ކާމިޔާބު 3 ސީޒަަނަށްފަހު ރިއަލް މެޑްރިޑުެ ކޯޗު ޒައިނުއްދީން ޒިދާނު ވަނީ ރިއަލް މެޑްރިޑު ދޫކޮށްލާފައެވެ. ނަމަވެސް ރޮނާލްޑޯ އޭނާގެ ނިންމުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ވޭތޯ އަހާލުމުން އޭނާ ވަނީ އެކަން ދޮގު ކޮށްފައެވެ.

ބުރާސްފަތި ދުވަހު ޒިދާން ވަނީ އޭނާ ރިއަލް މެޑްރިޑުގެ ކޯޗު ކަމުން އިސްތިއުފާ ދޭން އިންޓަވިއު އެއް ބާއްވާފައެވެ. ފަހު ޕްރެސް ކޮންފަރެންސް ގައި ނޫސްވެރިން ވަނީ ޒިދާން އާއި ރޮނާލްޑޯ އާއި ބެހޭގޮތުން ސުވާލުތަކެއް ކޮށްފައެވެ.

"އަހަންނަށް ހުރިހާ އެންމެންގެ ިތުބާރު ލިބުނު، އެއީ ކާމިޔާބު ކަމާއި އެކީ މިތިން ސީޒަން ނިންމާލެވުނު ސަބަބަކީ" ޒިދާނު ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އެއްވެސް ކުޅުންތެރިޔަކު އޭނާގެ ނިންމުމުގައި ރޯލެއް އަދާކޮށްފައި ނުާކަމަށާއި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ޒިދާނު ބުނެފައިވަނީ އޭނާ ރިއަލް މެޑްރިޑުގެ ކޯޗު ކަމުން އިސްތުއުފާ ދިނުމުގެ ކުރިން ކެޕްޓަން ސާޖިއޯ ރާމޮސް އާއި ވާހަކަ ދައްކާފައި ވާކަމަށެވެ. " ޓީމަށް އިނގޭ އަހަރެން ދާކަން، ކޮންމެ ކުޅުންތެރިޔަކާއި ވަކި ވަކިން ވާހަކައެއް ނުދައްކަން ނަމަވެސް އެންމެނަށް އިނގޭ"

ރާމޮސް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ކެޕްޓަނެއްގެ ގޮތުން އޭނާ ވަނީ ޒިދާން އާއި އެކީ އުޅެފައި ކަމަށާއި، ޒިދާނުގެ ނިންމުމަށް ރާމޮސް އިހުތިރާމު ކުރާ ކަމަށެވެ. ނިންމާލަމުން ރާމޮސް ސިފަ ކޮށްފައިވަނީ ޒިމްމާދާރު ލީޑަރެއް ކަމަށާއި ކެޕްޓަނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު