(އައްޑޫ ސިޓީ/ ހިތަދޫ) އައްޑޫގައި ކުޅިވަރު ކުޅެވޭނެ ފެސިލިޓީތައް ވަރަށް ފުރިހަމައަަށް ގާއިމް ކުރެވިފައިވާ ކަމަށާއި އަމާޒަކީ މި ފެސިލިޓީތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ އޮލިމްޕިކް ފެންވަރުގެ އެތްލީޓުން އައްޑޫން އުފެެއްދުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

"ވަގުތު"ގެ ނޫސްވެރިން އައްޑޫއަށް ކުރަމުންދާ ހޭރިޔާ ދަތުރުގައި ނޫސްވެރިންގެ ޓީމުން އައްޑޫ ސިޓީގެ ކައުންސިލަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވަގުތުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސޯބެ ވިދާޅުވީ ކައުންސިލުން އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭނަށް ބަލާލިކަމުގައި ވީނަމަވެސް ކުޅިވަރުގެ ބައިވަރު ކަންތައްތަކެއް ހިމެނިފައިވާތަން ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކުލަވާލާފައިވާ ޑިވެލޮޕްމެންޓް ޕްލޭނަށް ބަލާލިޔަސް ފެނިގެންދާނެ ކުޅިވަރުގެ ގިނަކަންތައްތަކެއް ހިމެނިފައިވާތަން. އަދި ކުޅިވަރުގެ ކަންތައްތަކަކީ އަޅުގަނޑުމެން މަޖަލަށް ވަގުތެއް ވީމަ ކުރާ ކަމެއްގެ ބަދަލުގައި ވަރަށް ސިސްޓެމެޓިކްކޮށް ރަނގަޅު ސޮސައިޓީއެއް ބިނާކުރުމަށް ވިސްނައިގެން ރަނގަޅު ސިއްހަތަށް ފައިދާހުރި ކާނާ ކާންދީގެން ކުޑަކުއްޖަކު އޮލިމްޕިކް އެތްލީޓަކަށް ހެދުން ޑިވެލޮޕްމަންޓް ޕްލޭންގެ ބޭނުމަކީ". ސޯބެ ވިދާޅުވިއެވެ.

"މިއަދަކު މާދަމާއަކު މި ޕްލޭންގެ ނަތީޖާ ނުފެނިދާނެ. އެހެންނަމަވެސް އެކުދިން ރަނގަޅަށް ބަލަހައްޓައިގެން ސްކޫލް ދައުރުން ފެށިގެން މިޕްލޭން ރަނގަޅަށް ޖައްސައިފިނަމަ ރަނގަޅު ތަމްރީނަކާއި އެކު ރާއްޖޭގައި އޮލިމްޕިކް މެޑަލިސްޓުންތަކެއް ނުއުފެއްދޭންވީ އެއްވެސް ސަބަބެއް ނެތް" ސޯބެ ވިދާޅުވިއެވެ.

މީގެއިތުރުން ސޯބެ ވިދާޅުވީ ބައެއް ފަރާތްތަކުން ދިވެހިންނަކީ ނާގާބިލު ބައެއްކަމަށް ހީކުރިނަމަވެސް އެތައް ފަހަރެއްގެ މަތިން ދިވެހިންގެ ގާބިލުކަން އެތައް ދިވެހި ދަރިޔަކު ސާބިތުކޮށްދީފައިވާކަމަށެވެ.

"ބައެއް މީހުނަށް ހީވެދާނެ އަޅުގަނޑުމެން ހުސް "މަސް" ކައިގެން އުޅޭ ބަޔަކަށް ވީމައި އެންމެ މޮޅެތި އެތްލީޓުންގެ މެދުގައި ނުހިމެނިދާނޭ. އެކަމަކު ހަމަ އަޅުގަނޑުމެންގެ ދިވެހި ދަރިއެއް ކާމިޔާބުކޮށްދިން ރީތި ލަނޑެއް ހަމަ އޭއެފްސީގެ އެންމެ ރީތި ގޯލެއްގެ ގޮތުގައި ހިމެނިގެން އެދިޔައީވެސް" އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ ހިތްގައިމު ރީތި ލަނޑަށް އިޝާރާތް ކުރަމުން ސޯބެ ވިދާޅުވިއެވެ.

އަޝްފާގު ފަދަ އިތުރު އެތައް ކުދިންތަކެއް އުފެއްދިދާނެ ކަމާއިމެދު ޝައްކު ނުކުރާކަން ސޯބެ ފާހަގަ ކުރެއްވިއެވެ.

ސޯބެ ވިދާޅުވީ އެންމެ ކުޑައިރުއްސުރެ ރަނގަޅަށް ބެލެހެއްޓި، އެކަށީގެންވާ ތަމްރީނުތަކެއްގެ އިތުރުން ރަނގަޅު ފައިދާހުރި ކާނާ ކައި، ހެލްތީ ލައިފްސްޓައިލެއްގެ ތެރެއިން ކުދިން ބޮޑުކުރެވިއްޖެ ކަމުގައި ވާނަމަ މާދުރުނޫން މުސްތަގްބަލެއްގައި މި ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން އޮލިމްޕިކް އެތްލީޓުންތަކެއް އުފެއްދިދާނެ ކަމަށެވެ.

އައްޑޫ ސިޓީއަކީ އެތަނަކުން މުޅި ރާއްޖެވެސް ފަހުރުވެރިވާފަދަ ދިވެހި ދަރިންތަކެއް އުފައްދާފައިވާ ސިޓީއެކެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރު މުހަންމަދު އާރިފް (ބަކާ) އަކީ އައްޑޫއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އަދި ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) އަކީ އައްޑޫގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން އުފެދިގެން އައި ކުޅުންތެރިއެކެވެ. މީގެ އިތުރުން ފުޓުބޯޅަ ނޫން އެހެން ކުޅިވަރުތަކުންވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އެތައް އެތްލީޓުންނެއް އުފެދިގެންއައީ އައްޑޫގައި ހިންގޭ ތަފާތު އެތައް ކުޅިވަރު ޕްރޮގްރާމް ތަކެއްގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މީނާ ހެޑްލައިނަށް އަރަން ވެގެން އޭއްޗެކޭކޭ މީއްޗެކޭ ނިކިޔަނީ އިންތިހާބުކާރިވީމަ. މީގެ ކުރިން މީނަ އޮތީ ނިދާފައި ދެން މިހާރު އަންނި ބުނެގެން މީހުން ބޮލަށް ޗިޕުޖަހާ ން އެފެށީ، ބަލަ ކަލޭމެން އެއްޗެއް ނުދިނަސް ގިނަ މީހުން އެމީހުންގެ ދަރީންނަށް ކިޔަވަދީ ވަނަ ތައް ހޯދަން ދާއޮހެރުވައިގެން މަސައްކަތް ކުރެއޭ، އެކަމަކު އެ ވަރަށް ކިޔަވަދީ ސަނަދުހޯދިޔަސް ބޮޑެތި މަގާމުތައް މި ލިބެނީ ތަނެއްދޮރެއް ނުދަންނަ ޖާހިލުންނަށް. ކަލޭ ލަދުކޮބާ

    14
    • ޙދ

      👏🏼👏🏼👏🏼ހަ މަ ރަގަޅަ ތިބުނީ.. ކިޔަވައިގެން ހުންނަ މީޙާ ޖެހެނީ ސަލާން ޖަހަން. ޥަޒީފާ ދެނީ އެ މީހުންގެ އައުވާނުންނަށް

  2. Anonymous

    ރަނގަޅު ސިއްހަތަށް ފައިދާހުރި ކާނާ ކާންދީގެންނޭ....... ކަލޭ މެންތަ ތިބުނާ ކާނާ ކާންދެނީ، މޮޅު ވާހަކަނުދައްކާ، މި ސަރުކާރު އައިފަހުން ހީވަނީ އެއްޗެހީގެ އަގު ހެޔޮ ވީއޭ ދޯ ކޮންތާކު ވީ ހެވެއް، ނުފޯރާފޮތިން ފޫގަޅަން އުޅުނީމަ ފެންނަ އެތި ފެނިފަތިއޮތީ، ރައްޔަތުން ހަނާވެގެން ދަރިން ބަލަނީ ބުރަ މަސައްކަތް ކޮށްގެން، ތިޔަހެން ކަމެއް ނުކޮށް ގޮނޑިހޫނުކުކޮށްގެނެއްނޫން

    15
  3. Anonymous

    ބީތާ ވެފައިވާ ބައިގަނޑެއް ވެސް އުޅޭ ތަނެއް އައްޑޫއަކީ އެހެންވީމަތާ އިންޑިއާ މީހުންނަށް މިލިޓަރީ ބިސް އަޅަން ދީގެން ތިތިބެނީ ކުރިއަތްއޮތްތާ ކިރިކެޓު ކުޅެގެން ރަންވަނަ ހޯދާނީ

    13
    1
  4. Anonymous

    އަޝްފާގުމެނަކީ ފަސްވަގުތު ނާޅާ ނަމާދުކުރާ ބަޔެކޭ ކަލޭ މިެިންޒަމާނެއްގާ ސަޖިދައެއް ޖެހިންތަ ތިކަހަލަ އަންނިއަށް މަރުދޭ ގިނަމީހުންނަކީ ވަރަށް ފާސިދު މުނާފިގުބައެއް

    12
    1
  5. ސަމީ

    ޓާގެޓަކީ އިސްތިއުފާ ދީފަ ގޭގަ ހުންނާޝޭ ބުނިި ނަމަ މާ ތާހިރުވީސް

    8
    1
  6. Anonymous

    އައްޑޫ އަކީ މިހާރު އިންޑިއާގެ އަވަށެއް! މިހާރު މަގުގައި ތާރު އަޅަނީ، ބުރިޖުވެސް އަޅައިފި،😂😂😂😂😂😂

    1
    1
  7. އަސްމާ

    ޓާގެޓަކީ މޯދީ އަށް އަޅުދާސްތުވުމޭ ބުނިއްޔާ ރީތީވާނެ

  8. ބުއްޅަބޭ

    އަސްލުވެގެން އުޅޭގޮތަ ކީ ލެގަސީއެއްނެތް. ލިޔާނެ އެއްޗެއްނެތް. ދެން އަމިއްލަޔަށް ތިމަންނަ ކޮށްފައި ހުރި މޮޅުބުއްދީގެ ވާހަކ ކިޔައިދީ ހަދަނީީ ދެން އަންނަ މޭޔަރަ ކު ކުރަން އައު ކަމެއް ނެތް ކަން އަންގައިދޭން.
    ތިއީ 3..4 ދައުރަށްހޮވި، ކަމެއް ކޮށްނުދެވުނު މީހެއް.
    ތަފާތު ސިޔާސީ ފި ކުރުތަ ކާއި އެ ކު ކަން ކުރަން ނޭނގުނު ބީތާއެއް

  9. މަހިބަދޫ މީހާ.

    މަހިބަދޫގަ އެހާގިނަ މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެދެނީ ކޮން އެއްޗެއް ކާންދީގެންބާ؟ސޯބެ ކަލޭ ދެން މާގިނަ ވާހަކަ ނުދަށްކާ މަޑުން ހުރެވޭތޯ ބަލާ

  10. ާަހ

    ކޮރަޕްޓް ސޯބެ

  11. އެމަންޖެ

    ތި އެއްވެސް ބަޔަކު އުފައްދާކަށް މިހާރު ނުޖެހޭނެ މޑޕ ގަ ތިބޭނެ ހުރިހާ ފެންވަރެއްގެ ބޭފުޅުން.