ރާއްޖޭގެ ފުޓުބޯޅަ ސީޒަަން ނުފެށި ދިގުލައިގެންދާ މައްސަލައިގައި ހައްލެއް ނުލިބި ގިނަދުވަސްތަކެއް ވަމުންދާތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީއަށް އެދިވަޑައިގެންފި އެވެ.
މާޒިޔާގެ މީސްމީޑިއާ އެކައުންޓުތައް މެދުވެރިކޮށް އެހީއަށް އެދުނުއިރު، ލީގު ނުފެށށީ ދިގުލައިގެންދާ މައްސަލައިގައި މިހާތަނަށް ކަމާބެހޭ އިދާރާތަކުން އެންމެ ފުރިހަމަ އެއްބާރުލުމެއް ލިބިގެނެއް ނުދެއެވެ. އެއާއެކު އެފްއޭއެމުންވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އަދި ކުޅުންތެރިންގެ ހައްގު ހޯދައިދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.
ފުޓްބޯޅަ ހުއްޓިފައި އޮތް އޮތުމަށް ހައްލެއް ހޯދައިދިނުމަށް ރައީސް ނަޝީދުގެ އަރިހުން މާޒިޔާއިން އެދިފައިވާއިރު، މީގެކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެއާއެކު އެޗްޕީއޭއިން އެންގީ ހުރިހާ ކުޅުންތެރިންނާ އޮފިޝަލުން ވެކްސިން ޖެހުމަށެވެ. ނަމަވެސް ވެކްސިން ޖެހިތާ ގިނަދުވަސްތަކެއް ވީ ނަމަވެސް އެ ހުއްދަ އެޗްޕީއޭއިން ނުދެއެވެ.
ރައީސް ނަޝީދުގެ އެހީއަށް އެދި މާޒިޔާއިން ބުނީ މިއީ ވަރަށް ގިނަ ޒުވާނުން ޝާމިލުވާ ކަމެއް ކަމަށާއި މި ޒުވާނުން އާމްދަނީ ހޯދަނީ ބޯޅަ ކުޅެގެން ކަމަށެވެ. އަދި މިކަމުގައި ކުޅުންތެރިންނާއި ކުލަބްތަކަށް ހައްލެއް ހޯދައިދިނުމަށް އެދޭކަމަށެވެ.

ކުރިޔަށް އޭއެފްސީ ކަޕުވެސް އޮތްއިރު، މާޒިޔާއިން ވަނީ މިހާތަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ނުދީފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް އެ ކުލަބުން މީގެކުރިން ބުނެފައިވެއެވެ.

މާލެ ސިޓީގައި ކޮވިޑުގެ ވޭދަނަތަށް އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވިލޭ

    ސޮރީ މަޒިޔާ ތިއީ 20މީހުންގެކަމެއް ކޮބާ3ލައްކަދިވެހިރައްޔިތުންގެ ވާހަކަ ރ.ޔާމިން ނަމަރައްޔިތުންތިބޭނީހެވިފާ އަވްހައްރުކައްވޯޓްދޭންތައްޔާރުވޭ

    6
    2
    • ވަޓް އަ ޖޯކް!

      ހޮޓާ، ކެފޭ، ރެސްޓޯރެންޓްތައް ހުޅުވާފަ. ސަޕޯޓަރުން ނުވައްދާ ފުޓުބޯޅައެއް ނުކުޅެވޭ. މީދެން ވަރަށް ހަމަނުޖެހޭ ކަމެއް.

      3
      1
  2. ލައިލާ

    މާޒިޔާތިކަމެއްވާކައްނެއް

    4
    1
  3. ނަޝީދު

    މަހައްދޭބަލާ ކޮންނޮހޮރުއްޕާނެއް ހެޔޮދުވަހަކު ނުކުޅުނަސް

    7
    1
    • ދިވެހި ރޮނާލްޑޯ

      ދެން ވަރަށް ފަން

  4. އެލުކުސް އޮބި

    ނަޝީދު މީ ގައުމުގެ ރޫހާނޫ ލީޑަރ އަދި ފަހުބަސް އިއްވާ ފަރާއްތަ، އޭނަގެ އެހީއަށް ތިޔަ އެދެނީ މިދުވަސް ކޮޅު ހަނދަންވެސް މީހުން ގެންގޮސް ދޭނެ އޭނާ. ކުޅުންތެރިންނަށްވެސް ދިރިއުޅެވޭ ވަރަށް ކޮންމެވެސް އެއްޗެއް އެބަޖެހޭ އެފު އޭ އެމް އިން ހަމަ ޖައްސައިދޭން، މިދަނޑިވަލް ލީގު ފެށުމާ މަ ވެސް ދެކީޅު އެއީ ދިވެހި ފުޓްބޯޅަ ބަލަން ވަންނަށް މީހުން މަދުވެފަ ވާ އިރު މީހާރު ތިޔަބަލަން ދާނެ މީހަކު ހުރިހެން ހީނުވާތީ

  5. ަސދަސދަ

    ތިއީ އިސްތިއުފާދިން ރައީސް ބޭނުންވާގޮތް.
    އޭނާއަށް އާދޭސްކުރުން
    މިގައުމުގައި ހުންނާނެ ރައީސެއް. އޭނައަށް ނުވަންޏާ ބުނޭ އިސްތިއުފާދޭށޭ

  6. ޖުހާ

    ޖަވާބުގެ ނަސީދޫ ބުނާނީ ކަލޭމެން ވޯޓޫދޭނަންހޭ...
    ކޮބާ މާޒިޔާގެ ޖަވާބޫ؟

    3
    1