އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން އުޅޭކަން ނާންގާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އިސް އޮފިޝަލަކު ބުނީ އެޗްޕީއޭގެ ޑިރެކްޓަރު އަޙްމަދު ނާސިރަށް އެ ވާހަަ އެގޮތަށް ދެއްކުނީ އޮޅިގެން ކަމަށެވެ.

އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާސިރަށް ވިދާޅުވެވުނީ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބާއްވަން ޖެހޭކަމުގެ ވާހަކައެއް އެއްވެސް ފަރާތަކާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ.އަދި އެކަން ހިއްސާކުރުމުން، އަމަލުކުރާނެ ގޮތެއް އެޗްޕީއޭއިން ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އޭއެފްސީ ކަޕާ ގުޅޭގޮތުން އެފްއޭއެމުން މިހާތަނަށް ފޮނުވި އެއްވެސް ލިޔެކިޔުމަކަށް އެޗްޕީއޭއިން ޖަވާބުނުދޭ ކަމެވެ. އަދި އެކަށީގެންވާ އެއްބާރުލުން ނުދޭކަމެވެ.

ރާއްޖެއިން ވަނީ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ބޭއްވުމުގެ ބިޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އެފްއޭއެމުން ވަނީ ކަމާބެހޭ ފަަރާތްތަކުގެ ކިބައިން ލީގު ފެށުމުގެ ހުއްދައަށް އެދިފައެވެ. އެއީ އޭއެފްސީ ކަޕުގެ ކުރިން ރަނގަޅު މެޗުތަކެއް ކުޅުމުގެ ގޮތުންނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއްވެސް ފަރާތަކުން ފުރިހަމަ އެއްބާރުލުމެއް ނުދެއެވެ.

އެފްއޭއެމުން މަސައްކަތްކުރަނީ މި މުބާރާތުގެ މެޗުތައް މާލޭގެ އިތުރުން ލ.ގަމުގައި ބާއްވާށެވެ. އެއީ އެއްފަހަރާ ދެ މެޗު ކުޅެންޖެހޭތީ އެވެ. އެކަމާ ގުޅޭގޮޮތުން ކުރަންޖެހޭ މަސައްކަތްތައް އެފްއޭއެމުގެ ކަމާބެހޭ ޓީމުތަކުން ދަނީ ކުރަމުންނެވެ.

ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ.

ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެދުރުބެ

    މުޢައްސަސާ ތަކުން ފޮނުވާ އެއްޗެއްސަށް ވާނުވާ ނޭގޭ އިރު ޢާއްމު ރައްޔިތެއްގެ ކަމެއްގައި ތިޔަ ތަނުގެ ފެންވަރު ހުންނާނެ ވަރު ޢިޙްސާސް ކޮށްލެވޭ އެބަ.

  2. އަހުމަދު ނައީމް

    ސަރުކާރުގެ ފަރާތުން ދައްކާ ދަޢްކާ ވާހަކަ އަބަދުވެސް “އޮޅިފައި”!

  3. ދަރަނި ދަންތުރަ

    އޮޅޭ ނޮޅޭ ސަރުކާރު ސާބަސް ހަމަ

  4. އިސްތިއުފާ

    މުޒާހަރާ އަށް ނުކުންނަން އުޅޭ!

  5. ސަމިި

    އޮޅޭ.ސަރުކާރު

  6. ބޯންޖެހޭނެ ބޮވެންޖެހޭނެ..

    މިއީ ގިނަވަގުތު ވާނުވާގަ އޮންނަ ސަރުކާރެއް.