ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް އަލުން އަނބުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ގެނެސްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މާޒިޔާއަށް ގެނައި އެ ޓީމުގެ ކީޕަރަކަށް ގެނައި ސާބިއާގެ ނިކޮލާ ވުޔަނަޗް ދޫކޮށްލުމަށްފަހު އެވެ. މީގެއިތުރުން ސާބިއާގެ ޑިފެންޑަރ ޕީޓާ ޕްލަނިޗް ވެސް ވަނީ ދޫކޮށްލާފައެވެ.

އުމުރުން 33 އަހަރުގެ މަހުމޫދު މީގެކުރިން ވަނީ 2017 ވަނަ އަހަރުވެސް މާޒިޔާއަށް ކުޅެފައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. އޭނާއަކީ ދިވެހި ޓީމުތަކުގައި ރަނގަޅު ކުޅުމެއް ކުޅެފައިވާ ކީޕަރ

މަހްމޫދު އެންމެ ފަހުން ކުޅެފައިވަނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ އަލް-މުޖައްޒަލް އަށެވެ. އޭގެ އިތުރުން ސީރިއާ އާއި ސައުދީގެ އެހެން ކުލަބުތަކަށް ވެސް އޭނާ ކުޅުނެވެ.

މަހްމޫދް އާއެކު މިހާރު މާޒިޔާގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ދާދިފަހުން އެ ޓީމަށް ސޮއިކުރި ޖަޕާނުގެ މިޑްފީލްޑަރ ޓަކާޝީ އާއި ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ. މީގެ އިތުރުން އިތުރު ބިދޭސީ ކުޅުންތެެރިއެއް ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އަންނަ މެއި މަހު ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ.

ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުރަފި

    ދެން އަހަރެން ފިހާަރަ ރަނގަޅަށް ހިންގަން ބަންގުލަދޭސް މީހަކު ގެނައިމަ އެކަން މައްސަލަޔަކަށް ވަނީ!