މިމަހުގެ 14 ވަނަ ދުވަހު ފެށޭ ފީފާ ވޯލްޑް ކަޕުގެ ކުރިން ޖަރުމަނު އަދި އޮސްޓްރިއާ ބައްދަލު ކުރި އެކުވެރި ކަމުގެ މެޗުން ޖަރުމަނު ބަލި ވެއްޖެއެވެ.

ޖަރުމަނުކެ ކެޕްޓަން، ކީޕަރު ނޯޔާ މިދިޔަ އަހަރު ސެޕްޓެމްބަރުގެ ތެރޭގައި ފަޔަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައީ ވޮލްޑް ކަޕަށް ބާކީ 15 ދުވަހަށް ވެފައި ވަނިކޮށެވެ. ނޯޔާގެ ފައި ބިންދައިގެން ދިޔުމަށްފަހު އަނިޔާއިން ސަލާމަތް ވެފައިވާއިރު ޖަރުމަނުގެ ފުރަތަމަ މެޗު ވޯލްޑް ކަޕުގައި ކުޅެން ޖެހެނީ މެކްސިކޯ އާއި ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އޮސްޓްރިއާގެ ކީޕަރު އަތުން ހެދުނު ގޯހެއްގެ ސަބަބުން ޖަރުމަނުގެ ފޯވާޑު މިސުޓް އޮޒިލް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހުޅުވާލާފައެވެ. ނަމެވެސް ދެވަނަ ހާފު ފެށިގެން އޮސްޓްރިއާ އިން މޮޅު ކުޅުމެއް ކުޅެ، މެޗުގެ 53 ވަނަ މިނެޓުގައި އޮސްޓްރިއާގެ މާޓިން ހިންޓަރަގާ ވަނީ އެޓިމަށް ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

ޖަރުމަނު ކޮޅަށް ޖެހި ދެވަނަ ގޯލު އެލެސްންދްރޯ ޝޮފް ޖެހުމުގެ ސަބަބުން މެޗުން މޮޅުވެ އޮސްޓްރިއާ ވަނީ 32 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖަރުމަނު ބަލި ކޮށްފައެވެ. މީގެ އިތުރުން ފްރަންކޯ ފޯޑާ ނޮވެމްބަރު މަހު އެޓީމާއި ހަވާލު ވިފަހުން މެޗަކުން ބަލިވެފައެއް ނުވެއެވެ.

ވޯލްޑް ކަޕުގެ ކުރިން ކުޅޭ ފަހު އެކުވެރި ކަމުގެ މެޗު ޖަރުމަނު ޓީމުން ކުޅޭނީ ކުރިޔަށް އޮތް ހުކުރު ދުވަހު ލެވަކޫސެންގައި ސައުދީ އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު