ހޮނިހިރު ދުވަހު ޔޫކްރޭންގެ ކިއެވް ގައި ރެއަލް މެޑްރިޑާއި ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ކުރިން ލިވަޕޫލްއަށް ކުޅޭ މުޙައްމަދު ސަލާހު ރޯދަ ނުހިފާނެކަމަށް ލިވަޕޫލްގެ ފިޒިއޮތެރަޕިސްޓުން ބުނެފިއެވެ.

މިސްރަށް ނިސްބަތްވާ މުހައްމަދު ސަލާހު ވަނީ މިހާތަނަށް ރަމަޟާން މަހުގެ ހުރިހާ ރޯދައެއްވެސް ހިފާފައެވެ. އިސްލާމް ދީނުގައި ރޯދަ ނުހިފުމަށް އޮންނަ އުޒުރަކީ ކޮންމެހެން ވެސް ރޯދަ ދޫކޮށްލަން ޖެހޭ ހާލަތެއް މެދުވެރި ވެގެން ނުވަތަ ދަތުރު މަތީގައި ހުރި މީހަކަށް ވުމެވެ. ހޮނިހިރު ދުވަހު ސަލާހު ދިގު ދަތުރެއް ކުރާނެ ކަމަށް ރިޕޯޓު ތަކުން ބުނާއިރު އޭނާ އަށް ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ.

ކުރިން ބޭރު މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި ސަލާހު މިދުވަހު ރޯދަ ހިފާނެއެވެ. ނަމަވެސް ލިވަޕޫލްގެ ފިޒިއޯ ރޫބެން ޕޮންސް ބުނެފައިވަނީީ ޗެމްޕިއަންސް ލީގު ފައިނަލަށް ތައްޔާރު ވުމުގެ ގޮތުން ހުކުރު އަދި ހޮނިހިރު ދުވަހު ސަލާހު ރޯދަ އަށް ނުހުންނާނެ ކަމަށެވެ. "އަހަރެމެން މާބެލާގައި ތިއްބާ ނިއުޓްރިޝަނިސްޓެއް ވަނީ ސަލާހު އަށް 'ވޯކް ޕްލޭން' އެއް ހަދައި ދީފައެވެ. މާދަމާ އަދި އޭގެ އަނެއް ދުވަހުވެސް ސަލާހު ރޯދަ ނުހިފާނެއެވެ. މިހެންކަމުން ފައިނަލުގައި އޭނާ އަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

ލިވަޕޫލްގެ ކޯޗު ޖާޖެން ކްލޮޕް އާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެއީ އަމިއްލަ ކަމެއް ކަމަށާއި، އެކަންތައް އިނގޭނީ ސަލާހު އަށް އެކަނި ކަމަށެވެ. "ދީނަކީ ޕްރައިވެޓް އެއްޗެއް، މިކަމާއި ބެހޭގޮތުން އެއްވެސް އެއްޗެކޭ ބުނެވޭކަށެއް ނެތް، ނަމަވެސް ފައިނަލް މެޗުގައި ސަލާހު ފެނިގެން ދާނެއެވެ. ފަރިތަކުރުން ތަކުގައި އޭނާގެ ގައިގައި ހުރީ ހުސް 'ޕަވާރ' " މެޗުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކްލޮޕް ބުންޏެވެ.

ރަމަޟާން މަސް ފެށުމަށްފަހު ސަލާހު އަދި އެއްވެސް މެޗެއް ކުޅެފައި ނުވާއިރު އޭނާ އެންމެ ފަހުން ކުޅެފައިވަނީ ބްރައިޓަން އާއި ދެކޮޅަށް އެނާގެ 32 ވަނަ ގޯލު ޖެހި މެޗުގައެވެ. އެއީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    މިހަބަރުން ދީނައް ފުރައްސާރަ ކުރެވޭ. މާމޮޅު ވާހަކަޔަކަށް ހަދައިގެން ގެނެއްސް ތިދެނީ،

  2. ޜުސްދީ

    ޙަމަ ކަށަވަރުން ދުނިޔެ އައްޓަކައި އާހިރަތް ގެއްލުވާލި މީހެކެވެ.

  3. އެދުރު

    އަހަރުންނަށް ކޮން ކަމެއް ސަލާހު ކޮންމެ ގޮތަކަށް އުޅުނަސް ،

  4. ސަލާހް

    ސަލާހު ނަމަނަމަ ރޯދަ ދޫނުކުރާތި...

  5. ރޯދަ ބެއްޔާ

    ކަލޯ ދެދުވަސް ދޫކުރީމަ އޭތި ކަޑަ ދޯވް ބްރަވް

  6. ރޯދަ ބެއްޔާ

    ކަލޯ ދެދުވަސް ދޫކުރީމަ އޭތި ކަޑަ ދޯވް ބްރަވް............

  7. ...

    ؟؟؟؟؟