ފިލިޕީންސް ލީގުގައި ކުޅެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ޖަޕާނުގެ މިޑްފީލްޑަރ ޓަކާޝީ އޮޑަވާރާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އުމުރުން 28 އަހަރުގެ މި ކުޅުންތެރިޔާއަކީ މީގެކުރިން ފިލިޕީންސް ލީގުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. ބެލެވޭގޮތުގައި އޭނާ މާޒިޔާއަށް ގެނައީ މިހާރު މާޒިޔާގެ ކޯޗުކަމުގައި ހުރި ސާބިއާގެ ރިސްޓޯގެ އެދުމުގެ މަތިންނެވެ. ފިލިޕީންސްގެ ސެރެސްގައި ޓަކާޝީ ކުޅުނުއިރު ކޯޗަކަށް ހުރީ މިހާރުގެ މާޒިޔާ ކޯޗެވެ.

ކުރިޔަށްއޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓީމުގެ މެދުތެރެއަށް ގެނައި މި ކުޅުންތެރިއާ އަކީސެރެސް އިން މިދިޔަ އަހަރު ފިލިޕީންސް ލީގާއި ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް

ސާބިއާގެ ރިސްޓޯ ވިޑަކޮވިޗާ އެކު ފިލިޕީންސް ލީގުގެ ސެރެސްގައި މަސައްކަތްކޮށްފަ އެވެ. އަދާކުރި ޓަކާޝީ ގެންނަން މާޒިޔާ އިން ނިންމީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

ފިލިޕީންސް ލީގުން ވިދާލި މި ކުޅުންތެރިޔާގެ ޔޫތު ކެރިއަރު ފަށާފައިވަނީ ޓޯކިޔޯ ޔުނިވާސިޓީ ޓީމުންނެވެ. ފިލިޕީންސް ލީގުގެ ޖޭޕީވީ މަރިކީނާއަށް އޭނާ ވަނީ 2015 ފެށިގެން ތިން އަހަރު ކުޅެފައެވެ. އޭގެފަހުން 2018 ގައި ލީގުގެ ޑަވާއޮ އަށް ކުޅުމަށްފަހު ޖެހިގެން އައި ދެ އަހަރު އޭނާ ކުޅުނީ ސެރެސް އަށެވެ.

ޓަކާޝީ އާއެކު މިހާރު މާޒިޔާގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ޑިފެންޑަރ ޕީޓާ ޕްލަނިޗް ގެ އިތުރުން ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް އެވެ.

އަންނަ މެއި މަހު ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ.

ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.