީރުންނަށް ކުޅިވަރާއި ގުޅުންހުރި ގިނަ ކަންކަން ނޭނގުމެވެ. ނުވަތަ ސިޔާސީ ކަންކަމަށް މާބޮޑު އަހައްމިއްޔަތުކަމެއް ބެހެއްޓުމެވެ.

"މިހާރު އެއްކަމަކަށް އަޅުގަނޑު މިތަނަށް ހަވާލުވި އިރުވެސް އަޅުގަނޑަށް އެނގޭ ހުރިހާ އެސޯސިއޭޝަނެއްގަވެސް ތިބީ ކޮން ބޭފުޅެއްކަން، ރައްޓެހިން، ކޮންމެވެސް އިރެއްގައި ކުޅިވަރެއް ކުޅެވިފަ އޮޮންނާނެ، ރަސްމީކޮށް ދެކެވޭ ވާހަތަކުން އެނގޭ ބައެއް ބޭފުޅުންނަށް (ކުރީގެ ވަޒީރުން) ކުޅިވަރު އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާތީ ވެގެން އެބަހުރި ވަރަށް އެހެން ކަހަލަ ޖަވާބުދީފަ، އަޅުގަނޑު ގަބޫލުކުރަނީ ކުޅިވަރު އެނގިވަޑައިނުގަންނަވަނީ ހެން، އަޅުގަނޑަށް ކަމެއް ކޮށްދެވެން އޮވެ އަޅުގަނޑު ހިފަހައްޓައިން ނުހުންނާނެކަން ހުރިހާ އެސޯސިއޭޝަންތަކަށް އެނގޭނެ، އަދި އަޅުގަނޑު އަމިއްލައަށް އެބަ ގުޅަން އެ ވާހަކަތައް ހިއްސާކުރަން އެސޯސިއޭޝަންތަކުގެ ވެރިންނަށް، އަދި އެތްލީޓުންނަށްވެސް އެބަ ގުޅަން"

ޔޫތް މިނިސްޓަރ މަހްލޫފް ވަގުތަށް ދެއްވި ހާއްސަ ބަސްދީގަތުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މަހްލޫފް ވިދާޅުވީ ކުޅިވަރާއި ޒުވާނުންނާއި ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވާތީ ކުރިން ވަޒީރުކަން ކުރި މީހުން ހިތްހަމަވެސް ނުޖެހޭ ކަމަށެވެ.

"މިސާލަކަށް ސިންތެޓިކް އަޅާއިރު ކޮންކްރީޓަށް ބަލަން ހުރުން ކަމަކު ނުދިޔަ، އެކަމު އެތަނަށް ގޮސް ބަލާހެދީމަ މަސައްކަތް ކުރާކަން އެނގެނީ، އަޅުގަނޑު އިންނަން ފުޓުބޯޅަ ދަނޑުގެ ކޮންޓްރެކްޓަރަށް ގުޅައިގެން ކިހިނެއްތޯ ދަނީ ބަލަން، އެވަރަށް ޕުުޝް ކޮށްގެން، އެވަރަށް މަސައްކަތްކުރާ އިރުވެސް ބައިވަރު މަސައްކަތްތައް ނުވެ ހުރޭ، މިތާނގައި (ވުޒާރާގައި) އުޅޭ ސްޓާފުންވެސް ބުނާނެ މާ ބޮޑަށް ކަންކަމުގެ ތެރެއަށް ނުވަންނަން، އަޅުގަނޑު އެހެން ނުހަދާނަމަ ސްޕީޑު އެބަ މަޑުވޭ ބައެއް ފަހަރު، އެހެންވީމަ އެކަން ކުރާނަން" މަހްލޫފް ވިދާޅުވިއެވެ.

ކުޅިވަރުތަކުގެ ފަރަގު ނައްތާލައި އެއް ހަމައަކުން ހުރިހާ އެސޯސިއޭޝަނަކަށް އެހީ

މީގެކުރިން ބޮޑެތި ކުޅިވަރު އެސޯސިއޭޝަންތައް ކަމުގައި ގުނާ ފުޓުބޯޅަ، ބާސްކެޓް، ވޮލީ ފަދަ ކުޅިވަރުތަކަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށްދިޔަ އެސޯސިއޭޝަންތަކެވެ. ނަމަވެސް ކުދި އެސޯސިއޭޝަންތަކާއި އޮތް ފަރަގު ނައްތާލާ މި ސަރުކާރުން ވަނީ އެއް ހަމައެއްގައި ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ފުރުސަތުދީފައެވެ.

އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެވޭ މުސާރައިގައި ހުރި ފަރަގު ނައްތާލުމަކީވެސް ރައީސް ސާލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، މި ސަރުކާރުން އަންނަނީ ކޮންމެ ކުޅުންތެރިއަކަށް 5،000 ރުފިޔާ އަދި އޮފިޝަލަކަށް 2،500 ރުފިޔާގެ ރޭޓުން އެލަވަންސް ދެމުންނެވެ.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބައެއް ކުޅިވަރުތަކަށް މީގެ ކުރިން އެއް ލައްކަވެސް އަހަރަކު ނުލިބޭއިރު، އެއްވެސް ތަފާތު ކުރުމެއް ނެތި ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ. ކުޅުންތެރިންގެ ތަމްރީނާއި ޓީމުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެތައް މިލިޔަން ރުފިޔާއެއް ދައުލަތުން މި ދެ އަހަރު ޚަރަދުކޮށްފައިވާއިރު، ފާއިތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އެންމެ ކާމިޔާބު ދެ އަހަރެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި މުބާރާތްތަކުން ރާއްޖެއިން ވަނީ ޖުމްލަ 38 މެޑަލް ހޯދާފައެވެ. އެގޮތުން 12 ރަން މެޑެއްޔާއި، ހަތް ރިހި މެޑަލް އަދި 19 ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ބުރުގާ

  މަހުލޫފު ބުނިގޮތައް 1 ނޮވެންބަރައް މާލޭ ކުޅިވަރު އެކުވެނި ދުވާ ޓްރެކް ހަދާ ނިންމާފަދޯ އެއޮތީ؟؟! މިހާރު މާލޭގަ ދިރިއުޅޭ މީހުން ކަސްރަތުކޮއް ދުވެހަދަން ޖެހެނީ މަގުމަތީ ވެހިކަލްތަކާއެކީ. މޮޅު އިނގޭ. ތިގޮތައް ނޫސްތަކުގަ އާއި ފޭސްބުކުގަ "މަ މޮޅޭ" ޖަހާފަ ކިތަންމެ ލިޔުމެއްވެސް ލިޔެވިދާނެ.

  40
  6
  • ކޮހުން

   ކޮހުން ގިނަވެފައި ޅޮހުން ގިނަވެފައި އަނގަގަދަ މިތުރުން ގިނަވެގެން ހޮވޭ މީހަކު ހޮވޭނެ. ތިއޮތީ އެހެންވެފައި. މިނޫނިއްޔާ ޔޫތު މިނިސްޓަރަކަށް ކޮހަކު އައިފަހަރެއް އަދި ތިޔަ މިނިސްޓްރީ އުފެއްދި ފަހުން ނާދޭ. މިއަށްވުރެ ދަށްކޮށް ތިޔަ މިނިސްޓްރީ ހިނގި ޒަމާނެއް ތިޔަ ތަން އުފެއްދި ފަހުން އަދި އައިސްފައެއް ނެތް.

 2. ފާއިޒާ

  މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެނޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަކީ ހަގީިގަތުގައި ވަަރަށް ބޮޑު މެންޑޭޓް އެއްއޮނަ ތަނެއް، ނަމަވެސް، ކިތަންމެ ގިނަ މަސްރޫތަކެއްހހިންގިކަމުގައި ވިޔަސް އެކަށީިގެންވާ ވަރާ ގާތަށްވެސް ދިވެހިރާއްޖޭގެ ޒުވާނުންނަށް ޚާއްސަ ޕޮލިސީ ތަކެއްވެސް ނެހެދެއެވެ. އެކަށީގެންވާ ކަންތައްތަކެއްނުކުރެވެ. އަދި ކޮބާތޯ ކޮމިއުނިޓީ އެމްޕަވަމަންޓް. ތިޔަ މިނިސްޓްރީގެ ނަންބަދަލުކޮށް ކިޔަން ފެންނަނީ މިނިސްޓްރީ އޮފް ސްޕޯޓްސް.

  24
  5
 3. Anonymous

  ޙަވާލުވިތާ މަދުދުވަސް ކޮޅެއް ނަމަވެސް ޓުއަރިޒްމް މިނިސްޓަރ މައުސޫމް ވެސް އެއީ ހަމަ ދެވަނަ އެއްނެތް ފަދަބޭފުޅެއް 👍

  5
  24
 4. އަނގަތައް

  ޢާކަމެއް ކު ރިތަ. މުޅިންވެސް ހު ރީ ކު ރީސަ ރުކާ ރަުން ފެއްޓި ކަންތައް.

  28
  5
 5. އައްޑޫ މީހާ

  މިނޫހުން މިސަރުކަރުގެ ވަޒީރުން ޕްރޮމޯޓް ކުރަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ ވެރީ ސޮރީ

  42
  3
 6. ލިއޯ މެސީ

  ހުސް ފޭކް ވާހަކަ

  30
  4
 7. ފަރޫ

  ނޫސްވެރިކަމަކީ ފައިސާއަށް ވިކޭ އެއްޗެއްްކަން ވަރަށް ރަނގަޅަށް ހާމަވެެއްޖެ 👍👍👍 މީގެ ދުވަސްކޮޅެއް ކުރިން މިސަރުކާރުވަރުގެ ނުބައި ބައެއް ނެތް. މިހާރު ކޮންމެ ދުވަހަކު ކޮންމެވެސް މިނިސްޓަރެއް ޕްރޮމޯޓުކުރުމުގަ

  45
  2
 8. ޏަމް

  މަހުލޫފު އެންމެ ރަނގަޅި އަނގަކޮހަން..،...،. މިވަރެއްނެތް.

  15
 9. ައަހާ

  އެންމެ މަވެގެންއުޅޭ އެންމެ ކޮރަޕްޓްއެއް މިނިސްޓްރީ. ކުރާކޮންމެ މަސައްކަތެއްގައި ކޮރަޕްޝަން. ސުމެއްގެ ވަޒީރެއް

  12
 10. ޣޯސް

  ތިޔަ ވުޒާރާގެ މެންޑޭޓް ތެރޭ ހިމެނޭ އެންމެ ކުޑަކަންތައް އެއީ ކޮބާ ޒުވާނުން އެމްޕަވަރ ކުރުމަށް ކުރި މަސައްކަތެއް. ފުޓްސަލް ދަޑާ ޕާކަކީ ލޯނުނަގާ ކޮރޮޕްޝަންތެރޭ ނުއަގުގައި ކައިރި މީހުންލައްވާ ކުރުމަކީ ކާމިޔާބެއްނޫން

 11. މުހައްމަދު އަންޖުމް

  ރޯބުހުތާން ދޮގުވާހަކައެއް ބަލަގަ ތިބުނާވަރަށް ކުރިކަމެއް ކާކަށްފެނުނީ ކޮންތާކަށް ހަމަހިލާވެސް ނެތްކަމެއްކޮށްފައެއް ހަމައެކަނި މާލޭގެ ޓްރެކް ދަނޑުގައި ޓްރެކްޓަރު ބެހެއްޓީމަ އެވާނެތަ މުޅިގައުމުގެ ކުޅިވަރު ތަރައްގީ ކުރެވުނުކަމަށް އެހެން ހިސާބްތަކުގަ ތިބެނީ ރައްޔިތުންނެއްނޫންތަ އެމީހުން ވޯޓެއް ނުދޭތަ އެމީހުން ކަސްރަތު ކުރާކަށް ނުޖެހޭނެތަ ވާވާ ހަމަ މަޒުމޫނުތަކެއް މޮޅުހެޑްލައިނެއް އެޅުނީމަ ނިމުނީތަ ކިހިނެއްވެފަތަ ތިބެނީ ވިކިހުސްވެފަތިބެނީ އުތަ

  8
  1
 12. ާައަހުމަދު

  މީ ނޫސް ގަނެގެން އަމިއްލަ މޮޅުވާހަކަ ދައްކަނީ. މީ ޓާފް ދަނޑު ވަޒީރޯ. ގިނަމީހުން ތުހުމަތު ކުރާގޮތުގަ މީވެސް ބުރޯ ފަޅީގެ ވަޒީރެކޯ އެއީ ތެދެއްބާ.

  12
  1
 13. ނަސިދު

  ޥަގުތުގައި މަގޭ ހަބަރު ޖަލާލަން ކިތައް ރުފިޔާތަ ދޭންޖެހެނީ

  11
  1
 14. ޔެގް

  އެންމެ ދެއްކުންތެރި

 15. ބޮލި މުލައް

  އަމަލާ ބަސް އޮތީ މާލެއަށް ކޮންރަށަކަށް މިސަރުކާރުން ކުޅިވަރުގެ އާ މަޝްރޫޢެއް ފެށީ؟